Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަގޭ ރިޕޯޓު

މީޑިއާގެ މިނިވަންކަން ދޭންވީވެސް ވަކި ވަރަކަށް، ތަންފުކެށް ބޮޑުވަރު!

19 މާރިޗު 2020 | ބުރާސްފަތި 14:11

ދޮގު ހަބަރު ނުފަތުރާ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 19 މާރިޗު 2020 | ބުރާސްފަތި 14:11
ބްރޯޑްކޮމް

ބްރޯޑްކޮމް

ކުރީގެ ރައީސް އަދި މަނީލޯންޑްރިންގް މައްސަލައިގައި ގައިދުކުރެވިފައިވާ އަބްދުﷲ ޔަމީންގެ ވެރިކަމަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެއްދި ވެރިކަމެކެވެ. ހައްގުބަސް ބުނެ ރައްޔިތުންނަށް ތެދު މައުލޫމާތު ހާމަކޮށްދޭ މީހާއަށް ޖެހޭ ހާލު މާޒީގެ ސަފުހާތަކަށް ކުޑަކޮށް ނަޒަރު ހިންގާލިކަމުގައިވިޔަސް ވަރަށް ރަނގަޅަށް ސާބިތުވެގެންދާނެއެވެ. ދީނާއި ގައުމުގެ ދިފާއުގައި ޓެގް އެޅުވިގެން ތިބެ ފަރުދާގެ އަނެއް ފަރާތުން ކުރީ ހުސްވައްކަމެވެ. ބިތުފަންގި ނެގޭހެން ހީވިޔަސް އެމީހަކަށް އަދަބެއްގެ ގޮތުގައި ދައްކަނީ ކުޑަ ގޮޅިއެވެ.

ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް އޮތް އިރު ގައުމުގެ މިނިވަން މުއައްސަސާތަކުގައި ތިއްބެވި ފަރާތްތަކުގެ ބާރު ހަނިކޮށް "ޔާނު" ބޭނުވާ ގޮތަށް ނިންމީ ނުފޫޒާއި ބިރުވެރިކަމުގެ ތެރެއަށް ވައްޓާލައިގެން މަޖުބޫރުކޮށްގެނެވެ. ހަގީގަތަށް މީހަކު ވާހަކަ ދައްކާކަމުގައި ވަނަމަ އެމީހަކަށް ކުޑަ ގޮޅިނޫން ތަނެއް ނުދައްކައެވެ. މިކަމުގައި ގައުމުގައި ވެރިކަން ކޮށްފައިހުރި ލީޑަރެއް، ނޫސްވެރިއެއް ނުވަތަ ރައްޔިތުމީހާވެސް އިސްތިސްނާވުމެއްނެތެވެ.

Advertisement - newsAdvertisement

ވެރިކަމުގައި އާރާއި ބާރު ދަމަހައްޓަން ހަގީގަތަށް ބުނާކަމުގައި ވާނަމަ ނުކުރާކަމެއް ނެތެވެ. ގެއްލުވާލަން ބޭނުންވާ މީހަކު ގެއްލުވާލަނީއެވެ. ނުރުހޭ ކަމެއް ކުރާ ފަރާތްތައް ޖޫރީމަނާ ކުރީއެވެ. ރައްޔިތުންގެ ތާއީދާއި ނުލައި ވެރިކަން ކުރީ ވަރަށްވެސް ހުދުމުހުތާރުކޮށް ބާރުގެ ބޭނުންކޮށްގެނެވެ. ގައުމުގެ ތިން ބާރު އެއްކޮށް މުށުތެރެއަށް ލައި ވެރިކަމުގައި ދެމިހުރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެނެވެ. ކޮންމެއަކަސް މި ރިޕޯޓުގައި އަޅުގަނޑު އެކަންތަކަށް އަލިއަޅުވާކަށް ނެތީމެވެ.

މާޒީގެ ހާލަތު ބަދަލުކޮށް މިނިވަންކަމާއެކު ސަރުކާރަށް ފާޑުކިޔުމުގެ ހައްގު މި ސަރުކާރުން ހޯދައިދިނެވެ. މިލިއަނުން މެންބަރުންގަނެ ފާސްކުރި އަބުރުރައްކާތެރިކުރުމުގެ ގާނޫނު މި ސަރުކާރުން ހޯދައިދިނީ އެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައެވެ. ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެއިން ފެނުމާއެކު ސަރުކާރުން މި ބަލި ފެތުރިޔަނުދީ ހިފެހެއްޓުމަށް ގިނަ މަސައްކަތަކެއް އެބަކުރެއެވެ.

އެގޮތުން މިހާތަނަށްވެސް ފެނިގެންދިޔައީ ވަރަށް ޒިންމާދާރުކަމާއެކު މި ހައްސާސް ދަނޑިވަޅުގައިވެސް ހުރިހާ މައުލޫމާތެއް ހާމަކުރަމުންދާތަނެވެ. ކިތަންމެ ކުޑަ ފިޔަވަޅެއް އެޅިކަމުގައިވިޔަސް އެ ކަމުގައި ރައްޔިތުން އަމަލުކުރަމުންދާނެ ގޮތުގެ ފުރިހަމަ މައުލޫމާތު ސަރުކާރުން ދަނީ ހާމަކުރަމުންނެވެ. މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރައްޔިތުންނަށް މި މައުލޫމާތު ފޯރުކޮށްދޭއިރު ވަކި މީޑިއާއެއް އިސްތިސްނާވުމެއް ނެތި ތެދު މައުލޫމާތު ފޯރުކޮށްދޭންޖެހެއެވެ. ސިޔާސީ ގޮތުން ފިކުރު ތަފާތުވިޔަސް، ގައިދީ އެއް މިނިވަންކުރުމަށް ކިތަންމެ ގޮވިޔަސް އެ މިނިވަންކަން މިހާރު އޮތްކަން އެއީ އެންމެން ގަބޫލުކުރާ ހަގީގަތެކެވެ.

ނަމަވެސް ކޮންމެ ބަޔަކުވެސް ވިސްނަންވީ އެއްކަންތައް އެބައޮތެވެ. މި ދަނޑިވަޅުގައި ރައްޔިތުންނަށް ހަގީގަތާއި ހިލާފު ބިރުވެރިކަން އުފެދޭ ފަދަ ވާހަކަތައް ނުފެތުރުމަށެވެ. އެއްބައިވަންތަވެ ސީޔާސީ ފިކުރާއި އަމިއްލަ މަސްލަހަތު ދޫކޮށް ގައުމަށް ދިމާވެފައިވާ ބަލިމަޑުކަމުން އަރައި ގަތުމަށްޓަކައި ރައްޔިތުންނަށް އުންމީދު އާކޮށްދޭންވީއެވެ. އާރުލާފައި އަޑުގެ ނެތްވަރު ދައްކައި ދޮގު މައުލޫމާތު ފަތުރަންވީކީ އެއްނޫނެވެ. މިކަން ހުއްޓުވުމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުންވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންވެއްޖެއެވެ. އަމާޒުވެދާނެ ފާޑުކިޔުމަކަށް ނުބަލައި ރައްޔިތުންގެ މަސްލަހަތު އިސްކުރާށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް