Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަސްގެފާނުގެ ދަތުރުފުޅު

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރައްވައިފި

ދަތުރުފުޅު ކެންސަލް ކުރެއްވީ ރޯގާ ފެތުރޭތީ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 17 މާރިޗު 2017 | ހުކުރު 11:48
ސައުދީ ރަސްގެފާނު

ސައުދީ ރަސްގެފާނު

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރާއްޖެއަށް ކުރައްވަން އޮތް ރަސްމީ ދަތުރުފުޅު އެންމެ ފަހު ވަގުތު ކެންސަލް ކުރައްވައިފި އެވެ.

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ ހޮނިހިރު (މާދަމާ)އެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެމަނިކުފާނުގެ ދަތުރުފުޅު ކެންސަލް ކުރައްވާފައިވަނީ ރާއްޖޭގައި މިހާރު ފެތުރެމުން އަންނަ ސްވައިން ފްލޫ ރޯގާއާ ގުޅިގެންނެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުގައި ހުކުރު (މިއަދު) ކުއްލި ގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލްވިކަން އިއުލާން ކުރެއްވީ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް އެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ރާއްޖެއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލްވިކަން އިއުލާން ކުރައްވަމުން ފޮރިން މިނިސްޓަރު އާސިމް ވިދާޅުވީ " ސަލްމާން ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވީ، މިހާރު ރާއްޖޭގައި ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެން" ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރަސްގެފާނުގެ ދަތުރުފުޅެއް ދެން ރާއްޖެއަށް ކުރައްވާނެ ތާރީހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.

"މި ދަތުރުފުޅު ފަހުގެ ތާރީޚަކަށް ހަމަޖެހުމުން އެ ތާރީޚު ވެސް އިއުލާން ކުރާނެ ވާހަކަ އެންމެހައި ބޭފުޅުންނަށް ދަންނަވަން،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ސައުދީ ރަސްގެފާނު ރާއްޖެވަޑައިގަންނަވަނީ އޭޝިޔާގެ ފަސް ގައުމަކަށް ފެއްޓެވި ދަތުރުފުޅެއްގައެވެ. ގާތްގަނޑަކަށް 31 ދުވަސް ހޭދަވާ އެ ދަތުރުފުޅުގައި ރާއްޖެއަކީ އެމަނިކުފާނުގެ އެންމެފަހު މަންޒިލެވެ.

ފާޑުކިޔުންތައް ބޮޑުވެފައިވާ ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލްކުރައްވާފައި މިވަނީ އެ ދަތުރުފުޅައި ގުޅިގެން ދިވެހިސަރުކާރުން އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަނިކޮށެވެ.

ހޮނިހިރު ދުވަހު ރަސްގެފާނު ރާއްޖެ ވަޑައިގަތުމަށް ހަމަޖައްސަވާފައި އޮތް ދަތުރުފުޅު އެންމެ ފަހު ވަގުތު ކެންސަލް މިކުރެއްވީ، ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން ހަދަން ބޭނުންވާ ކަމަށް، ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނު ވިދާޅުވެފައިވާ އޯޑިއޯއިން ރާއްޖެޓިވީން ލީކްކޮށްލާފައި ވަނިކޮށެވެ.

ފ. އަތޮޅުގައި 10 ބިލިއަން ޑޮލަރުގެ އިންވެސްޓެމެންޓެއް ސައުދީން ގާއިމުކުރަން އުޅޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވާއިރު، އެ އަތޮޅު ވިއްކާލުމާ ދެކޮޅަށް މާލެ އާއި ފ. އަތޮޅުގެ ރަށްތަކުގެ އިތުރުން އެހެން ބައެއް ރަށްރަށުގައި އަންނަނީ އިހްތިޖާޖުކުރަމުންނެވެ. އަދި ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފަށާފައިވާއިރު، ރަސްގަފާނަށް ވެސް ވަރަށް ބޮޑަށް ދަނީ ފާޑުކިޔަމުންނެވެ.

ރަސްގެފާނުގެ އަބޮޑު ދަތުރުފުޅު ކެންސަލް ކުރެއްވިއިރު، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ސަރުކާރުން ވެސް ވަނީ ވަރަށް ބޮޑު ހަރަދެއްކޮށްފަ އެވެ. ސައުދީ ރަސްގެފާނާއި އެ މަނިކުފާނުގެ ވަފުދުގެ ބޭފުޅުން ތިއްބެވުމަށް ތިން ރިސޯޓެއް ކުއްޔަށް ނަންގަވާފައިވާއިރު، އެ މަނިކުފާނު ރިސޯޓުން މާލެ ވަޑައިގަތުމަށް ހެލިކޮޕްޓަރަކާއި އެއާއެމްބިއުލޭންސް ހެލިކޮޕްޓަރެއް ވެސް ވަނީ ގެންނަވައިފަ އެވެ. އޭގެ އިތުރުން، މަތިންބޯޓުން ފައިބައިވަޑައިގަތުމަށް ރަން ސިޑިކޮޅު ވެސް ވަނީ ރާއްޖެ ގެންނަވައިފަ އެވެ. އެ މަނިކުފާނުގެ ދަތުރުފުޅާ ދިމާކޮށް، މިހާރު މާލެ ކައިރީގައި ސައުދީ މަނަވަރެއް އޮތްއިރި، މާލޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފަ އެވެ.

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނުގެ ފިރިހެނަކު ވެސް ސައުދީ ރަސްގެފާނުގެ ދަތުރުފުޅާ ދިމާކޮށް ވަނީ ހައްޔަރުކޮށް، އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ ތުހްމަތުކޮށްފައިވާއިރު، ޖަލަށް ނުލައި، ތަހްގީގެއް ނުކޮށް، އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވަނީ ކީއްވެތޯ ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާނާ ސުވާލުކުރެއްވުމުން ޖަވާބެއް ނުދެއްވިއެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި، ފ. އަތޮޅުގައި ހިންގާ "ބިޔަ ބޮޑު މަޝްރޫއުގެ" އެއްބަސްވުމުގައި ސޮއިކުރައްވާ ގޮތަށް ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ރަސްގެފާނު ސަލްމާންގެ ދަތުރުފުޅުގައި ފ. އަތޮޅުގައި ހިންގާ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ދެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށްވެއެވެ. ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް ދިވެހި ޝުއޫރު ފާޅުކުރަން ފެށުމުން، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބުނެފައިވަނީ ރާއްޖޭގެ އަތޮޅު ސައުދީ ސަރުކާރުން ގަންނަން ނިންމާފައި ނުވަތަ އަތޮޅެއްގައި އިންވެސްޓްކުރަން ވެސް ނިންމާފައި ނުވާ ކަމަށެވެ. އެ ބަޔާނުގައި ސައުދީ ޝާހީ އާއިލާއިން ރާއްޖޭން ރަށެއް ގަންނަން އުޅޭކަން ދޮގުކޮށްފައެއް ނެތެވެ.

ފ އަތޮޅު ވިއްކާލުމުގެ މައްސަލަ އެންމެ ހޫނުވި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެފައިވަނީ ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ކަމަށެވެ. ޕީޕީއެމްއަށް އަލަށް ގުޅުނު މެންބަރުންތަކެއްގެ މެމްބަރޝިޕް ފޯމު ޕާޓީއާ ހަވާލުކުރުމަށް މާޗު މަހުގެ 1 ވަނަ ދުވަހު ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ މިހާތަނަށް ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު މި މަޝްރޫޢުގެ އަގު 10،000 މިލިއަން (10 ބިލިއަން) އެމެރިކާ ޑޮލަރު (154.2 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މި މަޝްރޫޢާ އެކު ހީނުކުރާ ވަރުގެ ތަރައްޤީ ފ. އަތޮޅަށް އަންނާނެ ކަމަށާއި އެކަމާ ގުޅޭ ތަފްޞީލް ހާމަކުރެވޭ ވަރަށް މަޝްވަރާތައް ކުރިއަށް ދިއުމުން އެ ތަފްޞީލު ހާމަ ކުރައްވާނެ ކަމަށެވެ.

ރައީސް ޔާމިން އެހެން ވިދާޅުވިޔަސް އޭގެފަހުން ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައުދީ ސަރުކާރުން ރާއްޖޭގެ އަތޮޅެއް ގަންނަން އުޅޭ ކަމުގެ ވާހަކަތައް ފެތުރިފައިވާކަން ސައުދީ އެމްބަސީއަށް ފާހަގަކުރެރިފައިވާ ކަމަށާއި އެހެން ނަމަވެސް ސައުދީ ސަރުކާރުން އެފަދަ އެއްވެސް މެގަ ޕްރޮޖެޓެއްގައި އިންވެސްޓްކުރަން ނޫޅޭ ކަމަށެވެ.

ސައުދީ ރަސްގެފާނުގެ ދަތުރުފުޅާއި ދިމާކޮށް ބޭރުގެ އެކި ޤައުމުތަކުގެ ވެރިންނާއި، އިއްޒަތްތެރިން ދިވެހިރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާތީ، އެ ބފުޅުންގެ ޝަރަފާއި, ގަދަރާއި, އިއްޒަތަށް އުނިކަން ލިބޭގޮތަށް އަމަލުތަކެއް ހިންގުމަށް ރާވާ ހަދާކަމަށް ބުނެ އެމްޑީޕީ ހަރުގެ ފުލުހުން ބަލާފާސްކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
ލަންކާގެ ރައީސް ސިރިސޭނާއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

ލަންކާގެ ރައީސް ސިރިސޭނާއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

11 ފެބުރުއަރީ 2017
ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި

ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި

11 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު