Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

އެކި ލެވެލްތަކުގައި ކޯޓުތަކުން އަމަލުކުރަންވީ ގޮތް އެކުލަވާލައިފި

ތިން އެލަރޓްގައި ކޯޓުތަކުން އަމަލުކުރަންވީ ގޮތް ވަނީ އެކުލަވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 މާރިޗު 2020 | އަންގާރަ 15:35
ސްޕްރީމް ކޯޓު

ސްޕްރީމް ކޯޓު

ކޮވިޑް-19 ގެ އެކިލެވެލްތަކުގައި އަމަލުކުރަންވީ ގޮތް ސްޕްރީމް ކޯޓުން އެކުލަވާލާ ސަރކިޔުލަރ އެއް ނެރެފި އެވެ.

އެގޮތުން ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވީއިރު، ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ކޯޓުތަކުގެ ޚިދުމަތްހޯއްދަވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، ސަރުކާރުން އިޢުލާން ކުރައްވާފައިވާ ޢާންމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި، އަންނަނިވި ފިޔަވަޅުތައް، ދިވެހިރާއްޖޭގެ އެންމެހާ ކޯޓުތަކުން އަޅަމުން ގެންދިއުމަށް ސުޕްރީމްކޯޓުން ވަނީ އަންގާފައެވެ. އެގޮތުން:

މީގެއިތުރުން އެކި އެލަރޓް ލެވެލްތަކުގައި އަމަލުކުރަންވީ ގޮތް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ރީނދޫ އެލަރޓް އިއުލާންކޮށްފައި އޮންނަ ހާލަތުގައި:

- އެ ސަރަޙައްދެއްގައި ހުންނަ ކޯޓުތަކުގައި، އެ ކޯޓަކުން ކަނޑައަޅާ ގޮތެއްގެމަތިން، ގިނަ މީހުން އެއްފަހަރާ ޙާޟިރުނުކޮށް، ޝަރީޢަތްތައް ބޭއްވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. މިގޮތުން، މައްސަލަތައް ބޭއްވުމުގައި މައްސަލަތައް ތާވަލުކުރަންވާނީ އެއްވަގުތަކު ގިނަ ބަޔަކު ޙާޟިރުކޮށް ބައިތިއްބަން ނުޖެހޭ ގޮތެއްގެ މަތިންނެވެ. އަދި ވަސީލަތްތައް ލިބެން ހުރިނަމަ، ކޮންމެހެން ބާއްވަންޖެހޭ މައްސަލަތައް، ވީޑިއޯ ނުވަތަ އޯޑިއޯ ލިންކްގެ އެހީގައި ބޭއްވުމުގެ ކަންކަން އިންތިޒާމު ކުރަންވާނެއެވެ. މީގެ ތެރޭގައި، ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި ބަލާ މައްސަލަތަކުގައި ފޯނު ނުވަތަ އީ-މެއިލް މެދުވެރިކޮށް ޖަވާބުދާރީވުމުގެ ފުރުޞަތު ދެވެން އޮތްނަމަ، ދެވިދާނެއެވެ.

- މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުވާންޖެހޭ ފަރާތަކީ ޢުމުރުން 55 އަހަރުވެފައިވާ ނުވަތަ ރިސްކް ކެޓަގަރީއެއްގައި ހިމެނޭ ފަރާތަކަށްވެފައި، އެފަރާތަކުން ކޯޓަށް ޙާޟިރުވުމަށް އިޢުތިރާޟުކުރާނަމަ، އެފަރާތަކީ އެފަދަ ގިންތިއެއްގައި ހިމެނޭ ފަރާތެއްކަން އެނގޭނެ ލިޔުމަކާއެކު ހުށަހެޅުމުން، އެއީ މިޙާލަތުގައި، ކޯޓަށް ޙާޟިރުނުވުމަށް މަޤުބޫލު ޢުޒުރެއް ކަމުގައި ބަލަންވާނެއެވެ.

އޮރެންޖް އެލަރޓް އިޢުލާންކޮށްފައި އޮންނަ ޙާލަތުގައި:

- އެއް ފަނޑިޔާރަށް ވުރެ ގިނަ ފަނޑިޔާރުން ތިބޭ ކޯޓުތަކުގައި، ޑިއުޓީ ތާވަލެއް އެކުލަވާލައި،ފަނޑިޔާރުން މަސައްކަތްކުރާނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

- ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގެ އަޑުއެހުންތަކާއި، ކަނޑައެޅިގެން ކޯޓުތަކުންވަކި ވަގުތެއްގައި ނުވަތަ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަންކަން (މީގެ ތެރޭގައި، ގެވެށި އަނިޔާއާއި ކުޑަކުދިންގެ ޙައްޤުތަކާބެހޭ އަމުރުތައް ހޯދުމުގެ މައްސަލަތައްހިމެނޭ) ފިޔަވައި، މީހުން ޙާޟިރުކޮށްގެން ހިންގަންޖެހޭ މައްސަލަތައް މި މުއްދަތުގެ ތެރޭގައި ހިންގައިގެން ނުވާނެއެވެ.

- ކޯޓަށް ހުށަހަޅާ ސިޓީއާއި މައްސަލަތަކާއި ލިޔެކިޔުން، އީ-މެއިލް ނުވަތަ އެހެންވެސް، އެ ކޯޓަކުން ކަނޑައަޅާ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ހުށަހެޅުމުން، އެއީ އެ ކޯޓަށް ރަސްމީގޮތުންލިބިފައިވާ ލިޔުމެއްކަމުގައި ބަލަންވާނެއެވެ. އަދި ކޯޓުގެ ފަރާތުން ފޮނުވާ ސިޓީއާއި، އަމުރުތަކާއި އެހެނިހެން ލިޔެކިޔުން، އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ފޮނުވުމުން، އެއީ އެ ކޯޓުން ރަސްމީގޮތުން ފޮނުވާފައިވާ ލިޔުމެއްކަމުގައި ބެލޭނެއެވެ.

- އިލެކްޓްރޯނިކްކޮށް ލިޔެކިޔުންތަކުގައި ސޮއިކުރެވެން ނެތްނަމަ، މުވައްޒަފުންނާއި ފަނޑިޔާރުންގެ ރައްކާތެރިކަމަށް ރިޢާޔަތްކޮށް، އެ ކޯޓަކުން ނުވަތަ އެ ޖުޑީޝަލް ދާއިރާއަކުން އިންތިޒާމުކުރާ ގޮތެއްގެ މަތިން ލިޔެކިޔުމުގައި ސޮއިކުރާނެ އިންތިޒާމް ހަމަޖައްސަންވާނެއެވެ.

- ޢުމުރުން 55 އަހަރުވެފައިވާ ނުވަތަ ރިސްކް ކެޓަގަރީއެއްގައި ހިމެނޭ ފަނޑިޔާރުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އަންގާ ގޮތެއްގެމަތިން، ގޭގައި މަސައްކަތްކުރުމުގެ ކަންކަން ހަމަޖައްސަންވާނެއެވެ.

ރަތް އެލަރޓް އިޢުލާންކޮށްފައި އޮންނަ ޙާލަތުގައި:

- ކޯޓުތަކުން ހަމައެކަނި ކުރާނެ މަސައްކަތަކީ ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމާއި،ކޯޓުން ކޮންމެހެން ނެރެންޖެހޭ (މީގެ ތެރޭގައި، ގެވެށި އަނިޔާއާ ގުޅޭ އަމުރުތައް ހިމެނޭ ގޮތުން) އަވަސް އަމުރުތައް ނެރުމުގެ ކަންކަން ކުރުމެވެ.

-ޢުމުރުން 55 އަހަރުވެފައިވާ ނުވަތަ ރިސްކް ކެޓަގަރީއެއްގައި ހިމެނޭ ފަނޑިޔާރުން، ޖުޑީޝަލް ސަރވިސް ކޮމިޝަންއިން އަންގާ ގޮތެއްގެމަތިން، ގޭގައި މަސައްކަތްކުރުމުގެ ކަންކަން ހަމަޖައްސަންވާނެއެވެ.

ސުޕްރީމް ކޯޓުން އިތުރަށް ބުނެފައިވަނީ މިއިރުޝާދާ އެއްގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަންދެން ކަމަށް މިސަރކިޔުލަރ ގައި ބުނެފައިވެ އެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު