Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫދާން

ޓެރަރިސްޓު ޙަމަލާއަކުން ސޫދާންގެ ބޮޑުވަޒީރު ސަލާމަތްވެވަޑައިގެންފި

ގޮވާތަކެތީގެ ޙަމަލާއެއްގެ އިތުރުން، ބަޑީގެ ޙަމަލާތަކެއް ވަނީ އަމާޒުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 މާރިޗު 2020 | ހޯމަ 14:02
ސޫދާންގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޮކް

ސޫދާންގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޮކް

ޓެރަރިސްޓު ޙަމަލާއަކުން ސޫދާންގެ ބޮޑުވަޒީރު ޢަބްދުﷲ ހަމްދޮކް ސަލާމަތްވެވަޑައިގެންފިއެވެ.

ހޯމަ ދުވަހު ދިން މި ޙަމަލާއާ ގުޅޭގޮތުން ސޫދާންގެ ދަޢުލަތުގެ މީޑިއާއާ ޙަވާލާދީ ބައިނަލްއަޤުވާމީ ރިޕޯޓުތައް ބުނާގޮތުން، ޙަމަލާ ދީފައިވަނީ އެމަނިކުފާނު އިންނެވި މޮޓޯކޭޑަށް ޢަމާޒުކޮށެވެ. އެގޮތުން މޮޓޯކޭޑަށް ޢަމާޒުކޮށް ގޮވާތަކެތީގެ ޙަމަލާއެއްގެ އިތުރުން، ބަޑީގެ ޙަމަލާތަކެއް ވަނީ ޢަމާޒުކޮށްފައެވެ.

ވެރިރަށް ޚަރުތޫމުގައި ހިނގި މި ޙާދިސާގައި ބޮޑުވަޒީރު ޢަބްދުﷲ ހަމްދޮކްއަށް އެއްވެސް ހާނިއްކައެއް ނުވެއެވެ. އެ ޙަމަލާއަށް ފަހު، އެމަނިކުފާނު ވަނީ މޭޒުކޮޅުދޮށުގައި ހިނިތުންވެވަޑައިގެން އިންނެވި ފޮޓޮއެއް ޓްވިޓަރގައި ހިއްސާކުރައްވައި، ޙާލުކޮޅު ރަނގަޅުކަން ބަޔާން ކުރައްވާފައެވެ. އޭރު މޭޒުކޮޅު ފަހަތުގައި އެމަނިކުފާނަށް ޙަމަލާދިންކަމަށް ބުނާ ޚަބަރު ޓީވީން ދިޔައީ ވަގުތުން ދައްކަމުންނެވެ.

ނަމަވެސް މި ޙަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ އޮފިސަރަކަށް ކޮންމެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާއިރު، ބޭރުގެ ޚަބަރުތައް ބުނާގޮތުން ޙަމަލާދިން ވަގުތު ބޮޑުވަޒީރު ދަތުރު ކުރައްވަމުން ގެންދެވީ ރަސްމީ އޮފީހަށް ވަޑައިގަތުމަށެވެ.

މި ޙަމަލާގެ ޒިންމާ އެއްވެސް ބަޔަކު އަދި މިހާތަނަށް އުފުލާފައެއް ނުވެއެވެ.

ބޮޑުވަޒީރަށް ޢަމާޒުކޮށް މި ޙަމަލާދީފައިވާއިރު، މީގެ 2 މަހެއްހާ ކުރިން ސޫދާންގެ ވެރިރަށް ޚަރްތޫމް ސިޓީގައި ގްރެނޭޑެއް ގޮއްވާލައިގެން ދިން ޙަަމަލާއެއްގައި ހަތް މީހުން ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

ޓެރަރިސްޓުންގެ ބިރާހެދި ޔޫރަޕަށް ދަތުރުކުރާ އެމެރިކާ ރައްޔިތުންނަށް އިންޒާރެއް

02 މެއި 2017
ޓެރަރިސްޓުންގެ ބިރާހެދި ޔޫރަޕަށް ދަތުރުކުރާ އެމެރިކާ ރައްޔިތުންނަށް އިންޒާރެއް
22 އެޕްރީލު 2017

އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން

22 އެޕްރީލު 2017
އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު