ހުޅުމާލެ ކައުންޓްލައިން ފިހާރަ ސަރަހައްދުގައި އަލިފާން ރޯވެއްޖެ!
22 މާރިޗު 2020 | އާދީއްތަ 06:18އެމްއެންޑީއެފުން ދަނީ އަލިފާން ނިއްވުމަށްޓަކައި ހަރަކާތްތެރިވަމުން

ދާނިޝް ނިޡާމް | 22 މާރިޗު 2020 | އާދީއްތަ 06:18

އަލިފާން ރޯވެފައިވާ ސަރަހައްދު
ހުޅުމާލެ ކައުންޓްލައިން ފިހާރަ ހުރި ސަރައްހަދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ އަލިފާން ރޯވި ސަރަހައްދުގައި އަލިފާން ނިއްވުމަށްޓަކައި ފަޔަރ އެންޑް ރެސްކިއު ޓީމްގެ ފަރާތުން ހަރަކާތްތެރިވަމުންދާކަމަށެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ އަލިފާން ނިންވާލާފައިވަނީ 11:22 ހާއިރު ކަމަށެވެ. އަދި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ނިރޮޅު މަގުގައި ހުރި ހުސްބިމެއްގައި ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށެވެ. އަލިފާންު ރޯވީ އެ ތަނުގައި ހުރި އެލްމެނިޔަމް މެޓީރިއަލް ތަކެއްގައެވެ.






