Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޑިއާނެޓް

މީޑިއާނެޓުން "ޕީސް ޓީވީ" ބެލޭނެ ގޮތް އަލުން ހަމަޖައްސައިފި

ކުރިން ޗެނަލް މެދުކެނޑުނީ ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުގެ ސަބަބުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 އެޕްރީލު 2020 | ހުކުރު 03:52
ޑރ ޒާކިރް ނައިކް- ޒާކިރް ނައިކަކީ 2006 ވަނަ އަހަރު އުފެއްދި ޕީސް ޓީވީގެ ފައުންޑަރ

ޑރ ޒާކިރް ނައިކް- ޒާކިރް ނައިކަކީ 2006 ވަނަ އަހަރު އުފެއްދި ޕީސް ޓީވީގެ ފައުންޑަރ

ދީނީ ތަގުރީރުތަކުން މަޝްހޫރުކަން ހޯދި ޑރ. ޒާކިރު ނައިކް އުފެއްދި "ޕީސް ޓީވީ އިންގްލިޝް" މީޑިއާނެޓުގެ ޗެނަލްތަކުގެ ތެރޭގައި އަލުން ހިމަނައިފިއެވެ.

އެކަމާ ގުޅޭގޮތުން މީޑިއާނެޓުން އާންމުކުރި ބަޔާނެއްގައި ބުނީ، ކުރިން ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުގެ ސަބަބުން މީޑިއާނެޓުގެ ކަސްޓަމަރުންނަށް މި ޗެނަލް ނުލިބުނު ނަމަވެސް، މީޑިއާނެޓުގެ ޓީމުން އެ މައްސަލަތައް ހައްލުކޮށްފައިވާ ކަމަށެވެ. އެގޮތުން "ޕީސް ޓީވީ އިންގްލިޝް" (ޗެނަލް 152) މިހާރު މީޑިއާނެޓުގެ ކޭބަލްތަކުންނާއި، ހިޓްސް، ހިޓްސް ޕްލަސް އަދި ކުޅުދުއްފުއްޓަށްވެސް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

މީޑިއާނެޓުން ބުނީ، ޗެނަލް މެދުކެނޑިގެން ދިއުމުން އޭރު ބެލުންތެރިންނަށް ކުރިމަތިވި ދަތިތަކަށް އެ ކުންފުނިން ނިހާޔަތަށް މާފަށް އެދޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ބެލުންތެރިންގެ މެދުގައި މަޤްބޫލު ކޮންޓެންޓުތައް ގެނެސްދިނުމަށް މަސައްކަތް ކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

2006 ވަނަ އަހަރު އުފެއްދި ޕީސް ޓީވީއަކީ ދީނީ ޕްރޮގްރާމްތަކާއި، މައުލޫމާތުތައް ގެނެސްދޭ ޗެނަލެކެވެ. އެގޮތުން މި ޗެނަލް މެދުވެރިކޮށް ޑރ. ޒާކިރު ނައިކުގެ ދަރުސްތައްވެސް ވަގުތުން ބަލާލުމުގެ ފުރުސަތު ލިބިގެންދެއެވެ. މި ޗެނަލް އޭޝިއާއާއި، ޔޫރަޕާއި، އެފްރިކާ އާއި އޮސްޓްރޭލިއާގެ އިތުރުން ދެކުނު އެމެރިކާގައި ވެސް ބްރޮޑްކާސްޓް ކުރެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު