Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އައްފާލް

ސިއްހީ ފަންނުވެރިން ދަރުމަވެރިންގެ ގޮތުގައި ނުކުތުމަށް ގޮވާލައްވައިފި

16 މާރިޗު 2020 | ހޯމަ 07:54

ވައިރަސް ނައްތާލުމަށް ގައުމީ ފެންވަރުގައި ދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 16 މާރިޗު 2020 | ހޯމަ 07:54
އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އައްފާލް

އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އައްފާލް

ގައުމުގައި ފުރަތަމަ ފަހަރަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނު ކޮށްފައިވާ މި ދަނޑިވަޅުގައި ސިއްހީ ފަންނުވެރިން ދަރުމަވެރިންގެ ގޮތުގައި ނުކުތުމަށް އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އައްފާލް ގޮވާލައްވައިފިއެވެ.

ރާއްޖެޓީވީން ކުރިއަށް ގެންދާ ކޮވިޑް-19ގެ ލައިވް ކަވަރޭޖްގައި އައްފާލް ވިދާޅުވީ ވަރަށް ގިނަ ސިއްހީ ފަންނުވެރިން ވަޒީފާ އަދާ ނުކޮށް އެކި ސަބަބުތަކަށްޓަކައި ގޭގައި ތިބޭ ކަމަށާއި، ގައުމުގައި ފުރަތަމަ ފަހަރަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނު ކޮށްފައިވާ މިދަނޑިވަޅުގައި އެފަދަ ފަރާތްތަކުން ދަރުމަވެރިންގެ ގޮތުގައި ނުކުތުން ވަރަށް މުހިންމު ކަމަށެވެ.

Advertisement - newsAdvertisement

އައްފާލް ވިދާޅުވީ ކޮވިޑް-19 ފެތުރިގެންދާއިރު ވައިރަސް ނައްތާލުމަށް ގައުމީ ފެންވަރުގައި މަސައްކަތްތަކުގައި އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށާއި، ބަލި ކޮންޓްރޯލް ކުރުމުގައި ހުރިހާ ރައްޔިތުން ވެސް ފަރުދީ ޒިންމާ ނެގުން މުހިންމު ކަމަށެވެ.

އައްފާލް ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ޚާއްސަ އިސްކަމެއްދީގެން އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުން ނިންމާ ނިންމުންތަކުގެ އިތުރުން އާންމުން ކުރާ މަސައްކަތްތަކުގައި އެފަރާތްތަކުން ބޭނުންވާ ފަންނީ ލަފާ ވެސް ދެމުންދާ ކަމަށެވެ.

މިވައިރަސް އިތުރަށް ނުފެތުރުމަކީ އުންމީދުކަން ފާހަގަކުރައްވައި އައްފާލް ވިދާޅުވީ ނަމަވެސް މިހާރު މަސައްކަތް ކުރަނީ ތައްޔާރީ ހަލުގައި ތިބުމަށް ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ދަށުން އޮންލައިން ފްލޫ ކްލިނިކެއް ވަނީ މިމަހުގެ 14 ވަނަ ދުވަހު ހުޅުވާފައެވެ. އޮންލައިންކޮށް ފްލޫ ކްލިނިކްގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ހެނދުނު 8:00 ން ރޭގަނޑު 8:00 އަށް އެޕޮއިންޓްމެންޓް ހެއްދޭއިރު، މި ޚިދުމަތް އެހޮސްޕިޓަލުން ފޯރުކޮށްދެނީ ހިލޭއެވެ.

އަރިދަފުސް ރޯގާ އާއި ހުމުގެ އެއްވެސް އަލާމާތެއް ހުރި މީހެއް ނަމަ ނުވަތަ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އައި ފަހުން ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ އޮންލައިން ފްލޫ ކްލިނިކަށް ދެއްކޭނެ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް