Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސް ޔާމީން/ މަނީ ލޯންޑަރިންގ

ރައީސް ޔާމީން މާދަމާ ފުލުސް އޮފީހަށް ހާޒިރުކުރަނީ!

16 މާރިޗު 2020 | ހޯމަ 15:41

ކޮރޯނާވައިރަސް ރާއްޖެއިން ފެނުމާ ގުޅިގެން، ތަހުގީގު އިދާރާއަށް ރައީސް ޔާމީން ހާޒިރު ކުރައްވާނީ ޖަމީލު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 މާރިޗު 2020 | ހޯމަ 15:41
މީގެކުރިން ހާޒިރުކުރި ތަހުގީގަކަށް ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލު ޖަމީލާއެކު ފުލުސް އޮފީހުގައި

މީގެކުރިން ހާޒިރުކުރި ތަހުގީގަކަށް ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލު ޖަމީލާއެކު ފުލުސް އޮފީހުގައި

ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ އެހެން މައްސަލައެއްގެ ތަހުގީގަށް އަންގާރަ ދުވަހު ފުލުސް އޮފީހަށް ހާޒިރުކުރާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީން މާދަމާ 1:30 އަށް ފުލުހަށް ހާޒިރުވާން އެންގާފައިވާ ކަމަށެވެ. އެކަން ހާމަކުރައްވާ ޖަމީލު ވަނީ ތިން ސުވާލެއް އުފައްދަވާފަ އެވެ.

Advertisement - newsAdvertisement

ޖަމީލު ކުރެއްވި ފުރަތަމަ ސުވާލުގައި ވަނީ، ރައްޔިތުން ކޮވިޑް-19 އިން ރައްކާތެރިވާން އަންގާފައިވާއިރު، މިއީ ކިހާ ވަރެއްގެ ރައްކާތެރިކަމާ އެކު ކުރާ ކަމެއްތޯ، ސުވާލު އުފައްދަވާފަ އެވެ. އަދި ޑޮކްޓަރުން ރާއްޖެ ލޮކްޑައުންކުރަން ގޮވާލަމުންދާއިރު، މިއީ ކިހާ ޒިންމާދާރުކަމެއްތޯ، އޭ ވިދާޅުވެ ވަނީ ދެވަނަ ސުވާލު އުފައްދަވާފަ އެވެ. އަދި ތިންވަނަ ސުވާލެއްގެ ގޮތުން، ރައީސް ޔާމީނަކީ ކަސްޓަޑީގައި ހުންނެވި ބޭފުޅަކަށްވާއިރު، ކޮންމެ ވަގުތެއްގައިވެސް ސުވާލުކުރެވިދާނެ ކަމަށާއި އެހެންވީއިރު، ކޮން ކަމެއްތޯ މިހާ ބޮޑަށް ކުއްލިއަކަށް ހާސިލްކުރަންޖެހިގެން މި އުޅެނީ އޭ ވިދާޅުވެ ސުވާލު އުފައްދަވާފައި ވެއެވެ.

މީގެއިތުރުން ޖަމީލު ވަނީ މިކަމުގެ ސިއްރަކީ ކޮބާތޯއޭ ވެސް ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ.

ނިމިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުވެސް ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ދެ މައްސަލައެއްގެ ތަހުގީގަށް ފުލުހުން އޮފީހަށް ހާޒިރުކުރައްވާފައިވާ ކަމަށް ވެއެވެ. އަދި މިމަހުގެ ފަސް ވަނަ ދުވަހު ހައިކޯޓުގައި ބޭއްވި އަޑުއެހުމަށްފަހު ވެސް ފުލުސް އޮފީހަށް ހާޒިރުކުރިކަމުގެ އަޑުއަތެއް ފެތުރުނެވެ.

އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނާއި ހަވާލާދެއްވައި ބައެއް މީޑިއާތަކުގައި ބުނެފައިވަނީ ރައީސް ޔާމީން ގަޑިޔެއްހާއިރަށް ގެޔަށް ބަދަލުކޮށްފައިވާކަމަށާއި، ބަދަލުކުރީ އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ކަމަށް ވެއެވެ.

މީގެއިތުރުން، މިމަހުގެ 8 ވަނަ ދުވަހު ވެސް ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގަވާފައި ވެއެވެ. ނަމަވެސް އެދުވަހު ރައީސް ޔާމީންގެ ތަހުގީގު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްއަށް މިމަހުގެ 7 ވަނަ ދުވަހު މިވަނީ ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކުރާ ދެ ބިދޭސީއެއް ޕޮޒިޓިވް ވެފަ އެވެ. އެކަމާ ގުޅުވައިގެން މިމަހުގެ 8 ވަނަ ދުވަހު ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރާތީ، އެދުވަހު ވެސް ޖަމީލު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ރައީސް ޔާމީންއާ ގުޅޭގޮތުން މިހާރު ތަހުގީގު ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވުމާއި ރިޝްވަތާއި، މަނީ ލޯންޑަރކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގައި ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފަ އެވެ.

ފުލުހުން ބުނީ ޔާމިނު ފުލުހަށް ހާޒިރުކޮށްފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓުއަރިސްޓް ރިސޯޓް ތަރައްޤީ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަޅުތަކާއި ރަށްތައް ކޮރަޕްޝަންގެ އަމަލު ހިމެނޭގޮތަށް އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްފަހު، އެރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 77,504,912.00 (ހަތްދިހަ ހަތްމިލިއަން ފަސްލައްކަ ހަތަރުހާސް ނުވަސަތޭކަ ބާރަ ޑޮލަރު) އަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރުން ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީ އަށް 220,704,546 ރުފިޔާ (ދުއިސައްތަ ވިހި މިލިޔަން ހަތްލައްކަ ހަތަރުހާސް ފަސްސަތޭކަ ސާޅީސް ހަ ރުފިޔާ) ހޯދުމަށްފަހު އެފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑަރ ކޮށްފައިވާ ކަމަށް އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަގައި ކަމަށެވެ.

ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް އެމްއެމްޕީއާރްސީ އިން އަމިއްލަ ފަރާތްތަކަށާއި، ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1,900,000 ރުފިޔާ (އެއްމިލިއަން ނުވަލައްކަ ރުފިޔާ) ދޫކޮށް، އެފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވެސް ހިމެނެއެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މަނީ ލޯންޑަރިންގ ކުށް ސާބިތުވެ، މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެމައްސަލަ މިހާރު އޮތީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ހައިކޯޓުގައި އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ދަނީ ކުރިއަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް