Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސްޓެއި އެޓް ހޯމް ޗެލެންޖް

ސްޓޭއި އެޓް ހޯމް ޗެލެންޖް: ސިޔާސީ ފަރާތްތަކުން ތަފާތު ދައްކާލައިފި!

އެއަކު އަނެކަކަށް ޗެލެންޖްގައި ބައިވެރިވުމަށް ނޮމިނޭޓްކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 29 މާރިޗު 2020 | އާދީއްތަ 14:10

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތެރުމެންދާއިރު ޑޮކްޓަރުންނާއި ކަމާއި ގުޅޭ އިދާރާތަކުން އިރުޝާދުތައް ދެމުންދަނީ ކޮންމެ ފަރުދަކު ވެސް ގޭގައި މަޑުކުރުމަށެވެ. ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށެވެ. އަދި މި ވައިރަހުން ރައްކާތެރިވުމަށްޓަކައި ދުނިޔޭއެކި ކަންކޮޅުތަކުގެ ސްކޫލުތަކާއި ޔުނިވަރސިޓީތަކާއި ޕާކުތަކުގެ އިތުރުން އެކި ކުޅިވަރު ކުޅޭ މައިޒާންތައް ވަނީ ބަންދުކުރެވިފައެވެ. ރާއްޖޭގައި ވެސް މިކަމުގެ ސަބަބުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު ގޭގައި ތިބެން މިހާރު ގިނަ ވަގުތު ލިބުމުން ދިވެހިންގެ ފަރާތުން ތަފާތު އެކި ހުނަރުތައް ފެނިގެންދެއެވެ. ތަފާތު ކަންތައްތައްކޮށް އެއްކަންތައްތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދެއެވެ. އެއީ ކެއްކުންކަމުގައި ވިޔަސް، ކުރެހުމެއް ކުރަހާލުން ކަމުގައި ވިޔަސް އަދި ކޭކު އެޅުންކަމުގައި ވިޔަސް އެ ހުނަރުތައް މި ވަގުތު އަންނަނީ ދައްކާލަމުންނެވެ. އެގޮތުން މިފަހަރު ރާއްޖެއިން ފެނިގެން މިދިޔައީ ވަރަށް ތަފާތު ކަމެކެވެ.

ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ "ސްޓޭޓް އެޓް ހޯމް" ޗެނެލެންޖްގައި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ. މިވަނީ ތަފާތު ދައްކާލާފައެވެ. މި ޗެލެންޖްގައި ޓޮއިލެޓް ޓިޝޫ ޕެޕަރ ރޯލްއަކުން ފުޓްބޯޅަ ކުޅޭ ތަން ފެނިގެންދެއެވެ. އަދި މި ޗެލެންޖް ފުރިހަމަ ކުރުމަށްފަހު އެމީހުން ދެ މިޗެލެންޖުގައި އެމީހަކު ބޭނުންވާ ބަޔަކު ނޮމިނޭޓްކުރެއެވެ. އެގޮތަށް މި ޗެލެންޖް ކުރިއަށްދެއެވެ.

ސަރުކާރުގެ ފަރާތުން މި ޗެލެންޖްގައި ވަރަށް ގިނަ އިސް ފަރާތްތަކެއް ވަނީ ބައިވެރިވެފައެވެ. އެގޮތުން ނައިބު ރައީސް އާއި ސަރުކާރުގެ ވަޒީރުންގެ އިތުރުން ރައްޔިތުން މަޖިލީހުގެ މެމްބަރުން ވެސް ހިމެނެއެވެ. މި ޗެލެންޖްގައި އެބޭފުޅުންގެ ފަރާތުން ތަފާތު ހުނަރެއް ފެނިގެންދިޔައިރު މިކަން ވެގެންދިޔައީ އާންމުންނަށް ވަރަށް މަޖާ ކަމަށެވެ. އަދި ބައެއް ބޭފުޅުންނަށް ތައުރީފުކޮށް ފޯސްޓުތަކަށް އާންމުން ކޮމެންޓުކޮށްފައިވެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް:

އެމަނިކުފާނު މި ޗެލެންޖް ޤަބޫލުފުޅު ކުރެއްވީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ނޮމިނޭޓް ކުރެއްވުމުންނެވެ. 10 ސިކުންތަށް އެމަނިކުފާނު ވަނީ ޓޮއިލެޓް ޓިޝޫ ފުޓްބޯޅަ ކުޅުއްވާފައެވެ. ނައިބްރައީސް ފައިސަލްއަކީ ކުޅިވަރަށް ލޯބި ކުރައްވާ އަދި އަބަދުވެސް ފިޓްކޮށް ހުންނަވާ ބޭފުޅެކެވެ. މި ޗެލެންޖާއެކު އެމަނިކުފާނު ވަނީ އެކަން ވަރަށްނ ފުރިހަމައަަށް ދައްކުވައިދީފައެވެ.

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު:

އެމަނިކުފާނުގެ ހުނަރުތައް ވެސް މޮޅެވެ. މި ޗެލެންޖުން އެނގިގެން ދިޔައީ އުމުރުން ދުވަސްވީ ނަމަވެސް އަދި މަސްއޫލިއްޔަތުތަކާއިގެން ކިތައްމެ ބުރަކޮށް އުޅުއްވިނަމަވެސް ފޮރިން މިނިސްޓަރު ފިޓްކަމެވެ. ފޮރިން މިނިސްޓަަރު ޝާހިދު ނޮމިނޭޓް މަޖިލިސް މެންބަރު އަލީ އާޒިމެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު:

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަކީ ކޮވިޑް-19 އާއި ގުޅިގެން އެކަމުގައި އެންމެ ބުރަ މަސައްކަތް ކުރައްވަމުން ގެންދަވާ އެއް ފަރާތެވެ. ނަމަވެސް މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދަ ހުރިހަ މަސައްކަތެއްގައި އޭނާގެ ހިއްސަ އޮވެއެވެ. ގައުމީ ޓީމްގެ ކެމްޓަން އަލީ އަޝްފާގުގެ ޗެލެންޖް ގަބޫލުކުރައްވާ ފުޓްބޯޅަ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި އަލީ ވަހިދު ވަނީ ޓިޝޯ ރޯލަކުން އެ ހުނަރު ދައްކާދެއްވާފައެވެ.

ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް:

ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވެސް ވަކި އެހެން މީހަކަށް ދޫކޮށް ނުލައްވައެވެ. ޗެލެންޖް ގަބޫލުކުރަައްވާ މަހުލޫފު ވަނީ ފުޓްބޯޅައިގެ ހުނަރުތަކާއެކު ޗެލެންޖް ފުރިހަމަ ކުރައްވާފައެވެ.

އަލީ އާޒިމް:

އަލީ އާޒިމަކީ ވެސް ފުޓްބޯޅަ ދާއިރާގައި ފުއްނާބު އުސް ފަރާތެކެވެ. ނަމަވެސް ބޯޅައިގެ ބަދަލުގައި އާޒިމް ބޭނުން ކުރެއްވީ ޓީޝޯ ރޯލެކެވެ. އައުޓްފިޓްވެސް ތަފާތެވެ. ހުންނެވީ ގަމީހަކާއި ޓައި އެއް އަޅުއްވައިގެން ސޯޓުން ތުރުކުރައްވައިގެންނެވެ.

މުހައްމަދު ވިސާމް:

ވިސާމް ޗެލެންޖް ގަބޫލުކުރެއްވީ ނައިބުރައީސްގެ ފަރާތްޕުޅުންނެވެ. ވިސާމުވެސް މިކަމުގައި ދުލެއް ނުދެއްވައެވެ. ދެއްވިހާ މެސެޖަކީ ގޭގައި މަޑުކުރެއްވުމަށެވެ.

މި ޗެލެންޖްގައި އަންހެން ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އެގޮތުން މި ބޭފުޅުންގެ ފަރާތުން ވެސް ތަފާތު ހުނަރުތައް ވަނީ ފެނިގެން ގޮސްފައެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ:

މާރިޔާ އަކީ އަބަދުވެސް ތަފާތު ދައްކަވާ ކަނބަލެކެވެ. މިފަަހަރުވެސް ފިރިހެން ބޭފުޅަކަށް ދުލެއް ނުދެއްވާ މާރިޔާ ވަނީ ޗެލެންޖް ފުރިހަމަ ކުރައްވާފައެވެ.

ރޮޒެއިނާ:

ރޮޒައިނާވެސް ޗެލެންޖް ފުރިހަމަ ކުރެއްވިއެވެ. ނަމަވެސް އެހެން މީހުންނާ ތަފާތުކޮށެވެ. ފައިން ޓިޝޫ ރޯލު ކުޅުއްވަމުން ގޮސް އަތުން ވެސް ކުޅުއްވީއެވެ. ނަމަވެސް ތަފާތު ގޮތަކަށް ޗެލެންޖް ފުރިހަމަ ކުރެއްވިއެވެ.

މި ބޭފުޅުން ދޭ ނަސޭހަތަކީ ގޭގައި މަޑުކުރައްވާށެވެ. މިހާރު އޮތް ބަލިމަޑުކަމުން ސަލާމަތްވުމަށް ހުރިހަ އެއްމެންވެސް އެއްބާރުލުން ދިނުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

20 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު