Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަސްޓް ލޭޑީގެ ކެމްޕޭން

ރެހެންދި ހަދީޖާ އަށް ފަހު، "ރެހެންދި ފާތުމަ"!

ރައީސް އަބްދުﷲ ޔާމީނަށްވުރެވެސް ހަރަކާތްތެރިކޮށް އުޅުއްވަނީ މެޑަމް ފާތުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 12 މާރިޗު 2017 | އާދީއްތަ 01:45
ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް - އެކަމަނާ ވެރިކަމަށް ވަޑައިގެންފާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދާ

ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް - އެކަމަނާ ވެރިކަމަށް ވަޑައިގެންފާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދާ

ދިވެހި ތާރީހުގައި ގިނަ ވެރިކަންތަކެއް ފެނިފައިވީނަމަވެސް، އަންހެން ބޭފުޅުން މި ޤައުމުގެ ވެރިކަން ކުރައްވާފައިވަނީ ވަރަށްވެސް މަދު ފަހަރުތަކެއްގަ އެވެ. ތާރީހުގެ ފަތްފުށްތައް ހެކިދޭގޮތުގައި ރެހެންދި ހަދީޖާ ރާއްޖޭގެ ވެރިކަން ތިން ފަހަރެއް މަތިން ކުރައްވާފައިވާއިރު، އެކަމަނާގެ އިތުރުން އެއްވެސް އަންހެން ކަނބަލެއް ރާއްޖެގެ ވެރިކަން ކުރައްވާފައެއް ނުވެއެވެ. ތާރީހީ ބައެއް ލިޔުންތައް ބުނާގޮތުން އައްސުލްޠާނާ ރެހެންދި ހަދީޖާ (އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެ ސިރީ ރާދަ އަބާރަނަ މަހާ ރެހެންދި) ރާއްޖޭގެ ވެރިކަން ތިން ފަހަރުވެސް ކުރައްވާފައިވަނީ، ރައްޔިތުންގެ ތާއީދެއް އޮވެގެނެއް ނޫނެވެ. އެކަމަނާ ރާއްޖޭގެ ވެރިކަން ތިން ފަހަރު މަތިންވެސް ކުރައްވާފައިވަނީ ފިރިކަލުން ގަތުލުކުރެއްވުމަށްފަހު، ރަސްކަމުގެ ތަހުތަށް އިސްވެގަނެގެންކަމަށް ތާރީހީ ބައެއް ލިޔުންތައް ބުނެ އެވެ.

ތަފާތު އެކި ލިޔުއްވުންތަކުގައި ރެހެންދި ހަދީޖާ ވެރިކަން ހޯއްދެވިގޮތް އެކިގޮތްގޮތަށް ބުނެފައިވީނަމަވެސް ހުރިހާ ތާރީހީ ލިޔުންތެރިންވެސް އިއްތިފާޤުވާގޮތުގައި އެކަމަނާ ވެރިކަމުގެ ދަހިވެތިކަމުގައި ކޮންމެ ފަދަ ކަމެއްވެސް ކުރައްވަފާނެ އެވެ. ފިރިކަލުންތައް ގަތުލުކުރެއްވީވެސް އެހެންވެކަމަށްވެ އެވެ. އަދި ރެހެންދި ހަދީޖާއަކީ ހުދުމުތާރު އަނިޔާވެރި ވެރިކަމެއް ކުރެއްވި ކަނބަލެއްކަމަށް ބައެއް ތާރީހީ ލިޔުންތަކުގައި ބުނެފައިވެއެވެ. އަނެއްބައި ލިޔުންތަކުގައި ބުނެފައިވާގޮތުގައި ރެހެންދި ހަދީޖާއަކީ ވަރަށް ހިތްވަރުގަދަ ޝަހުސިއްޔަތެކެވެ.

ކޮންމެއަކަސް އަޅުގަނޑު މި އުޅެނީ ތާރީހުގެ ތެރެއިން، ރެހެންދި ހަދީޖާގެ ވާހަކަތައް ކިޔައިދޭކަށެއް ނޫނެވެ. ނަމަވެސް ތާރީހަކީ އަލުން އިޔާދަވާ އެއްޗެއްކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ހަމައެގޮތަށް ރެހެންދި ހަދީޖާއަށްފަހު، ރާއްޖޭގެ ވެރިކަމަށް ރެހެންދި ފާތުމަ އަންނަނީތޯ ސުވާލު އުފައްދާލުމަށެވެ.

ދައްކަންމިއުޅެނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ވާހަކަ އެވެ. އެކަމަނާގެ ހަރަކާތްތެރިކަމުގެ ވާހަކަ އެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު، ރައީސް އަބްދުﷲ ޔާމީނަށްވުރެވެސް ހަރަކާތްތެރިކޮށް ފެނިވަޑައިގަންނަވަނީ އަނބިކަނބަލުންނެވެ. ހަމައެކަނި އިޖުތިމައީ ދާއިރާއެއްގައެއްވެސް ނޫނެވެ. ސިޔާސީ މައިދާނުގައިވެސް ވަކިހިއްޕާލާފައިވާ، ނުފޫޒުގަދަ ކަނބަލެއްގެ ގޮތުގައި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ސިފަކުރެވިދާނެ އެވެ.

އަމިއްލަ އޮފީހެއް ހައްދަވައި، ސިޔާސީ ހަރަކާތްތައް ހިންގަވާ، އެއްވުންތައް ބާއްވާ، ރަށްރަށަށް ވަޑައިގެން ކެމްޕޭން ހިންގަވާ އުޅުއްވަ އެވެ. މީގެކުރިން ފެނިފައިވާ ހުރިހާ ރައީސުންގެ އަނބިކަނބަލުންނަކީވެސް ސިޔާސީ ކަންތައްތަކުގައި އުޅުއްވުމުގެ ބަދަލުގައި ވަރަށް މަޑުމައިތެރިކަމާއެކު އިޖުތިމާއި ހަރަކާތްތަކުގައި އުޅުއްވި ކަނބަލުންތަކެކެވެ. ނަމަވެސް އެ މަންޒަރު ކުއްލިއަކަށް ބަދަލުކުރެއްވީ ފާތިމަތު އިބްރާހިމް އެވެ.

ބައެއް ފަހަރު މުޅި އޮޑި ކޮންޓްރޯލްކުރަނީވެސް ފާތިމަތު އިބްރާހިމްތޯ ސުވާލު އުފައްދަންޖެހޭ ހާލަތަށްދެ އެވެ. ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕޯޑިއަމްއަކަށް އެރުއްވިކަމުގައިވިނަމަވެސް، ރައީސް އަބްދުﷲ ޔާމީނަށް ތައުރީފް އޮއްސުމަށްވުރެ ބޮޑަށް ތައުރީފްގެ ބަސްތައް އޮއްސަވަންޖެހެނީ އަނބިކަނބަލުންނަށެވެ. މުޅި ވަގުތުތައް ހޭދަކުރައްވަންޖެހެނީ އެކަމަނާގެ މޮޅުކަމުގެ ވާހަކަދެއްކުމަށެވެ.

އުފެދޭ ސުވާލަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިސްރާބު ޖައްސަވާފައި އެ ހުންނެވީ ވެރިކަމަށް ވަޑައިގަންނަވަންތޯ އެވެ. އެކަމަނާގެ ހަރަކާތްތަކަށްބަލާއިރު، މިސްރާބު ޖައްސަވާފައި ހުންނެވި ކޮންމެ ފަދަ ކަނޑެއް ހުރަސްކުރެއްވުމަށްފަހުވެސް ވެރިކަމަށް ވަޑައިގަންނަވަންށޭ ބުނެވިދާނެ އެވެ. ސަބަބުތައްވެސް ބައިވަރު އެވެ.

ފުރަތަމަ ކަމަކީ، ޕީޕީއެމްގެ ރަސްމީ އޮފީހެއް ހުންނައިރު، އަދި އެ އޮފީހަކީ ރައީސް އަބްދުﷲ ޔާމީން ކޮންޓްރޯލް ކުރައްވާ އޮފީހަކަށްވާއިރު، އަނބިކަނބަލުންގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް އަމިއްލަ އޮފީހެއް ހައްދަވައިގެން އުޅުއްވަނީ ކީއްވެތޯ އެވެ. އެކަމަނާއަކީ، ޕީޕީއެމްއަށް އެހާ އިހުލާސްތެރި ބޭކަނބަލެއްނަމަ، ޕީޕީއެމްގެ ރަސްމީ އޮފީހުގައި މަސައްކަތް ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތެވެ. ނަމަވެސް ޕީޕީއެމް އެއްފަރާތުގައި ބޭއްވެވުމަށްފަހު، "މެޑަމް ފާތުންގެ އޮފީސް" ގެ ނަމުގައި ނަން ދެއްވައިގެން، އެކި ކެމްޕޭން ހަރަކާތްތަކާއި، އެއްވުންތައް ބާއްވާނީ އެކަމުގައި ކޮންމެވެސް ކަންތައްތަކެއް ސިއްރުކުރެވިފައިވާތީ އެވެ.

މީގެކުރިން ރައީސްކަން ކުރެއްވި ބޭފުޅުންގެ އަނބިކަނބަލުންތައް އިޖުތިމާއީ މަސައްކަތްކުރައްވަނީ ކޮންމެވެސް އަމިއްލަ ޖަމިއްޔާތަކަކާ ގުޅިވަޑައިގެންނެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އަމިއްލަ ނަމުގައި ފައުންޑޭޝަން ހައްދަވާ، އެކަމަނާގެ ހެޔޮފުޅުކަމުން ކަމަށްބުނެ އެކި ހަދިޔާތައް ބައްސަވާ ހައްދަވަ އެވެ. މުޅިވެސް ކުރައްވާކަމީ، އަމިއްލައަށް މެޑަލް ޖެއްސެވުމުގެ މަސައްކަތެވެ. އެހެންގޮތަކަށް ބުނާނަމަ، އަމިއްލައަށް ޕްރޮމޯޓްވުމުގެ މަސައްކަތެވެ. މީގެއިތުރުންވެސް ފަސްޓް ލޭޑީގެ ކޮންމެ ހަރަކާތަކަށް ބަލާލިކަމުގައިވާނަމަވެސް އޮތީ މުޅިންވެސް ސުވާލުތަކެވެ. ރަށްރަށަށް ކުރައްވާ ދަތުރުތަކާއި، ދަތުރުތަކުގައި ސިޔާސީ ހަރަކާތްތައް ހިންގަވާ މިންވަރާ މެދު ވިސްނާލަ ބައްލަވާށެވެ.

އެކަމަނާ އެ ކުރައްވާ މަސައްކަތަކީ ފިރިކަލުންނަށް ތައީދެއް ހޯދަވައިދެއްވުމަށް ކުރައްވާ މަސައްކަތެއް ހެއްޔެވެ؟ ނުވަތަ އަމިއްލަފުޅަށް ވެރިކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތެއް ހެއްޔެވެ؟

މި ހުރިހާ ކަމަކަށް ބަލާލުމުން ކުރިއަށް އޮތް ދުވަސްތަކުގައި ރައްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރަންޖެހެ އެވެ. އެ ބަދަލުތަކުގެ ތެރެއިން ދެވަނަ ރެހެންދި ހަދީޖާއެއް ފެނުމަކީވެސް ހަމަގާތުގައިވާ ކަމެކެވެ. އަންހެންކަނބަލެއް ރާއްޖޭގެ ވެރިކަން ކުރައްވާ ދުވަސް ފެނުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.

ދެން އުފެދޭ ސުވާލަކީ، ރައީސް އަބްދުﷲ ޔާމީން "ޅަ" އެއްޗެއް ހައްދަވާފާނެތޯ އެވެ. އަނބިކަނބަލުންނަށް ވެރިކަމުގެ ތަހުތު ދެއްވަފާނެތޯ އެވެ. ކޮންމެ ނިޔަތެއްގައިނަމަވެސް އަމިއްލައަށް ޕްރޮމޯޓްވެ ކުރިއެރުމަށް އެ ފުރުސަތު ދެއްވަފަނެތޯ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ދޭ، ނަވާޒް ދޭ" އެންމެ ފަހުން ހަގީގަތަކަށް

"ދޭ، ނަވާޒް ދޭ" އެންމެ ފަހުން ހަގީގަތަކަށް

28 ޖުލައި 2017
ބަޣްދާދީއަށްފަހު އައިސިސް: ވެރިކަމާއި ދެން ހަވާލުވާނީ ކާކު؟

ބަޣްދާދީއަށްފަހު އައިސިސް: ވެރިކަމާއި ދެން ހަވާލުވާނީ ކާކު؟

17 ޖުލައި 2017
ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟

ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟

12 ޖުލައި 2017
އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި

އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި

12 ޖުލައި 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު