Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އައްޑޫ ނަގޫރޯޅި

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

މިހާދިސާއިން ސަރުކާރަށް ކްރެޑިޓް ހޯދަން ބައެއް ފަރާތްތަކުންދަނީ މަސައްކަތް ކުރަމުން

ރާއްޖެ އެމްވީ | 20 މެއި 2017 | ހޮނިހިރު 21:05
އައްޑޫސިޓީ ހިތަދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބިފައިވާ ގެއެއް

އައްޑޫސިޓީ ހިތަދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބިފައިވާ ގެއެއް

އައްޑޫ ސިޓީއަށް ނަގޫރޯޅިއެއް އަރާ 29 ގެއަކަށް ބޮޑެތި ގެއްލުންތަން ލިބި 13 ގެއެއްގެ ފުރާޅު އެއްލާލާ ބައެއް މީހުން ޢުމުރު ދުވަހުން ކޮށްފައިވާ މަސައްކަތްތައް ހިނދުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވެގެން ގޮސް ވަގުތީ ހިޔާތަކުގައި ތިބެން މަޖުބޫރު ކުރުވި ޙާދިސާ އާ ގުޅިގެން ކަންކަން ހިނގަމުންދާ ގޮތުން ސަރުކާރުން ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީވަނީ، އެއީ ސަރުކާރަކަށް އެކަން ކުރަން ލާޒިމް ވާތީތޯ ނުވަތަ އެކަމުންވެސް ކްރެޑިޓް ހޯދުމަށްތޯ ސުވާލު އުފެދެއެވެ.

ޙާދިސާ ހިނގުމާއެކު ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރ ގެއްލުންވި ސަރަހައްދުތައް ބައްލަވާލަންވަން ވަޑައިގަތެވެ. އެމަނިކުފާނު ވަޑައިގަތީ ބޮޑު މީޑިއާ ޓީމަކާއެކުގައެވެ. އެޅުއްވި ކޮންމެ ފިޔަވަޅެއް ފޮޓޯ ނެގުމާއި އެ ޚަބަރުތައް ފެތުރުމަށް އެ ޓީމުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔަ ތަން ފެނުނެވެ. އައްޑުއަށް މިނިސްޓަރާއި މިނިސްޓަރު އަރިހުގައި ވަޑައިގެންނެވި ބޮޑު ވަފުދުގެ ޚަރަދަށްވެސް ބޮޑު އެއްޗެއް ހިނގާނެ ކަމަށް ބެލެވެއެވެ.

ޙާދިސާއާ ގުޅިގެން ސަރުކާރުން ކުރާ ކޮންމެ ކަމެއް އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ފަތުރަމުން ގެންދިޔައެވެ. ރައީސް އޮފީހުން "ބްރީފިންގ ރޫމް" ގެ ނަމުގައި ގާތްގާތުގައި ސޯޝަލް މީޑިއާގައި އައްޑޫއަށް ސަރުކާރުން ކޮށްދެމުންދާ ކަންކަމުގެ މައުލޫމާތު ފަތުރަމުން ގެންދިޔައެވެ.

ގެދޮރު މަރާމާތު ކުރުމުގެ ފޮޓޯތަކާއި ވާހަކަތައް އާއްމު ކުރަމުން ދިޔައެވެ.

ސަރުކާރުން އެހީ ދޭނެ ވާހަކަޔާއި ހުރިހާ ކަމެއް ގެއްލުން ލިބުނު އާއިލާތަކަށް ކޮށްދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވަމުން ގެންދެވިއެވެ.

ދައުލަތުގެ މީޑިއާގެ ފޯކަސް މަރާމާތުގެ މަސައްކަތައް އަނބުރާލާ، ޖަހާ ކޮންމެ މޮހޮރެއް އިސްކުރެއްގެ ވާހަކަ އެ ކަމެއް ކޮށްދިން ގޭގެ ނަމާއެކު އާއްމު ކުރަމުން ގެންދިޔައެވެ.

މިކަން ގޯސްވާ ހިސާބަކީ، ކުރެވުމުންދާ މަސައްކަތްތަކަކީ ރައީސް ޔާމީންއާއި އެމަނިކުފާނުގެ ސަރުކާރުގެ ހެޔޮފޮޅު ކަމުން ކުރަމުންދާ މަސައްކަތްތަކެއްގެ ގޮތުގައި ދެއްކުމަށް ބަޔަކު މަސައްކަތް ފެށި ހިސާބެވެ.

އައްޑޫއަށް ސަރުކާރުން ކޮށްދެމުންދާ ކަންކަމާ ބެހޭ ގޮތުން ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެލާދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވިއެވެ:

"އިހަށް ދުވަހު ނެގުނު ވޯޓުން ވެސް ހުރިހާ ގޮނޑިއެއް ލިބުނީ އެމްޑީޕީ އަށް. އެހެން ނަމަވެސް އެމްޑީޕީގެ ސިޓީ ކައުންސިލްގެ ފަރާތުން މާބޮޑު ކަންތައްތަކެއް ނުކުރެވި އޮއްވައި ސަރުކާރުން ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދެއްވައިގެން ކުރާ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އަކީ ހުރިހާ ދިވެހި ރައްޔިތުންގެ ރައީސެއް ކަން ހާމަކޮށްދޭ ލާމަސީލު މިސާލެއް"

އައްޑޫއަށް ސަރުކާރުން އެހީވުމާ ގުޅޭ ގޮތުން މިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލު ވިދާޅުވެފައިވަނީ، އައްޑޫއަށް އެހީތެރިވުމަކީ ތަފާތު ނުކުރާ ކަމުގެ ހެއްކެއް ކަމަށެވެ.

މިފަދަ ވާހަކަފުޅުތައް ސިޔާސީ ގޮތުން ކުރީ ސަފުގައި ތިއްބަވާ ބޭފުޅުން ދައްކަވާއިރު، ދައުލަތައް އާމްދަނީ ލިބެނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމާއި، އެ ފައިސާ ދެއްކުމުގައި ސަރުކާރަށް ތާއީދު ނުކުރާ މީހުން އިސްތިސްނާ ވެފައި ނޯންނަކަން އެނގި ވަޑައެއް ނުގަނެއެވެ. އަނެއްކޮޅުން، ރައްޔިތަކު ހާލުގައި ޖެހޭ އިރު، ކޮންމެ ސަރުކާރެއް އޮތަސް އެ ސަރުކާރެއްގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ، ހާލުގައި ޖެހުނު ބަޔަކަށް އެހީވުން ކަންވެސް އެނގިވަޑައި ނުގަނެއެވެ. އައްޑޫ ރައްޔިތުންނަކީވެސް ދިވެހި ރައްޔިތުން ކަމަށްވާ ހިނދު ސަރުކާރު ބޭނުންވާ ގޮތަކަށް ވޯޓު ނުދިނުމަކީ، ދިވެހި ދައުލަތުގެ ބަޖެޓުން އެ ރައްޔިތުންނަށް ހައްގުވާ އެއްޗެއް ލިބުމަށް ހުރަސް އެޅޭނެ ކަމެއް ވެސް ނޫނެވެ. އެހެން ކަމުން ތަފާތު ނުކުރާ ވާހަކަ އަކީ ދައްކަން ޖެހޭވެސް ވާހަކައެއް ނޫނެވެ. ހަމައެއާއެކު ކައުންސިލެއް އިންތިޚާބު ކުރިއަސް ކައުންސިލް ހިންގާ ފައިސާ އަކީ ސަރުކާރުން ދޭން ޖެހޭ އެއްޗެއް ކަމުގައި ވިޔަސް ކައުންސިލްތައް ހިންގުމުގައި ކުރިމަތިކުރުވާފައި ހުރި ދަތިތަކަކީ އެއްވެސް މީހަކަށް އޮޅިފައި އޮތް ކަމެއް ނޫނެވެ. އެއާއެކު ކައުންސިލަށް ކަމެއް ނުކޮށްދެވި ސަރުކާރަށް ކަންކަން ކޮށްދެވޭ ވާހަކަ ދެއްކުމަކީ އިންތިހާއަށް ލަތުވެތި ކަމެއް ނޫންބާވައެވެ؟

މައްސަލަ ގޯސްވަނީ ސިޔާސީ ގޮތުން ކުރީ ސަފުގައި އުޅުއްވާ ބޭފުޅުންނަށް ގައުމެއް ހިނގާ ގޮތާއި، ގައުމެއްގައި އޮންނަ ސަރުކާރެއްގެ ދައުރު ރަނގަޅަށް އެނގި ވަޑައި ނުގަތުމެވެ.

ސިޔާސީ ގޮތުން ގޯލު ޖައްސަވަން ކުރައްވާ މަސައްކަތުން އެންމެ ފަހުން ގޯލު ވަންނަނީ ބައި ކޮޅަށެވެ.

މިއީ އެއްވެސް ހާލެއްގައި ސިޔާސީ ކުރަންޖެހޭ ކަމެއް ނޫނެވެ. އައްޑޫގެ ބައެއް ރައްޔިތުންނަށް ކުރިމަތިވި މި ބޮޑު ހިތާމައިން ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އަރައިގަނެވި، ގެއްލުން ލިބުނު މީހުން އާޢްމު ދިރިއުޅުމަކަށް އަވަހަށް ބަދަލު ވުމަށް ކުރަމުންދާ މަސައްކަތް ހަލުއި މިނެއްގައި ކޮށް ނިންމާލުމަށް ފޯކަސް އަނބުރާލަންވީއެވެ. ކްރެޑިޓް ނަގާ ބަޔަކު އެކަމާ އުޅެންވީ އޭގެ ފަހުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ

ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ

26 ޖުލައި 2017
ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު