Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމް

ކެމްޕެއިންގައި ސްކޫލް ކުދިން ބައިވެރިކުރި މައްސަލަ ކަމާބެހޭ ހުރިހާ އިދާރާތަކަށް!

ޔުނިފޯމުގައި ސްކޫލް ކުދިން ބައިވެރިވި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 12 މާރިޗު 2017 | އާދީއްތަ 19:23
އިހަވަންދޫ ޕީޕީއެމް ޖަހަ ހުޅުވުމަށް ބޭއްވި ރައްމިއްޔަތުގައި ސްކޫލް ކުދިން

އިހަވަންދޫ ޕީޕީއެމް ޖަހަ ހުޅުވުމަށް ބޭއްވި ރައްމިއްޔަތުގައި ސްކޫލް ކުދިން

ހއ. އިހަވަންދޫ ޕީޕީއެމްގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޔުނިފޯމްގައި ސުކޫލް ކުދިން ބައިވެރިކުރި މައްސަލަ އެމްޑީޕީން ކަމާބެހޭ ހުރިހާ އިދާރާތަކަށް ހުށަހަޅައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް، އިހަވަންދޫ ޕީޕީއެމްގެ ޖަގަހަ ހުޅުއްވައިދެއްވިއިރު، ސްކޫލް ޔުނީފޯމްގައި ކުދިން ވަނީ ބައިވެރިކޮށްފަ އެވެ. އަދި ރަސްމިޔާތުގެ އެކި ހުށައެޅުންތައްވެސް ހުށައަޅައިދިނީ ވެސް ސްކޫލް ކުދިންނެވެ.

އެމްޑީޕީން ވަނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށާއި، އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް) އަށް ހުށަހަޅާފަ އެވެ.

އިހަވަންދޫ ސްކޫލްގެ ބައެއް ބެލިނިވެރިން ބުނި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފާތުމަތަށް މަރުހަބާ ކިޔުމަށް ޖެޓީ ސަރަހައްދަށް އެއްވުމަށްވެސް ބައެއް ސުކޫލް ކުދިންނަށް މަޖުބޫރުކުރުވި ކަމަށެވެ. އަދި ޕީޕީއެމްގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއެކުގައި ބައިވެރިވުމަށްވެސް ބައެއް ކުދިންނަށް އެންގި ކަމަށް ވެސް ބެލެވެރިން ބުނެ އެވެ.

ޤާނޫނުތައް ބުނާގޮތުން ސިޔާސީ ހަރަކާތްތަކުގައި ސުކޫލް ކުދިން އަދި ކުޑަކުދިން ބައިވެރިކުރުމަކީ ކުށެކެވެ. އަދި އެފަދަ މައްސަލަ ބަލައި، ފިޔަވަޅު އަޅަންޖެހޭނެކަމަށްވެސް ޤާނޫނުތަކުގައި ބުނެފައިވެއެވެ. ޤާނޫނުތަކުގައި، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވާ ސިޔާސީ ހަރަކާތްތަކުގައި ސުކޫލްކުދިން ބައިވެރިކުރެވޭނެކަމުގެ އެއްވެސް އިސްތިސްނާއެއްދީފައެއް ނުވެއެވެ.

ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރިކުރުވާ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވީ ނަމަވެސް މީގެ ކުރިން މިފަދަ މައްސަލަތައް ހަލުއިކަމާއެކު ބަލާ މުއައްސަސާތަކުން މިހާރު މިކަންކަމަށް އަޅާނުލާ ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.

އެގޮތުން ޕީޕީއެމްގެ ޖަލްސާއެއްގައި ކުޑަކުދިން ބައިވެރިކުރި މައްސަލައެއް މީގެ ކުރިން ވެސް އެޗްއާރްސީއެމް އަށް ހުށަހެޅި އެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އެ މައްސަލަ ބަލައި އެ ކޮމިޝަނުން ނިންމާފައެއް ނުވެ އެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު