ޖުމްހޫރީ މައިދާނުން ފެނުނު ރަތް ފޮށީގައި ނުރައްކައުތެރި އެއްޗެއް ނެތް: އެމްއެންޑީއެފް
11 މާރިޗު 2020 | ބުދަ 08:40ފޮށިފެނިފައިވަނީ ބުދަ ދުވަހު ހެނދުނު

އަޒްލިފާ އަބްދުﷲ | 11 މާރިޗު 2020 | ބުދަ 08:40

ޖުމްހޫރީ މައިދާން ސަރަހައްދުން ފެނުނު ކަޅުފޮށި
ޖުމްހޫރީ މައިދާނުން ފެނުނު ފޮށީގައި އެއްވެސް ނުރައްކާތެރި އެއްޗެއް ނެތް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ބުދަ ދުވަހު ހެނދުނު ޖުމްހޫރީ މައިދާން ސަރަހައްދުން ޝައްކު ކުރެވޭ ފަދަ ރަތް ކުލައިގެ ފޮއްޓެއް ފެނުމާއި ގުޅިގެން އެމްއެންޑީއެފްގެ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ޓީމް އިން ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
ބަލާ ފާސްކުރި ކުރުމުން އެ ފޮށިން އެއްވެސް ނުރައްކާތެރި އެއްޗެއް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެ ފޮށި ބަލާ ފާސްކުރިއިރު އެ ފޮށީގައި ހުރީ ކޮން އެއްޗެއް ކަމެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.






