Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮރޯނާވައިރަސް (ކޮވިޑް-19)

ސީރިއަސް އަލާމަތްތަކެއް އަހަރެންގެ ފަރާތުން ނުފެނޭ: ރުގާނީ

19 މާރިޗު 2020 | ބުރާސްފަތި 07:21

އިޓާލިއަން ލީގުގައި ކުޅެމުން އަންނަ 12 ކުޅުންތެރިން ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފަ

އަތޫފް އާތިފް
އަތޫފް އާތިފް | 19 މާރިޗު 2020 | ބުރާސްފަތި 07:21
ޑިފެންޑަރު ޑެނިއަލް ރުގާނީ

ޑިފެންޑަރު ޑެނިއަލް ރުގާނީ

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޑިފެންޑަރު ޑެނިއަލް ރުގާނީ އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެފިއެވެ.

ރުގާނީ އަކީ އިޓާލިއަން ލީގުން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އެންމެ ފުރަތަމަ ޕޮޒިޓޮވްވި ކުޅުންތެރިޔާއެވެ. ރުގާނީ ބުނީ އޭނާގެ ހާލު ފެށުނީއްސުރެ ރަނގަޅުކަމަށާއި، ސީރިއަސް އަލާމާތެއް އޭނާގެ ފަރާތުން ނުފެންނަ ކަމަށެވެ.

އިޓާލިއަން ލީގުގައި ކުޅެމުން އަންނަ 12 ކުޅުންތެރިން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާއިރު، ރުގާނީ ބުނީ އޭނާ ޕޮޒިޓިވްވިކަން މީޑިއާތަކުން ރިޕޯޓުކުރުމާއިއެކު ވަރަށް ގިނަ ފަރާތްތަކުން އޭނާއަށް މެސެޖުކުރި ކަމަށާއި އެ ހުރިހާ އެންމެންއަށް ޝުކުރުއަދާކުރާ ކަމަށެވެ.

މީގެ އިތުރުން ރުގާނީ ބުނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް މީހުން ހޭލުންތެރިވާން ޖެހޭ ކަމަށާއި ހާއްސަކޮށް މިކަމުގެ ސީރިއަސްކަން ނޭގި ތިބި މީހުން މިކަމުން އިބުރަތް ހާސިލްކުރަން ޖެހޭ ކަމަށެވެ. މިބަލި ހާލަތުން އަރައިގަންނާނެ ކަމަށް ބުނަމުން ރުގާނީ ބުނީ އޭނާ މިކަމުން އަރައިގަންނާނީ ކުރިޔަށްވުރެ ވަރުގަދަކޮށް ކަމަށާއި އަދި މިބަލި ޖެހިފައިތިބި ހުރިހާ ކުޅުންތެރިންވެސް މި ބަލިން އަރައިގަންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ޔުވެންޓަސްގެ ޖޭ ހޮޓަލުގައި ކަރަންޓީނުކޮށް ފަރުވާ ހޯދަމުން އަންނަ ރުގާނީ ބުނީ އެކަނި އޮންނަން ޖެހުމުން އުނދަގޫވާ ކަމަށާއި އެންމެންނާއި ބައްދަލުވާން ކެތްމަދުވެފައިހުރި ކަމަށެވެ. މީގެ އިތުރުން ރުގާނީ ވަނީ އެކަނި އޮންނަން ޖެހުމުން ނެޓްފްލިކްސްގެ ހުރިހާ ސީރީސް އެއް ބެލިއްޖެ ކަމަށްވެސް ބުނެފައެވެ.

ރުގާނީގެ އިތުރުން ޔުވެންޓަސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ ވެސް ވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައެވެ. އިޓަލީގެ އިތުރުން ސްޕެއިންގެ ވެލެންސިއާގެ ކުޅުންތެރިންތަކަކާއި އިނގިރޭސިވިލާތުގެ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ކުޅުންތެރިޔަކުވެސް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.

ޔޫރަޕުގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ފުޓްބޯޅައިގެ ހުރިހާ މުބާރާތެއްހެން މިހާރު ވަނީ ފަސްކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2017

ރޮނާލްޑޯގެ ފަރާތުން ގޯލު ފެންނާނެ: ކަވަހާލް

26 ސެޕްޓެމްބަރު 2017
ރޮނާލްޑޯގެ ފަރާތުން ގޯލު ފެންނާނެ: ކަވަހާލް
26 ސެޕްޓެމްބަރު 2017

ކުޅުންތެރިންނަށް އަހަރެންގެ އިތުބާރު އެބައޮތް: ޒިދާން

26 ސެޕްޓެމްބަރު 2017
ކުޅުންތެރިންނަށް އަހަރެންގެ އިތުބާރު އެބައޮތް: ޒިދާން
31 އޯގަސްޓު 2017

ޓްރާންސްފާ ބާޒާރުގައި އަހަރެންގެ އަގަކީ މިހާރު 300 މިލިއަން ޔޫރޯ: ހަޒާޑް

31 އޯގަސްޓު 2017
ޓްރާންސްފާ ބާޒާރުގައި އަހަރެންގެ އަގަކީ މިހާރު 300 މިލިއަން ޔޫރޯ: ހަޒާޑް
08 ޖުލައި 2017

އަހަރެންގެ އެޖެންޓް ދެއްކި ވާހަކައަށް މައާފަށް އެދެން: ވެރާޓީ

08 ޖުލައި 2017
އަހަރެންގެ އެޖެންޓް ދެއްކި ވާހަކައަށް މައާފަށް އެދެން: ވެރާޓީ
06 ޖޫން 2017

އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ

06 ޖޫން 2017
އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ
14 މެއި 2017

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

14 މެއި 2017
"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް
04 އެޕްރީލު 2017

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

04 އެޕްރީލު 2017
މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް