Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19

އެއަރޕޯޓަށް ފޮނުވުމުގެ ކުރިން ފްލައިޓް ކެންސަލް ނުވާކަން ކަށަވަރު ކުރުން މުހިއްމު: ގެސްޓްހައުސް އެސޯސިއޭޝަން

ޓިކެޓްގައި ކަނޑައެޅިފައިވާ ފްލައިޓް ކެންސަލް ނުވާކަން ކަށަވަރު ކުރެއްވުމަށްފަހު ފޮނުއްވުމަކީ މުހިންމުކަމެއް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 21 މާރިޗު 2020 | ހޮނިހިރު 20:56
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު

ގެސްޓުން އެއަރޕޯޓަށް ފޮނުވުމުގެ ކުރިން ފްލައިޓް ކެންސަލް ނުވާކަން ކަށަވަރު ކުރުމަށް ގެސްޓް ހައުސް އެސޯސިއޭޝަން އިން ގޮވާލައްވައިފިއެވެ.

ގެސްޓް ހައުސް އެސޯސިއޭޝަން އިން ބުނީ މިހާރަކަށް އައިސް، ރާއްޖޭން ބޭރަށް ފުރުވާލުމަށް އެއަރޕޯޓަށް ގެންނަ ފަތުރުވެރިން، އެފަރާތްތަކުގެ ފްލައިޓް ގަޑިއަށްވުރެ ކުރިން އަދި ބައެއްފަހަރު އެއްދުވަސް ކުރިން ގެނެސް އެއަރޕޯޓުތެރެއަށް ދޫކޮށްލާކަން އެޖަމިއްޔާއަށް ފާހަގަ ކުރެވިފައިވާކަމަށެވެ.

Advertisement - newsAdvertisement

ފްލައިޓް ގަޑިއަށްވުރެ އެތައް އިރެއްކުރިން ގެސްޓުން އެއަރޕޯޓުގައި ގެނެސް ބޭތިއްބުމަކީ އެފަތުރުވެރިންނަށް ނުހަނު ގިނަ ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަމެކެވެ.

އެ އެސޯސިއޭޝަން އިން ބުނީ މިދުވަސްކޮޅަކީ ވަރަށް ގިނަ އިންޓަނޭޝަނަލް ފްލައިޓްތަކެއްގެ ދަތުރުތައް ކެންސަލް ކުރަމުން އަންނަ ދުވަސްކޮޅަކަށް ވުމާއެކު، ގެސްޓުން އެއަރޕޯޓަށް ފޮނުވުމުގެ ކުރިން އެފަރާތްތަށް ދަތުރުކުރުމަށް ޓިކެޓްގައި ކަނޑައެޅިފައިވާ ފްލައިޓް ކެންސަލް ނުވާކަން ކަށަވަރު ކުރެއްވުމަށްފަހު ފޮނުއްވުމަކީ މުހިންމުކަމެއް ކަމަށެވެ.

ގެސްޓް ހައުސް އެސޯސިއޭޝަން އިން ބުނީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް މަޝްހޫރުވެފައިވާ އެއް ސަބަބަކީ ދިވެހިންގެ ފަރާތުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ދޭ ފުރިހަމަ މެހުމާންދާރީ ކަމަށެވެ. އަދި އެހެން ކަންހިނގާނަމަ އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއާ ދޭތެރޭ އެފަރާތްތަކުން ދެކޭގޮތް ބަދަލުވެދާނެފަދަ ކަމެެއް ކަމަށެވެ.

ގެސްޓް ހައުސް އެސޯސިއޭޝަން އިން ބުނީ މި ދަތި ދަނޑިވަޅުގައި ރާއްޖޭގެ މުއައްސަސާތަކުން އަންގާއެންގުންތަކަށް އިހްތިރާމު ކުރުމާއި އެކު ފްލައިޓް ގަޑިއަށް ގެސްޓުން އެއަރޕޯޓަށް ގެނައުމަކީ އެފަރާތްތަކަށް އެންމެ ރަނގަޅުގޮތް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ގެސްޓްހައުސްތަކުން ފަތުރުވެރިން ފުރަން ކަނޑައަޅާފައިވާ ގަޑިއާ ވީހާވެސް ގާތް ގަޑިއަކު އެއަރޕޯޓަށް ފަތުރުވެރިން ގެނެސްދިނުމަށް އެޖަމުޢިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރައްވައިފި

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރައްވައިފި

17 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި

27 ފެބުރުއަރީ 2017
އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017
ނުބައި ތާރީޚަކާއެކު ޗިޓް ފޮނުވުމުން ޒިޔަތުއާއި ޝާހިދުގެ ޝަރީއަތް ކެންސަލް!

ނުބައި ތާރީޚަކާއެކު ޗިޓް ފޮނުވުމުން ޒިޔަތުއާއި ޝާހިދުގެ ޝަރީއަތް ކެންސަލް!

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު