Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސިޔާސީ ގައިދީން

ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ކުށްވެރިން ނެތް ކަމަށް ސަރުކާރުން ބުނޭ

ރާއްޖެ އެމްވީ | 2 މެއި 2017 | އަންގާރަ 15:59
މާފުށީ ޖަލު

މާފުށީ ޖަލު

ފަންނީ ގޮތުން ބަލާއިރު، ސިޔާސީ ކުށްވެރިއެއް ނުވަތަ ޤައިދީ (Political Prisoner) އެއް ކަމަށް ބުނެވެނީ ސަރުކާރަށް ތާއީދުނުކުރުމުގެ ސަބަބުން، ނުވަތަ ސިޔާސީ ތަފާތު ވިސްނުމަކަށް ތާއީދުކުރުމުގެ ސަބަބުން، ނުވަތަ ސަރުކާރާ ދެކޮޅު ސިޔާސީ ވިސްނުމުގެ ޖަމާޢަތެއްގެ ބައިވެރިޔަކަށް ވުމުގެ ސަބަބުން ކުށްވެރިވެ، ޖަލަށް ލެވޭ މީހުންނަށެވެ. މިއީ އިނގިރޭސި ކެމްބްރިޖް ޑިކްޝަނަރީގައި އޮތް ސިޔާސީ ކުށްވެރިންގެ ތައާރަފެވެ. އަދި ޤާނޫނީ ރަދީފްގެ ޢާންމު ތަޢުރީފަކީ މިއެވެ. މި ތަޢާރަފަށް ބަލާނަމަ ރާއްޖޭގައި ސިޔާސީ ކުށްވެރިން ނެތްކަމަށް ސަރުކާރުން ބުނާ ބުނުން ވަރަށް ރަނގަޅެވެ. ސިޔާސީ ވަކި ފިކުރެއް ގެންގުޅުމަކީ ކުށެއް ކަމަށް ކަނޑައަޅައި ޖަލަށްލެވިފައި ހުރި އެއްވެސް މީހަކު ނެތެވެ.

ސިޔާސީ ކުށްވެރިޔަކީ ކޮބައިކަން ކުރިން ބަޔާންކުރެވިފައި އެއޮތީ އޭރުގެ ޙާލަތަށް ބަލައިގެންނެވެ. ސިޔާސީ ވަކި ފިކުރެއް ގެންގުޅުމަކީ ކުށެއް ކަމަށް ޤާނޫނުތަކުގައި ކަނޑައަޅާފައި އޮތް ޒަމާނުގައި ކަންވެފައި އޮތްގޮތެވެ. އެހެންނަމަވެސް، މިއަދު ތަޙްޒީބް، އަދި އިންތިހާއަށް މުނާފިޤު މުޖުތަމަޢުތަކުގައި ވެސް ސިޔާސީ ކުށްވެރިން ކަނޑައެޅެނީ އެ ތަޢާރަފަށް ބަލައިގެން ކަމުގައިވާ ނަމަ، ޤާނޫނަށް މަކަރު ހަދައި އޮޅުވާލުމުގެ ފުރުޞަތު ސަރުކާރުތަކަށް އޮންނާނެވެ.

ސަރުކާރާމެދު ފިތުނަ އުފެއްދިކަމުގެ ތުޙުމަތުގައި 1961 ވަނަ އަހަރު ޕޯޗުގަލްގައި ޖަލަށް ލެވުނު ދެ ދަރިވަރެއްގެ ދިފާޢުގައި އެމްނެސްޓީ އިންޓަނޭޝަނަލް ކިޔާ ޖަމާޢަތެއް އުފައްދާފައި ވެއެވެ. އެ ދެ ދަރިވަރުންގެ މައްޗަށް ތުޙުމަތުކުރެވުނު ކުށް ބިނާކުރެވުނު ޢަމަލަކީ މިނިވަންކަމަށް ވަކާލާތުކުރުމެވެ. އެ ދެ ދަރިވަރުންގެ ދިފާޢުގައި ތެދުވީ އިނގިރޭސި ވިލާތުގެ ރައްޔިތެއްކަމަށްވާ ޕީޓަރ ޖޭމްސްއެވެ. ޕީޓަރ ޖޭމްސް އެ ދެ ދަރިވަރުން ތަޢާރަފްކޮށްދިނުމަށް ބޭނުންކުރެއްވި ބަހަކީ “ޟަމީރުގެ ޤައިދީ” ނުވަތަ Prisoner of conscience އެވެ. އެއީ ‘ބޭއިންސާފަކީ ޒާތީކަމެއްކަމުގައި ދެކޭ 7 މިލިއަން މީހުން’ ގެ މައްޗަށް އެކުލެވޭ އެމްނެސްޓީ އިންޓަނޭޝަނަލްގެ ފެށުމެވެ. ސަރުކާރާ މެދު ފިތުނަ އުފެއްދުން ނުވަތަ sedition އަކީ މިހާރު ވެސް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ކުށެއް ކަމަށް ކަނޑައަޅާފައި އޮވެއެވެ. އެ ކުށުގެ ތުޙުމަތު ކުރެވޭ މީހާއަކީ ސިޔާސީ ޤައިދީއެއް ކަމަށް ކަނޑައަޅަނީ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރެވުމަށްފަހުގައެވެ.

ދިވެހިރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލާއިރު، ސިޔާސީ އިދިކޮޅު ހުރިހާ ފަރާތްތަކެއް ތިބީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ތާށިވެފައެވެ. ބައެއް ބޭފުޅުންނަށް ޙުކުމް ކުރެވި ތަންފީޛްކުރަމުންދާއިރު، ބައެއް ބޭފުޅުން ޙުކުމުގެ އިންތިޒާރުގައެވެ. އެއިން އެއްވެސް ބޭފުޅެއްގެ މައްޗަށް ކުރާ ތުޙުމަތަކީ ސިޔާސީ ވަކި ފިކުރެއް ގެންގުޅުމެއް ނޫނެވެ. ޓެރަރިޒަމް އާއި، ރިޝްވަތު ދިނުމާއި، ޤާނޫނު ތަންފީޛްކުރުމަށް ހުރަސް އެޅުމެވެ. އެހެންވީމާ އެއީ ސިޔާސީ ޤައިދީން ހެއްޔެވެ؟ ސަރުކާރުން އެ ބުނަނީ އެވާހަކައެވެ. ފަންނީ މާނަކުރުމަށް ބަލާއިރު އެއީ ސިޔާސީ ކުށްވެރިންކަމުގައި ނުބެލެވޭނޭ ވާހަކައެވެ.

ފިލިޕިންސްގައި އިންސާނީ ޙައްޤުތައް ނެގެހެއްޓުމަށް މަސައްކަތްކުރާ ޖަމާޢަތެއް ކަމަށްވާ KARAPATAN އިން ވަނީ މިއަށް ޖަވާބުދީފައެވެ. އެ ޖަމާޢަތުން ފިލިޕިންސްގެ ޙާލަތު ދިރާސާކޮށް ނެރެފައިވާ ފެކްޓް ޝީޓްގެ މައްޗަށް ބިނާކޮށް ސިޔާސީ ކުށްވެރިންގެ ތަޢާރަފެއްކަމުގައި ކަނޑައަޅާފައިވަނީ ސިޔާސީ ކުށްވެރިންނަކީ އެ ޤައުމެއްގައި ޢަމަލުކުރާ ޤާނޫނުތަކުގެ ދަށުން ޢާންމު ޖިނާއީ ކުށެއްގެ ތުޙުމަތު ބޮލުގައި އެޅުވިފައިވާ ވިކްޓިމުންނެވެ. އެމީހުންގެ މައްޗަށް ދަޢުވާކުރެވުނު ޙާލަތާއި، ވަށައިގެންވާ ކަންކަމަށް ބަލާއިރު، އެ ދަޢުވާއަކީ ސިޔާސީ ގޮތުން ކޮށްފައިވާ ދަޢުވާއެއްކަމަށް ފެންނަނަމަ އެފަދަ މީހަކީ ސިޔާސީ ކުށްވެރިއެއްކަމުގައި ބެލެވޭނޭ ކަމަށް އެ ޖަމާޢަތުން ދެކެއެވެ.

ދިވެހި ސަރުކާރުން އިނގިސޭރި ޑިކްޝަނަރީގެ ތަފްޞީލަށް ބަލައިގެން ތިއްބާ މުޅި ދުނިޔެ ރާގު ބަދަލުކޮށްފިއެވެ. ސަރުކާރު ފަޟީޙަތް ވެއްޖެއެވެ. ބަދަލުވި އާ ރާގަށް ބަލާއިރު، ދިވެހިރާއްޖޭގައި ޖަލަށްލެވި، ނުވަތަ ޙުކުމްކުރެވިފައި ތިބި ހުރިހާ ސިޔާސީ ފަރާތްތަކަކީ ސިޔާސީ ކުށްވެރިންނެވެ. ދިވެހިރާއްޖެއަކީ ސިޔާސީ ސަބަބުތަކަށްޓަކައި މީހުން ޖަލަށްލުމުގައި ހައްދުފަހަނައަޅާފައި އޮތް ޤައުމެކެވެ.

އެޑިޓަރުގެ ނޯޓް: މިއީ ގާނޫނީ ވަކީލު މަހުފޫޒް ސައިދު ލިޔުއްވާފައިވާ ލިޔުމެކެވެ. މަހުފޫޒަކީ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓިމުގެ މެންބަރެއްގެ އިތުރުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކޮށްފައިވާ އަދި ކުރައްވަމުން ގެންދަވާ ވަކީލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ދިރާގު ޓީވީއަކީ ކޮބާ؟

ދިރާގު ޓީވީއަކީ ކޮބާ؟

25 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
ޑަންޑަނާ ބޭންޑް ކޮބާ؟

ޑަންޑަނާ ބޭންޑް ކޮބާ؟

18 މާރިޗު 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު