Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ބޭސް ރައްކާކުރާ ތަނަކަށް ރެއާލްގެ ދަނޑު ބޭނުން ކުރަނީ

26 މާރިޗު 2020 | ބުރާސްފަތި 23:53

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 26 މާރިޗު 2020 | ބުރާސްފަތި 23:53
ރެއާލް މެޑްރިޑްގެ ދަނޑު

ރެއާލް މެޑްރިޑްގެ ދަނޑު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކާ ސްޕެއިންގައި ބޮޑުވެފައިވުމާއިއެކު، ސްޕެއިންގެ ރެއާލް މެޑްރިޑްގެ ދަނޑު ކަމަށްވާ ސަންޓިއާގޯ ބާނަބައު، ބޭސް ރައްކާކުރާ ތަނަކަށް ބޭނުން ކުރުމަށް ދީފިއެވެ.

ރެއާލް މެޑްރިޑުން ބުނީ ސްޕެއިންގެ ހައި ކައުންސިލް ފޯ ސްޕޯޓްސް (ސީއެސްޑީ) އާއި ރެއާލުން ގުޅިގެން އެ ކްލަބުގެ ދަނޑު ކަމަށްވާ ސަންޓިއާގޯ ބާނަބައު، ބޭސް ރައްކާކުރާ ތަނެއްގެ ގޮތުގައި ބޭނުން ކުރަން ދީފައިވާ ކަމަށެވެ. މީގެ އިތުރުން ރެއާލުން ބުނީ އެކްލަބުގެ ފިހާރަތަކަށް ފައިސާ އާއި އަދި އެނޫންވެސް ތަކެތި ހަދިޔާ ކުރުމުން ކޮވިޑް-19 އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެފައިސާ ހަދިޔާ ކުރާނެ ކަމަށެވެ.

ކޮވިޑް-19 އާ ދެކޮޅަށް ހަނގުރުމާކުރުމަށް މަޝްހޫރު ގިނަ ފުޓްބޯޅަ ކުޅުންތެރިން އަންނަނީ އެހީތެރިވަމުންނެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީ ވެސް ވަނީ މާލީގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން ދާދި ފަހުން ބާސެލޯނާ އަށް ކުރިން ކުޅުނު އަދި އެ ޓީމަށް ކުރިން އިރުޝާދުދިން މިހާރު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ކެޓަލޫނިއާގެ ހޮސްޕިޓަލްތަކަށް އެއް މިލިއަން ޔޫރޯ ހަރަދުކޮށްފައެވެ.

އަދި ހާއްސަ ވެބްސައިޓެއް މެދުވެރިކޮށް ޖަރުމަންގައި ހަދާފައިވާ ފަންޑަށް އެގައުމުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އާއި ޖަރުމަން ގައުމީ ޓީމުގެ ކުޅުންތެރިން ގުޅިގެން ވަނީ 2.5 މިލިއަން ޔޫރޯއަށްވުރެ ގިނަ ފައިސާ ހޯދާފައެވެ.

އަދި ލިވަޕޫލްގެ ފޯވަރޑް ސަޑިއޯ މާނޭ ވަނީ އަމިއްލަ ގައުމު ކަމަށްވާ ސެނެގާލްގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ހަނގުރާމަކުރުމަށް އެ ގައުމުން ކަނޑައަޅާފައިވާ ގައުމީ ކޮމިޓީއަށް 45،000 ޔޫރޯ ހަދިޔާކޮށްފައެވެ. މީގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޒަލަޓާން އިބްރަހިމޮވިޗް އާއި ޕޯލް ޕޮގްބާ ވެސް ވަނީ ފަންޑެއް ހުޅުވާފައެވެ.

އަދި ދާދި ފަހުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވެސް ވަނީ 10 މިލިއަން ޑޮލަރުގެ އެހީއެއް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަށް ދީފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އިތުރަށް ކިޔާލަން

12 އޯގަސްޓު 2017

ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް

12 އޯގަސްޓު 2017
ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް
09 އޯގަސްޓު 2017

ބޭލް ވިއްކާލުމުގެ ވިސްނުމެއް ރެއާލްގެ ނެތް: ރެއާލްގެ ރައީސް

09 އޯގަސްޓު 2017
ބޭލް ވިއްކާލުމުގެ ވިސްނުމެއް ރެއާލްގެ ނެތް: ރެއާލްގެ ރައީސް
24 ޖުލައި 2017

ކްލަބް ފްރެންޑްލީ: ޕެނަލްޓީ ޖަހައިގެން ރެއާލްގެ މައްޗަށް ޔުނައިޓެޑު ކުރިހޯދައިފި

24 ޖުލައި 2017
ކްލަބް ފްރެންޑްލީ: ޕެނަލްޓީ ޖަހައިގެން ރެއާލްގެ މައްޗަށް ޔުނައިޓެޑު ކުރިހޯދައިފި
27 ޖޫން 2017

ބޭލް ދޫކޮށްލަން ރެއާލްގެ ކޯޗު ޒިދާން ބޭނުމެއް ނުވޭ!

27 ޖޫން 2017
ބޭލް ދޫކޮށްލަން ރެއާލްގެ ކޯޗު ޒިދާން ބޭނުމެއް ނުވޭ!
20 ޖޫން 2017

ޔުނައިޓެޑަށް މޮރާޓާ ވިއްކާލުމަށް ރެއާލުން އެއްބަހެއް ނުވޭ: ރެއާލްގެ ރައީސް

20 ޖޫން 2017
ޔުނައިޓެޑަށް މޮރާޓާ ވިއްކާލުމަށް ރެއާލުން އެއްބަހެއް ނުވޭ: ރެއާލްގެ ރައީސް
16 ޖޫން 2017

ރެއާލްގެ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ!

16 ޖޫން 2017
ރެއާލްގެ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ!
26 މާރިޗު 2017

ފަލަސްތީން މެޗަށް ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތުކޮށް އަލިގަދަކޮށްލަނީ

26 މާރިޗު 2017
ފަލަސްތީން މެޗަށް ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތުކޮށް އަލިގަދަކޮށްލަނީ
16 މާރިޗު 2017

ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ

16 މާރިޗު 2017
ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ
08 މާރިޗު 2017

އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް

08 މާރިޗު 2017
އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް