Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަމަދޫ ބައި-އިލެކްޝަން

ބައެއް ފަރާތްތަކުގެ ވާހަކައިން ތަރައްގީގެ ދެވަނަ ބަހަކީ ކޮރަޕްޝަންހެން ހީވޭ: ޝިދާތާ

ރައްޔިތުން ބޭނުންވަނީ ފަސޭހައިން ހިދުމަތްތައް ލިބުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 17 އޯގަސްޓު 2017 | ބުރާސްފަތި 20:54
އަދާލަތު ޕާޓީގެ ފޮރިންގ ރިލޭޝަން ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފު

އަދާލަތު ޕާޓީގެ ފޮރިންގ ރިލޭޝަން ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފު

ބައެއް ފަރާތްތަކުގެ ވާހަކައިން ތަަރައްގީގެ ދެވަނަ ބަހަކީ ކޮރަޕްޝަން ނުވަތަ ވައްކަން ކުރުން ކަަމުގައިވެސް ހީވާ ކަމަށް އަދާލަތު ޕާޓީގެ ފޮރިންގ ރިލޭޝަން ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.

ބ. ކަމަދޫ ބައި އިލެކްޝަންގެ ކެމްޕޭންގެ ތެރެއިން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ، އެފަދަ ތަރައްގީއަކީ ރައްޔިތުން ދަންނަ ތަރައްގީއެއް ނޫން ކަމަށާއި އަސްލު ހަގީގީ ތަރައްގީއަކީ މީހުންނާއި ފިކުރާއި އަދި ލިބޭ ހިދުމަތްތަކުން ފެންނަންޖެހޭނެ ތަރައްގީ ކަމަށެވެ. ލިބޭ ހިދުމަތްތަކަކީ ގާތުން ފަސޭހަކަމާ އެކު ލިބެން ހުންނަ ހިދުމަތްތަކަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ ތަރައްގީއެއް ހޯދުމަކީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ތަަރައްގީ ކަމަށް ޝިދާތާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

"ތިމަންނާމެންގެ ކުލަޔާ ގުޅިފައިމިވާ، ތަރައްގީގެ ދެވަނަ ބަހަކީ ވައްކަން ކުރުންބާއޭ. ނޫނީ އޭގެ އަނެއް މާނައަކީ ކޮރަޕްޝަންބާއޭ. ތަަރައްގީގެ އަނެއް މާނައަކި، އެފައިސާ މިފައިސާ، ވާނުވާ ނޭންގިގެން އުޅޭ ފައިސާބައޭ. އެޔެއް ނޫން ތަަރައްގީ އަކީ." ޝިދާތާ ވިދާޅުވި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިސްވެކުރަމުންދާ މަސައްކަތަކީވެސް އެފަދަ ތަަރައްގީއެއް ރައްޔިތުންނަށް ހާސިލްވާނެ ހިސާބަކަށް ގައުމު ގެންދިއުން ކަމަށް ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ، އިސްލާހީ މަސައްކަތުގެ ތެެރެއިން އެންމެ ބޮޑު އިސްކަމެއްދެނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ކަމަށާއި ރައްޔިތުންގެ އަޑު އަހާ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާފަދަ ގޮތްތަކެއް ހޯދާ ދިނުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އަމާޒުކަމަށެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުންނަށް ކަންކަން ކުރެވޭނީ ބާރުދައްކައިގެން ކަމަށް ގަބޫލުކުރާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު