Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޓެމާ

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

އެންމެ ފަހުން ވެރިކަން ކުރެއްވި ރައީސް ރޫސެފް ވަނީ މަގާމުން ދުރުކުރެވިފައި، އޭރު ރައީސް ޓެމާ ހުންނެވީ ރޫސެފްގެ ނައިބެއްގެ ގޮތުގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 3 ޖުލައި 2017 | ހޯމަ 03:13
ރައީސް މިޝެލް ޓެމާ

ރައީސް މިޝެލް ޓެމާ

ބްރެޒިލް އަނެއްކާވެސް ހަލަބޮލިކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ. އާ ހަލަބޮލިކަމެއްގެ ތެރެއަށެވެ. ގައުުމުގެ ރައީސް މިޝެލް ޓެމާ ގެ މައްޗަށް ރިޝްވަތު ހިފިކަމުގެ ދައުވާ އުފުލައިފިއެވެ.

ރައީސް ޓެމާގެ މައްޗަށް އުފުުލާފައިވާ ދައުވާ އާ އެކީ އެމަނިކުފާނު ތާރީޚުގެ ތެރެއަށް ވެސް ވަދެއްޖެއެވެ. އެއީ ބްރެޒިލްގެ ތާރީޚުގައި ވެސް ދައުލަތުގެ އިސްވެރިޔާގެ މައްޗަށް ޖިނާއީ ކުށެއްގެ ދައުވާ އުފުލުނު ފުރަތަމަ ފަހަރު ކަމަށް ވުމެެވެ.

ރައީސް ޓެމާ ވެރިކަމަށް ވަޑައިގެންނެވިތާ އަދި އެއް އަހަރުވެސް ނުވެއެވެ. ތާއިދު ކުޑަ ރައީސް ޓެމާގެ މައްޗަށް މިދިޔަ ހޯމަ ދުވަހު އެޓާނީ ޖެނެރަލް ރޮޑްރިގޯ ޖެނޮޓް ކޮރަޕްޝަނުގެ ދައުވާ ވަނީ އުފުލާފައެވެ. ރައީސް ޓެމާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ ދައުވާ ސްޕްރީމް ކޯޓުގައި ފައިސަލާ ކުރާނީތޯ ބެލުމަށް ބްރެޒިލްގެ ގާނޫނު ހަދާ މަޖިލީހުގައި ވޯޓެއް އެހުމާ ހަމަޔަށް ކަންކަން މިހާރު ވަނީ ގޮސްފައެވެ.

ރައީސް ޓެމާގެ މައްޗަށް އުފުލާފައިވާ ދައުވާ ގައި ވަނީ އެއްގަމު މަސް ބަންދު ކުރާ ފާމެއް ކަމަށްވާ ޖޭބީއެސް ފާމް އިން އެމަނިކުފާނު ރިޝްވަތު ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. އެޓާނީ ޖެނެރަލް ޖެނޮޓް ވިދާޅުވީ ރައީސް ޓެމާ ވަނީ "ބްރެޒިލްގެ ރައްޔިތުންނަށް" އޮޅުވާލާފައި ކަމަށެވެ.

ރައީސް ޓެމާގެ މައްޗަށް ކުރެވޭ ދައުވާތަކާއި ގުޅިގެން އެމަނިކުފާނު ހަމަހިމޭނުން ނުހުންނަވައެވެ. ރައީސް ޓެމާ މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ އެމަމިކުފާނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފިކަމުގެ ދައުވާއަކީ އަސާސެއް ނެތް "ހިޔާލީ ވާހަކަތަކެއް" ކަމަށެވެ. މިދިޔަ އަންގާރަ ދުވަހު ދެއްވި ތަގުރީރެއްގައި ރައީސް ޓެމާ ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ރިޝްވަތު ހިފިކަމުގެ ދައުވާ އަކީ އަސާސެއް ނެތް "ހިޔާލީ ވާހަކަތަކެއް" ކަމަށާއި އެ "ހިޔާލީ ވާހަކަތައް" ބިނާވެފައި ވަނީ "ބަދަލުހިފުމުގެ" މައްޗަށް ކަމަށެވެ. މީގެ އިތުރުން ރައީސް ޓެމާ ވަނީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރައްވާ ހެކީގެ ސައްހަ ކަމާ މެދު ވެސް ސުވާލު އުފައްދަވާފައެެވެ.

ރައީސްގެ ރަސްމީ ގަނޑުވަރުކޮޅުން ޓީވީ މެދުވެރިކުރައްވައި ދެއްވި ތަގުރީރެއްގައި ޓެމާ ވިދާޅުވީ އަސާސެއްް ނެތް ދައުވާއެއް އެމަނުފާނުގެ މައްޗަށް ކުރެއްވި ކުރެއްވުމަކީ "ގަދަރަށް" އުނިކަން ލިބިދެނިވި ކަމެއް ކަމަށާއި އަދި ދެއަހަަރު ދުވަހުގެ އިގްތިސާދީ ގޮންޖެހުމަށް ފަހު ގައުމު ހަމަ މަގަށް އެޅޭއިރު ގައުމު "ޕެރެލައިސް" ކޮށްލަން އުޅޭ އުޅުމެއް ކަަމަށެވެ. ތަގުރީރުގައި ޓެމާ ވަނީ އޭނާ އަށް ފައިސާ ލިބުމުގެ އަސްލު ހެކި ކޮަބައިތޯ ސުވާލު އުފައްދަވާފައެވެ. މީގެ އިތުރުން ޓެމާ ވަނީ ނުކުރައްވާ ކުށަކަށް ތުހުމަތު ކުރެވޭނެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކަންކަން ނިއުޅެމުންދާ ގޮތައް ބަލާއިރު ރައިސް ޓެމާ އަށް ގޮތެއް އޮތްތޯ ބަލަން ޖެހެއެވެ. ރައީސް ޓެމާ ވެރިކަން ކުރައްވަމުން ގެންދަވަނީ ކޯލިޝަންއެއްގެ ތެރެއިންނެވެ. ރައީސް ޓެމާގެ މައްޗަށް ޝަރީއަތް ހިންގުމަށްޓަކައި ގާނޫނު ހަދާ މަޖިލީހުގެ ތިން ބައި ކުޅަ ދެބައި ވޯޓު ބޭނުންވެއެވެ. މަޖިލީހުގެ ތާއިދު ރައީސް ޓެމާގެ މައްޗަށް އަދި އޮތަސް މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވަމުން ގެންދެވަނީ ރައީސް ޓެމާގެ މައްޗަށް ކުރެވެމުންދާ ތުހުމަތުތަކުގެ ސަބަބުން އެމަނިކުފާނުގެ އިތުބާރު ވަރަށް ބޮޑަށް ގައުމުގައި ގެއްލިގެންދާނެ ކަމަށެވެ. އަހަރެއް ތެރޭ ރައީސް ޓެމާގެ ތާއިދު ވަނީ 7 އިން ސައްތަ ދަށްވެފައެވެ.

ބްރެޒިލް ގެ ސިޔާސީ މަޝްރަހު މިހާރު ހަލަބޮލިވެފައިވާއިރު ހަނދާންކޮށްލަން ޖެހޭ ކަމެއް އެބައޮތެވެ. މެއި 2016 ވަނަ އަހަރު އޭރުގެ ރައީސް ޑިލްމާ ރޫސެފް ވަނީ މަގާމުން ދުރުކުރެވުނު ކުރެވުމެވެ. މިހާރުގެ ރައީސް ޓެމާ އަކީ އޭރުގެ ރައީސް ރޫސެޕްގެ ނައިބު ރައީސްއެވެ. ރައީސް ޓެމާގެ މައްޗަށް ކުރެވުނު ދައުވާ އާއި ގުޅިގެން ކުރީގެ ރައީސް ރޫސެފް ވިދާޅުވީ "މިހާރު ފެނިގެން ދަނީ 2016 ގެ ބަގާވާތުގެ ނަތީޖާ ކަމަށެވެ. އަދި ގައުމު މިހާރު ދޫކޮށްލާފައި ވަނީ މިހާތަނަށް ކޮރަޕްޝަނުގެ ދައުވާ އުފުލުނު ހަމައެކަނި މީހާއަށް ކަމަށެވެ."

ކޮންެމެއަކަސް ބްރެޒިލްގެ ސިޔާސީ މަޝްރަހު ހަލަބޮލިވެއްޖެއެވެ. އުފެދޭ ސުވާލާކީ ބްރެޒިލް ގެ ކުރީގެ ރައީސް ރޫސެފް މަގާމުން ދުރުކުރެވުނު ގޮތަށް މިހާރުގެ ރައީސް ޓެމާ މަގާމުން ދުުރުކުރެވިދާނެތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

20 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު