Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ލާދީނިއްޔަތު ފަތުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ގަވާއިދަށް ނުފެތޭތީ ބަލައެއްނުގަތް

އަލީ އާޒިމް ވަނީ ނިޒާމީ މައްސަލަ ނަންގަވާ މިމައްސަލަ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ހުށަނޭޅޭނެކަމަށް ވިދާޅުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 މާރިޗު 2020 | ހޯމަ 08:48
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ލާދީނިއްޔަތު ފަތުރަން ބަޔަކު މަސައްކަތްކުރާތީ އެކަމާދެކޮޅަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީ ނޮޅިވަރަމް ދާއިރާގެ މެންބަރ މުޙައްމަދު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ޤަވާއިދަށް ނުފެތޭތީ އެމައްސަލަ ކުރިޔަށް ނުގެންދަން މަޖިލީހުގެ ރިޔާސަތުން ނިންމަވައިފި އެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ކުއްލި މައްސަލަ އެއް ހުށަހެޅިފައިވާކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެންބަރ އަލީ އާޒިމް ވަނީ ނިޒާމީ މައްސަލަ ނަންގަވާ މިމައްސަލަ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ހުށަނޭޅޭނެކަމަށް ވިދާޅުވެފަ އެވެ. އާޒިމް ވިދާޅުވީ މެންބަރު ނަޝީދު ހުށަހަޅުއްވާ ކުއްލި މައްސަލަ ބެއްލެވިއިރު މިކުއްލި މައްސަލަ ހުށަހެޅޭނެ އެއްވެސް ސަބަބެއް ކުއްލި މައްސަލައަކުން ނުފެނުނު ކަމަށެވެ.

އާޒިމް ނިޒާމީ މައްސަލަ ނަންގަވާ އެގޮތަށް ވިދާޅުވުމުން މަޖިލީހުގެ ރައީސް ވިދާޅުވީ ޢާންމުގޮތެއްގައި ކުރިޔަށް ގެންދަނީ މަޖިލީހަށް މައްސަލައެއް އައިސްފިނަމަ މެންބަރަކު އިއުތިރާޟު ނުކުރާނަމަ އެމަސައްކަތެއް ކުރިޔަށް ގެންދާ ގޮތައްކަމަށެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ ލީޑަރ މި މައްސަލަ ކުރިޔަށް ގެންދިޔުމަށް އިންކާރުކުރައްވާކަމަށް ނަޝީދު ވިދާޅުވި އެވެ. އެފަދަ ޙާލަތެއްގައި ލަފާ އަހަން ޖެހެނީ މަޖިލީހުގެ އިދާރާއިން، އަމީން އާންމާއި މަޖިލީހުގެ ކައުންސިލަރ ޖެނެރަލް އަރިހުން އާޒިމް ފާހަގަކުރައްވާފަދަ މައްސަލައެއް ނުވަތަ ނުކުތާއެއް ގަވާއިދުގައި ހިމެނޭތޯ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މިމައްސަލާގައި މެންބަރުން ޚިޔާލުފާޅުކުރައްވަމުން ގެންދެވިއިރު އިދިކޮޅު ޕީޕީއެމްގެ މެންބަރ ނައިފަރު ދާއިރާގެ މެންބަރ އަޙްމަދު ޝިޔާމް ނިޒާމީ މައްސަލައެއް ނަންގަވާ ވިދާޅުވީ ނޮޅިވަރަމް ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަކީ މަޖިލީހުން ބަލައިގަންނަންޖެހޭ ކުއްލި މައްސަލައެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ޤަވާއިދުގެ 170 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ ރައްޔިތުން ނުވަތަ ޤައުމުގެ މަޞްލަޙަތު ހިމެނިގެންވާ މުހިންމު ކަމެއް ކުއްލި މައްސަލައެއްގެ ގޮތުގައި ޖަލްސާއަކަށް ހުށަހެޅުމުގެ ފުރުޞަތު ކޮންމެ މެންބަރަކަށްވެސް ލިބިގެންދާނެ ކަންކަމަށް ޝިޔާމް ވިދާޅުވި އެވެ.

މިމައްސަލާގައި ގޮތެއް ނިންމަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިކަމުގައި ހަމައެކަނި ލަފައަކަށް އަހަން ޖެހެނީ މަޖިލީހުގެ އިދާރާގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 170 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ ރައްޔިތުންގެ ނުވަތަ ޤައުމުގެ މަޞްލަޙަތު ހިމެނިގެންވާ މުހިންމު ކަމެއް، ކުއްލިމައްސަލައެއްގެ ގޮތުގައި، ޖަލްސާއަކަށް ހުށަހެޅުމުގެ ފުރުޞަތު ކޮންމެ މެންބަރަކަށްވެސް ލިބިގެންވާކަމަށެވެ.

މިމާއްދާގެ ށ ގައި ބުނެފައިވަނީ މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ކުއްލި މައްސަލައަކީ، ރައްޔިތުންގެ ނުވަތަ ޤައުމުގެ މަޞްލަޙަތަށް ސީދާ އަސަރުކުރާފަދަ ބޮޑުކަމެއް ކުއްލިއަކަށް ދިމާވުމުން، އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، ސަރުކާރުން އެކަމާމެދު އަޅާފައިވާ ނުވަތަ އަޅާފައިނުވާ ފިޔަވަޅަކަށް ފާޑުކިއުމުގެ ގޮތުން، އަދި، މައްސަލަ ހުށަހެޅުމަށް މި ޤަވާއިދުގައި އޮންނަ އުޞޫލުން ހުށަހަޅައިފިނަމަ، އެކަމުގެ މުޢާލާތް ކެނޑިދާނެތީ، ނުވަތަ ވަގުތު ފާއިތުވެދާނެތީ، ހުށަހަޅާ މައްސަލައެކެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު