Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮރޯނާވައިރަސް (ކޮވިޑް-19)

ވެލެންސިއާ ފަސް ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

ފަސް ކުޅުންތެރިންގެ އިތުރަށް އެޓީމުގެ ބައެއް ސްޓާފުންވެސް ވަނީ މި ވައިރހަށް ޕޮޒޓިވްވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 މާރިޗު 2020 | އާދީއްތަ 15:31
ވައިރަހަށް ޕޮޒޓިވްވު ވެލެންސިއާގެ ޑިފެންޑަރު އެޒެކުއެލް ގަރާއި

ވައިރަހަށް ޕޮޒޓިވްވު ވެލެންސިއާގެ ޑިފެންޑަރު އެޒެކުއެލް ގަރާއި

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ވެލެންސިއާގެ ފަސް ކުޅުންތެރިއަކު ޕޮޒިޓިވްވެއްޖެ އެވެ.

ސްޕެނިޝް ލީގުން އެންމެ ފުރަތަމަ މި ވައިރަހަށް ޕޮޒޓިވްވެގެން ރިޕޯޓުކޮށްފައިވަނީ އެޓީމުގެ ޑިފެންޑަރު އެޒެކުއެލް ގަރާއި އެވެ. އޭގެ ފަހުން އެޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު މި ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން ކުޅުންތެރިންނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ފަސް ކުޅުންތެރިންގެ އިތުރުން އެޓީމުގެ ބައެއް ސްޓާފުންވެސް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.

ވެލެންސިއާގެ ފަސް ކުޅުންތެރިއަކު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު، ސްޕެނިޝް ލީގުގެ މެޗުތައް މިހާރު ވަނީ މެދުކަނޑާލާފައެވެ. ސްޕެނިޝް ލީގު މެދުކަނޑާލިއިރު، ރެއާލް މެޑްރިޑްގެ ބާސްކެޓްބޯޅަ ކުޅުންތެރިއަކު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވުމުން، ރެއާލްގެ ފުޓްބޯޅަ ޓީމުވެސް މިހާރު ވަނީ ކަރަންޓީނު ކޮށްފައެވެ.

ސްޕެއިނުން މިހާތަނަށް 7،753 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، 291 މީހުން ވަނީ މިބަލީގައި މިހާތަނަށް މަރުވެފައެވެ.

ވެލެންސިއާގެ ފަސް ކުޅުންތެރިންގެ އިތުރުން އިޓާލިއަން ލީގުގެ ގިނަ ކުޅުންތެރިންތަކެއްވެސް މިހާތު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެއީ ފިއޮރެންޓީނާގެ ފޯވާޑް ޕެޓްރިކް ކުޓްރޯން އާއި ޑިފެންޑަރު ޖާމަން ޕެޒެއްލާ އާއި ފޯވާޑް ޑޫޝަން ވްލާހޮވިޗް ގެ އިތުރުން ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއެލް ރުގާނީ އާއި ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ އެވެ. އަދި ސަމްޕްޑޯރިއާގެ އިތުރު ކުޅުންތެރިންތަކެއްވެސް މި ވައިރަހަށް ޕޮޒިޓިވްވެފައއިވާ ކަމަށް އެޓީމުން ވަނީ ބުނެފައެވެ. އެކަމަކު އެއީ ކޮން ކުޅުންތެރިންނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އިންގްލެންޑުން މިހާތަނަށް މި ވައިރަސް ޖެހިފައިވަނީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި އަށެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް
21 ފެބުރުއަރީ 2017

މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި

21 ފެބުރުއަރީ 2017
މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
16 ފެބުރުއަރީ 2017

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި
13 ފެބުރުއަރީ 2017

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު