Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ޒަވީގެ ދީލަތި އެހީއެއް ބާސެލޯނާ ހޮސްޕިޓަލަކަށް

5 އެޕްރީލު 2020 | އާދީއްތަ 06:46

ޒަވީ ވަނީ އެއް މިލިއަން ޔޫރޯ ހަދިޔާކުރުމަށް ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 އެޕްރީލު 2020 | އާދީއްތަ 06:46
ގަތަރުގެ އަލް ސާދުގެ ކޯޗު ޒަވީ ހެނާންޑޭޒް

ގަތަރުގެ އަލް ސާދުގެ ކޯޗު ޒަވީ ހެނާންޑޭޒް

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ދެކޮޅަށް ހަނގުރުމާކުރުމަށް އެހީތެރިވުމުގެ ގޮތުން ސްޕެއިންގެ ބާސެލޯނާ ހޮސްޕިޓަލަކަށް ދީލަތި އެހީއެއް ވާން ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު އަދި ގަތަރުގެ އަލް ސާދުގެ ކޯޗު ޒަވީ ހެނާންޑޭޒް ނިންމައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޒަވީ އާއި އޭނާގެ އަންހެނުން ވަނީ ބާސެލޯނާ ހޮސްޕިޓަލަށް އެއް މިލިއަން ޔޫރޯ ހަދިޔާކުރަން ނިންމާފައެވެ.

މީގެ ކުރިން ބާސެލޯނާގެ ހޮސްޕިޓަލްތަކަށް ބާސެލޯނާ އަށް ކުރިން ކުޅުނު އަދި އެ ޓީމަށް ކުރިން އިރުޝާދުދިން މިހާރު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި މިހާރު ބާސެލޯނާގެ ކެޕްޓަން އާޖެންޓީނާގެ ލިއޮނެލް މެސީވެސް ވަނީ އެހީވެފައެވެ. އެގޮތުން މެސީ އެހީވެފައިވަނީ ސްޕެއިންގެ ބާސެލޯނާގެ ހޮސްޕިޓަލެއްގެ އިތުރުން އާޖެންޓީނާގެ ހޮސްޕިޓަލަކަށެވެ. މި ދެ ހޮސްޕިޓަލަށް އެއް މިލިއަން ޔޫރޯ މެސީ ވަނީ ހަދިޔާކޮށްފައެވެ. އަދި ޕެޕް ގާޑިއޯލާވެސް ވަނީ ބާސެލޯނާ ހޮސްޕިޓަލްތަކަށް އެއް މިލިއަން ޔޫރޯ ޚަރަދުކޮށްފައެވެ.

ކޮވިޑް-19 އާ ދެކޮޅަށް ހަނގުރުމާކުރުމަށް ފުޓްބޯޅަ އެކި ތަރިން އެހީތައް ވަމުން އަންނައިރު، ދާދި ފަހުން ޔުވެންޓަސްގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒް ވަނީ ޕޯޗުގަލްގެ ދެ ސަރަހައްދެއްގެ ހޮސްޕިޓަލަކަށް އެހީވެފައެވެ. އެގޮތުން ރޮނާލްޑޯ އާއި އޭނާގެ އޭޖެންޓް ވަނީ ޕޯޗުގަލަށް އެއް މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ.

އަދި ހާއްސަ ވެބްސައިޓެއް މެދުވެރިކޮށް ޖަރުމަންގައި ހަދާފައިވާ ފަންޑަށް އެގައުމުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އާއި ޖަރުމަން ގައުމީ ޓީމުގެ ކުޅުންތެރިން ގުޅިގެން ވަނީ 2.5 މިލިއަން ޔޫރޯއަށްވުރެ ގިނަ ފައިސާ ހޯދާފައެވެ.

އަދި ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ވަނީ އަމިއްލަ ގައުމު ކަމަށްވާ ސެނެގާލުން ކަނޑައަޅާފައިވާ ގައުމީ ކޮމިޓީއަށް 45،000 ޔޫރޯ ހަދިޔާކޮށްފައެވެ. މީގެ އިތުރުން ޕީއެސްޖީގެ ތަރި ނޭމާ ޔުނިސެފް އަށާއި ސެލެބްރިޓީ ފަންޑަށް 750،000 ޔޫރޯ ހަދިޔާކުރިއިރު، އެޓީމުގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ ވަނީ ގެދޮރު ނެތް މީހުންނަށް ދީލަތި އެހީއެއް ވެފައެވެ. އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޒަލަޓާން އިބްރަހިމޮވިޗް އާއި ޕޯލް ޕޮގްބާ ވެސް ވަނީ ފަންޑެއް ހުޅުވާފައެވެ.

އަދި ދާދި ފަހުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވެސް ވަނީ 10 މިލިއަން ޑޮލަރުގެ އެހީއެއް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަށް ދީފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

21 އޯގަސްޓު 2017

އާ އެއްބަސްވުމުގައި ވަރަށް އަވަހަށް މެސީ ސޮއިކުރާނެ: ބާސެލޯނާ

21 އޯގަސްޓު 2017
އާ އެއްބަސްވުމުގައި ވަރަށް އަވަހަށް މެސީ ސޮއިކުރާނެ: ބާސެލޯނާ
16 އޯގަސްޓު 2017

ޭބާސެލޯނާ އޮތީ ރެއާލްއާ ކުރިމަތިލާ ކާމިޔާބީ ހޯދުމަށް ތައްޔާރަށް: އެރުނެސްޓޯ ވަލްވެރުޑޭ

16 އޯގަސްޓު 2017
ޭބާސެލޯނާ އޮތީ ރެއާލްއާ ކުރިމަތިލާ ކާމިޔާބީ ހޯދުމަށް ތައްޔާރަށް: އެރުނެސްޓޯ ވަލްވެރުޑޭ
13 އޯގަސްޓު 2017

ބާސެލޯނާއާ ކުރިމަތިލާން ރެއާލް މެޑްރިޑުން އޮތީ ތައްޔާރަށް: ޒިދާން

13 އޯގަސްޓު 2017
ބާސެލޯނާއާ ކުރިމަތިލާން ރެއާލް މެޑްރިޑުން އޮތީ ތައްޔާރަށް: ޒިދާން
08 އޯގަސްޓު 2017

ނޭމާ ނެތްތަން ފޫބައްދާނީ ޑެލޮފެއު: ބާސެލޯނާ

08 އޯގަސްޓު 2017
ނޭމާ ނެތްތަން ފޫބައްދާނީ ޑެލޮފެއު: ބާސެލޯނާ
07 އޯގަސްޓު 2017

ހަޒާޑް ބާސެލޯނާއަށް ބަދަލުވާން ބޭނުންނަމަ ނުހުއްޓުވާނަން: ކޮންޓޭ

07 އޯގަސްޓު 2017
ހަޒާޑް ބާސެލޯނާއަށް ބަދަލުވާން ބޭނުންނަމަ ނުހުއްޓުވާނަން: ކޮންޓޭ
30 މެއި 2017

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް