Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ކޮވިޑް-19 އާގުޅިގެން ކަންބޮޑުނުވެ ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއެއްގޮތަށް އަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

މިހާތަނަށް ރާއްޖެއިން 2 މީހަކު ވަނީ މިވައިރަސްއަށް ޕޮޒިޓިވްވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 މާރިޗު 2020 | އާދީއްތަ 13:46
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހި

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން މިދަނީ ކުރަމުންކަމަށާއި، ހާސްކަމާއި ކަންބޮޑުވުމުގެ ތެރެއަށް ރައްޔިތުން ނުދިޔުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު އިލްތިމާސްކުރައްވައިފި އެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަގުތު ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއަށް ނުގޮސް ޑޮކްޓަރުންނާއި އެޗްޕީއޭގެ ލަފަޔާއި އިރުޝާދަށް ޢަމަލުކުރަމުން ގެންދިޔުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މިހާތަނަށް އާއިރު ރާއްޖެއިން ކޮވިޑް-19 އަށް 2 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެއާއެކު ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ، ހޭލުންތެރިވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި, ހުންއައިސް ކެއްސާ، ރޯގާގެ އެއްވެސް އަލާމާތެއް ފެންނަނަމަ ގޭގައި މަޑުކުރުމަށްފަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޤާއިމުކޮށްފައިވާ ހޮޓްލައިން ނަންބަރު 1676 އަށް ގުޅާ އެ މަޢުލޫމާތު ހިއްސާ ކުރުމަށް އެޗްޕީއޭ އިންނާއި ހެލްތު މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، ދެ ގައުމަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފައެވެ. އެއީ ޗައިނާ އަދި އިޓަލީއެވެ. އޭގެ އިތުރުން ދެކުނު ކޮރެއާގައި މި ބަލި އެންމެ ގަދައަށް ފެތުރެމުން އަންނަ ދެ ސަރަހައްދަކުންވެސް ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފައެވެ.

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2017

އިދިކޮޅު ފަރާތްތަކުގެ ބަޔާނުން ޕީޕީއެމްގެ ނަން އުނި ނުކޮށްފިނަމަ ފިޔަވަޅު އަޅާނަން: ޕީޕީއެމް

12 ސެޕްޓެމްބަރު 2017
އިދިކޮޅު ފަރާތްތަކުގެ ބަޔާނުން ޕީޕީއެމްގެ ނަން އުނި ނުކޮށްފިނަމަ ފިޔަވަޅު އަޅާނަން: ޕީޕީއެމް
17 އޯގަސްޓު 2017

ބައެއް ފަރާތްތަކުގެ ވާހަކައިން ތަރައްގީގެ ދެވަނަ ބަހަކީ ކޮރަޕްޝަންހެން ހީވޭ: ޝިދާތާ

17 އޯގަސްޓު 2017
ބައެއް ފަރާތްތަކުގެ ވާހަކައިން ތަރައްގީގެ ދެވަނަ ބަހަކީ ކޮރަޕްޝަންހެން ހީވޭ: ޝިދާތާ
14 އޯގަސްޓު 2017

އިދިކޮޅު ފަރާތްތަކުގެ ޖަލްސާ ބޭއްވުމަށް ކުނޫޒް ހުންނަ މަގު ބަންދު ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ

14 އޯގަސްޓު 2017
އިދިކޮޅު ފަރާތްތަކުގެ ޖަލްސާ ބޭއްވުމަށް ކުނޫޒް ހުންނަ މަގު ބަންދު ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ
08 ޖުލައި 2017

ޕީޕީއެމްގެ "ހިނި އަންނަނީ" ހަރާކާތުން އިދިކޮޅު ފަރާތްތަކުގެ ގާތަށް އައީ ހިނި!

08 ޖުލައި 2017
ޕީޕީއެމްގެ "ހިނި އަންނަނީ" ހަރާކާތުން އިދިކޮޅު ފަރާތްތަކުގެ ގާތަށް އައީ ހިނި!
04 ޖުލައި 2017

ފާރިސް ހައްޔަރުކޮށްފިއްޔާ އިދިކޮޅު ފަރާތްތަކުގެ ލިސްޓަށް މަޖިލީހުގެ 5 މެންބަރުން އިތުރުވާނެ: މުސްތަފާ

04 ޖުލައި 2017
ފާރިސް ހައްޔަރުކޮށްފިއްޔާ އިދިކޮޅު ފަރާތްތަކުގެ ލިސްޓަށް މަޖިލީހުގެ 5 މެންބަރުން އިތުރުވާނެ: މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު