Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެލިސަން ބެކާ

އަނިޔާގެ ސަބަބުން އެލިސަންއަށް ދެ މެޗެއް ގެއްލޭނެ: ކްލޮޕް

7 މާރިޗު 2020 | ހޮނިހިރު 06:33

އެލިސަންއަށް އަނިޔާވީ ލިވަޕޫލްގެ ފަރިތަކުރުންތަކުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 މާރިޗު 2020 | ހޮނިހިރު 06:33
ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ

ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ

ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާގެ އުނަގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން، ކުރިއަށް އޮތް ދެ މެޗުގައި އޭނާ ނުކުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އެލިސަންއަށް އަނިޔާވެފައިވަނީ އެފްއޭ ކަޕްގައި މި މަހުގެ ހަތަރުވަނަ ދުވަހު ޗެލްސީއާ ދެކޮޅަށް ލިވަޕޫލުން ނުކުތް މެޗުގެ ކުރިން، އެޓީމުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. މި އަނިޔާއާ ގުޅިގެން އެފްއޭ ކަޕްގައި ޗެލްސީ އަތުން 2-0 އިން ލިވަޕޫލް ބަލިވި މެޗުގައި ލިވަޕޫލްގެ ގޯލް ބަލަހައްޓާފައިވަނީ އެޑްރިއަން އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އެލިސަންގެ އަނިޔާ ސީރިއަސް ނޫން ނަމަވެސް، މި ހަފުތާގައި ލިވަޕޫލުން ކުޅެން އޮތް ދެ މެޗުގައި އޭނާއަށް ނުކުޅެވޭނެ ކަމަށެވެ. އެހެންކަމުން އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ހަވީރު ބޯންމަތާ ދެކޮޅަށް ކުޅޭ މެޗާއި ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ ދެވަނަ ލެގުގެ މެޗުގައި އޭނާއަށް ނުކުޅެވޭނެ އެވެ.

ލިވަޕޫލްގެ ގޯލްކީޕަރު އެލިސަންއަށް އަނިޔާވިއިރު، އެޓީމުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފައެވެ. ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގައި 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިވިއިރު، އެފްއޭ ކަޕުން ލިވަޕޫލް ވަނީ ކަޓާފައެވެ. އަދި މެޗަކުން ބަލިނުވެ އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދަން މަސައްކަތް ކުރަމުން އައި ލިވަޕޫލްގެ ސިލްސިއާއަށް މިދިޔަ ހަފުތާގައި ވަޓްފޯޑުން ވަނީ ނިމުން ގެނެސްފައެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ

13 މާރިޗު 2017
ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ
10 މާރިޗު 2017

މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން

10 މާރިޗު 2017
މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން
07 މާރިޗު 2017

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް