Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސާ ބޯޑުގެ ހަ މެމްބަރަކު އިސްތިއުފާދީފި

މި މެމްބަރުންތައް އިސްތިއުފާދިނީ އެ ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫއާ ހިތްހަމަނުޖެހިގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 އެޕްރީލު 2020 | ހުކުރު 07:54
ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ

ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ

ސްޕެއިންގެ ގަދަބާރު ބާސެލޯނާގެ ހަ ބޯޑު މެމްބަރަކު އިސްތިއުފާ ދީފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބާސާ ބޯޑުގެ ހަ މެމްބަރަކު ވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އިސްތިއުފާގެ ސިޓީ ހުށަހަޅާފައެވެ. އަދި މި މެމްބަރުންތައް މަގާމުން އިސްތިއުފާދިނީ އެ ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫއާ ހިތްހަމަނުޖެހިގެން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ބާސާއިން 2015 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލިއިރު، ބާޓޮމެއު ހުންނެވީ އެ ކްލަބުގެ ވަގުތީ ރައީސްގެ މަގާމުގައެވެ. އެ އަހަރު ޖުލައި މަހު ބާސާގެ ރައީސް ކަމަށް އިންތިޚާބުވެ ބާޓޮމެއު އެންމެ ބޭނުންވި ކަމަކީ އޭނާގެ ދައުރުގައި ޗެމްޕިއަންސް ލީގުގެ ތަށި ހޯދާށެވެ. އެކަމަކު މިހާތަނަށް އަދި އެކަން ހާސިލްވެފައިނުވާއިރު، އަންނަ އަހަރު ބާސާގެ އައު އިންތިޚާބު އޮންނާނެ އެވެ.

މީގެ ކުރިންވެސް ބާސާގެ ރައީސް ބާޓޮމެއޫ އާމެދު އެ ކްލަބުގެ ބޯޑު މެމްބަރުން ނުރުހޭ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން އެންމެ ފަހުން މައްސަލަ ގޯސްވީ ޖެހިޖެހިގެން ދެ އަހަރު ޗެމްޕިއަންސް ލީގުން ކަޓައިގެން ދިޔަ ގޮތުން ބާސާގެ އޭރުގެ ކޯޗުގެ މަގާމުން އާނެސްޓޯ ވަލްވޭޑޭ ދުރުކުރަން ބާސާގެ ބައެއް ބޯޑު މެމްބަރުންނާއި ގިނަ ސަޕޯޓަރުން ބޭނުންވި ނަމަވެސް، ގިނަ ބަޔަކާ ދެކޮޅަށް އެ ފަހަރު ވަލްވޭޑޭ މަގާމުގައި ބަހައްޓަން ބާޓޮމެއު ނިންމުމުންނެވެ. އެކަމަކު އޭގެ ފަހުން ކުއްލި ގޮތަކަށް ވަލްވޭޑޭއަށް ޖަވާބުދާރީ ވުމުގެ ފުރުސަތެއްވެސް ނުދީ ބާސާއިން ވަނީ އޭނާ މަގާމުން ވަކިކޮށް، އެޓީމުގެ ކޯޗުގެ މަގާމަށް ކިކޭ ސެޓިއެން ހަމަޖައްސާފައެވެ.

އަދި އޭގެ ފަހުން ބާސާއިން އެ ކްލަބުގެ ރައީސް ބާޓޮމެއޫ ދިފާއުކޮށް، އޭނާއާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވައްޓާލަން ބޭނުންވި ކަމަށްވެސް މީޑިއާތަކުގައި އަޑު ފެތުރުނެވެ. އަދި އެކަމަށް ކުންފުންޏެއްގެ އެހީ އެ ކްލަބުން ހޯދި ކަމަށާއި، އެގޮތުން ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ޖެރާޑް ޕީކޭ އާއި ކުރީގެ ކުޅުންތެރިން ކަމަށްވާ ޒަވީ ހެނާންޑޭޒް އާއި ކާލްސް ޕުޔޯލް އަދި ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ އަގުވައްޓާލަން ޓްވިޓާ އާއި ފޭސްބުކުގައި މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރި އެވެ.

ބާސާ ބޯޑުގެ ހަ މެމްބަރަކު އިސްތިއުފާ ދިންއިރު، އެޓީމުގެ ގިނަ ސަޕޯޓަރުން އަންނަނީ ރައީސްގެ މަގާމުން ބާޓޮމެއު އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

05 މާރިޗު 2017
ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި
02 މާރިޗު 2017

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް
01 މާރިޗު 2017

އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި

01 މާރިޗު 2017
އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި
15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު