Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވިއަން

ކޮވިޑް-19: ދިވެހިން ގެނައުމަށް ލަންކާ އަދި ކޮޗިންއަށް މޯލްޑިވިއަންގެ ފްލައިޓެއް ހަމަޖައްސައިފި

4 އެޕްރީލު 2020 | ހޮނިހިރު 15:23

އާދިއްތަ ދުވަހު ލަންކާއަށް ދެދަތުރެއް ކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 4 އެޕްރީލު 2020 | ހޮނިހިރު 15:23
މޯލްޑިވިއަންގެ ފްލައިޓެއް

މޯލްޑިވިއަންގެ ފްލައިޓެއް

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ނާދެވިފައި ތިބި ދިވެހިން، ޚާއްޞަކޮށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތަކެއް ސްރީލަންކާ އަދި އިންޑިއާގެ ކޮޗިންއަށް ކުރުމަށް ހަމަޖައްސައިފިއެވެ.

ހޮނިހިރު ދުވަހު މޯލްޑިވިއަނުން ބުނީ އާދިއްތަ އަދި ހޯމަ ދުވަހު ސްރީ ލަންކާއާ އިންޑިއާގެ ކޮޗިންއަށް ދަތުރުތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ސްރީ ލަންކާއަށް ދެ ދަތުރު ކުރުމަށް ނިންމާފައިވާއިރު، ކޮޗިންއަށް އެއް ދަތުރު ކުރުމަށް ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

އެގޮތުން އާދިއްތަ ދުވަހު މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓް ސްރީ ލަންކާއަށްދާނީ 17:40 ގައެވެ. އަދި ސްރީ ލަންކާއިން ރާއްޖެ އައުމަށް ފުރާނީ 18:40 ގައެވެ. އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސާނީ 20:20 ގައެވެ. ދެވަނަ ފްލައިޓް ސްރީ ލަންކާއަށްދާނީ އާދިއްތަ ދުވަހުގެ ހަވީރު 17:55 ގައެވެ. އަދި ސްރީ ލަންކާއިން ރާއްޖެ އައުމަށް 18:55ގައި ފުރާއިރު، ވެލާނާ އިންޓަނޭޝަނަލް އެއަަރޕޯޓަށް ޖައްސާނީ 20:35 ގައެވެ.

މޯލްޑިވިއަނުން ޢާންމުކޮށްފައިވާ ދަތުރުތަކުގެ ތާވަލަށް ބަލާއިރު، ކޮޗިންއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު އޮންނާނީ ހޯމަ ދުވަހުއެވެ. މޯލްޑިވިއަންގެ ފްލައިޓް ހޯމަ ދުވަހުގެ 18:00ގައި ކޮޗިންއަށް ދެވޭއިރު، ރާއްޖެ އައުމަށް ފުރާނީ 19:00 ގައެވެ.

މޯލްޑިވިއަނުން ބުނީ އެ ދަތުރުތަކުގައި ރާއްޖެ އަންނަން ބޭނުންވާ މީހުން ޕާސްޕޯޓު ކޮޕީއާއި، ނަމާއި، ގުޅޭނެ ނަންބަރުގެ މަޢުލޫމާތު އެ އެއަރލައިންގެ ވައިބަރއަށް ފޮނުވާ ދިނުމަށް އެދޭ ކަމަށެވެ.

މޯލްޑިވިއަންގެ ޚާއްޞަ ދަތުރުތަކެއް ސްރީ ލަންކާ އަދި އިންޑިއާގެ ކޮޗިންއަށް ކުރުމަށް ހަމަޖައްސާފައިމިވަނީ އެދެޤައުމުގައި ގިނަ ދިވެހިންތަކެއް ރާއްޖެއަށް ނާދެވި ބަންދުވެފައިވަނިކޮށްނެވެ. ކޮވިޑް-19 އާ ގުޅިގެން އިންޑިއާ އަދި ސްރީ ލަންކާއިން ވެސް ބޭރުގެ ހުރިހާ ދަތުރުތަކެއް ހުއްޓާލާ ކާފިއު އިޢުލާނުކޮށްފައެވެ. މިކަމުގެ ސަބަބުން އިންޑިއާ އަދި ސްރީ ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިންނަށް ގިނަ ދަތިތަކާ ކުރިމަތިވާ ކަމަށް އެފަރާތްތަކުން ބުނެއެވެ.

އިންޑިއާ އަދި ސްރީ ލަންކާގައި ގިނަ ދިވެހިން ދިރިއުޅެމުން ދިޔަ ނަމަވެސް އެހެން ޤައުމުތަކުގައި ވެސް މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނާއި، ދިރިއުޅެމުންދާ ބައެއް ޢާއިލާތައް ރާއްޖެ އަންނަން ބޭނުންވެ ވަނީ އާދެވޭ ގޮތް ވަނީ ނުވެފައެވެ. އޭގެ ތެރޭގައި މެލޭޝިޔާ، އިންޑޮނޭޝިއާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް ފަދަ ޤައުމުތައް ހިމެނެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
29 ޖެނުއަރީ 2017

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް