Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑީނިއޯ

ރޮނާލްޑީނިއޯ މިނިވަންކުރަން އެހީއެއް ނުވަން: މެސީ

10 އެޕްރީލު 2020 | ހުކުރު 07:05

މެސީ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ޚަބަރު ދޮގުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 އެޕްރީލު 2020 | ހުކުރު 07:05
މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯ

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯ

ބާސެލޯނާ އަދި ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯ ޖަލުން މިނިވަން ކުރަން އެހީވެފައި ނުވާނެ ކަމަށް، ރޮނާލްޑީނިއޯ އާއެކު ކުޅެފައިވާ ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.

ޕެރެގުއޭއިން ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ އަސިސް ހައްޔަރުކުރީ ފޭކް ޕާސްޕޯޓަކާއިއެކު އެގައުމަށް އެތެރެވާން އުޅުމުންނެވެ. ކަފާލާތުގެ ދަށުން ދެބެން ޖަލު ބަންދުން މިހާރު ދޫކޮށްލާފައިވީ ނަމަވެސް، މައްސަލަ ނިމެންދެން ތިބެން ޖެހޭނީ ގޭ ބަންދުގައެވެ. ކަފާލާތުގެ ދަށުން ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ދޫކޮށްލަން ކޯޓުން ނިންމީ ޖޫރިމަނާގެ ގޮތުގައި 1.6 މިލިއަން ޑޮލަރު ދިނުމަށް ރޮނާލްޑީނިއޯ ހުށަހެޅުމުންނެވެ.

މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ ރޮނާލްޑީނިއޯ މިނިވަން ކުރުމަށް މެސީ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އެގޮތުން ޖޫރިމަނާ ފައިސާ ދައްކަން މެސީ އެހީވާނެ ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކުރި އެވެ. އެކަމަކު މެސީ ވަނީ ސޯޝަލް މީޑިއާގައި އެ ޚަބަރު ދޮގުކޮށްފައެވެ.

ފޭކް ޕާސްޕޯޓް މައްސަލައިގައި ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ހައްޔަރުކުރީ މިދިޔަ މަހުގެ ކުރީކޮޅެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ރޮނާލްޑީނިއޯގެ ބްރެޒިލް ޕާސްޕޯޓް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ގައުމުން އޮތީ އަތުލާފައެވެ. އެއީ ޕޯޓޯ އެލެގްރޭގައި އިމާރާތެއް ހެދުމުގައި ތިމާވެށްޓަށް ގެއްލުން ލިބިފައިވާތީ އޭނާ އަށް ދިން 2.5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކާފައިނުވާތީވެ އެވެ.

ޖަލުގައި ހުރި ދުވަސްތަކުގައި ރޮނާލްޑީނިއޯ ވަނީ ޕެރެގުއޭ ޖަލުގައި ބޭއްވި ފުޓްސަލް މުބާރާތުގައި ބައިވެރިވެ އޭނާގެ ޓީމަށް ޗެމްޕިއަންކަން ހޯދައިދީފައެވެ. އެ މެޗުން އޭނާގެ ޓީމު 2-11 ގެ ނަތީޖާއަކުން މޮޅުވިއިރު، ރޮނާލްޑީނިއޯ ވަނީ އެމެޗުގައި ކުޅެން އަރާ 5 ލަނޑު އެޓީމަށް ކާމިޔާބުކޮށް 6 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

ރޮނާލްޑީނިއޯ އަކީ ބްރެޒިލް އިން 2002 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ތަށި އުފުލާލިއިރު ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. އަދި ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ ވަނީ ދެ ފަހަރު ހޯދައިފައެވެ. މީގެ އިތުރުން ރޮނާލްޑީނިއޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

އައްޑޫ ސިޓީގެ "ނިއު ސީޒަން" ފިހާރަ އިން މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2017

ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި

25 ޑިސެމްބަރު 2017
ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި
17 މެއި 2017

ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

17 މެއި 2017
 ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
19 އެޕްރީލު 2017

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

19 އެޕްރީލު 2017
ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު
05 އެޕްރީލު 2017

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
26 ފެބުރުއަރީ 2017

ރޫނީއަށް ރޮނާލްޑީނިއޯގެ ނަސޭހަތް: ޗައިނާއަށް ނުދާތި

26 ފެބުރުއަރީ 2017
ރޫނީއަށް ރޮނާލްޑީނިއޯގެ ނަސޭހަތް: ޗައިނާއަށް ނުދާތި
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް