Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް މައުމޫން

އަޅުގަނޑަކީ ޕީޕީއެމްގެ މެމްބަރެއް، ޕާޓީން ވައްކެތް ނުކުރެވޭނެ: ރައީސް މައުމޫން

ޕާޓީގެ މެމްބަރުން ވަކިކުރެވެން އޮންނާނީ ފަސް ގޮތް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 27 މާރިޗު 2017 | ހޯމަ 00:54
 ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ މެންބަރުކަމުން އެމަނިކުފާނު ވަކިނުކުރެއްވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން މައުމޫން ވިދާޅުވީ ރައީސް ޔާމީންގެ ފެކްޝަންގެ ކައުންސިލް ބައްދަލުވުމުން، އެމަނިކުފާން ވަކިކޮށްފައި ވަނީ އެޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެމަނިކުފާން އަދިވެސް އެ ހުންނެވީ ޕީޕީއެމްގެ އާންމު މެމްބަރުން ވޯޓުން ހޮއްވަވާފައިވާ ޕާޓީގެ ރައީސްގެ މަގާމުގައި ކަމަށް މައުމޫން ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އަޅުގަނޑު މި ހުރީ ޕީޕީއެމްގެ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑު ހުންނަނީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި، އަޅުގަނޑު ވައްކެތް ނުކުރެވޭނެ، އަޅުގަނޑު ވަކިކުރެވޭނެ ގޮތް ވަރަށް ރީތިކޮށް އޮންނާނެ ޕާޓީގެ އަސާސީ ގަވައިދުގައި ބަޔާންކޮށްފަ" ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގައިވައިދުގައި ބަޔާންކޮށްފައިވާ ގޮތުން އެމަނިކުފާނު ޕާޓީގެ މެމްބަރުން ވަކިކުރެވެން އޮންނާނީ ފަސް ގޮތެށް ކަމަށެވެ. އެއީ އެމަނިކުފާން ޕީޕީއެމްގެ ރައީސްގެ މަގާމުން އިސްތިއުފާން ދެއްވުމުންނާއި، އެމަނިކުފާން ދުނިޔެ ދޫކޮށް ދިއުމުންނާއި، އެޕާޓީގެ ރައީސްގެ މަގާމުގެ ފަސް އަހަރުގެ މުއްދަތު ހަމަވުމުންނާއި، ނުވަތަ އެމަނިކުފާން އެ މަގާމުން ވަކިކުރުމަށް އެޕާޓީގެ ގައުމީ ޖަލްސާއިން ނިންމުމުން ކަމަށް މައުމޫން ވިދާޅުވިއެވެ.

"އަޅުގަނޑު ވަކިކުރާކަން ގައުމީ ޖަލްސާއަކުން ފާސްކޮށްފައި ނެތް ، އަދި އަޅުގަނޑެށް އިސްތިއުފާއެއް ނުދެން، އަދި މަގާމުގެ މުއްދަތެއް ވެސް ހަމައެއް ނުވޭ، އެހެންވީމަ އަޅުގަނޑު ވަކިވުމުގެ އެއްވެސް ސަރުތެއް ހަމައެއް ނުވޭ" ރައީސް މައުމޫން ވިދާޅުވިއެވެ.

އާދިއްތަ ދުވަހު ބޭއްވި ރައީސް އަބްދުﷲ ޔާމީން ފެކްޝަނުގެ ޕީޕީއެމް ކައުންސިލް ބައްދަލުވުމުން މައުމޫން އެޕާޓީގެ ރައީސް ކަމުގެ މަގާމުން ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވައިދާއި ހިލާފަށް ކަމަށް ވުމުން އެމަނިކުފާނަކީ އަދިވެސް އެޕާޓީގެ އިންތިހާބީ ރައީސް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫންގެ އެއްބަފާ ކޮއްކޯފުޅު، ރައީސް ޔާމީން ރިޔާސަތުގައި އިންނެވި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމީ ރައީސް މައުމޫން ޕާޓީން ވަކިކުރުމަށެވެ.. އަދި މެންބަރުކަމުން ރައީސް މައުމޫން ވަކިކުރުމަށް އެ މައްސަލަ ސުލޫކީ ކޮމެޓީއަށް ފޮނުވާލުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު