Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުންފަތް ކޮންޓްރޯލްކުރުން

ފައުންޑޭޝަން ފޯރ އަ ސްމޯކްފްރީ ވޯރލްޑް ގެ ޙަރަކާތްތަކާއިމެދު ސަމާލުވުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފި

ދުންފަތުގެ ސިނާޢަތުގެ މާލީ އެހީގައި މަސައްކަތް ކުރާ ޖަމްޢިއްޔާ އަކަށްވާތީ މި ޖަމްޢިއްޔާއާއެކު ބައިވެރިވާ އެހެން ފަރާތަކަށް ވިއަސް ދުންފަތް ކޮންޓްރޯލް ކުރުމުގެ އެއްވެސް ދައުރެއް އަދާ ނުކުރެވޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 މާރިޗު 2020 | އާދީއްތަ 15:36
ސްމޯކްފްރީ ވޯރލްޑްގެ ހަރަކާތްތައް ފުށުއަރާކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފައި

ސްމޯކްފްރީ ވޯރލްޑްގެ ހަރަކާތްތައް ފުށުއަރާކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފައި

"ފައުންޑޭޝަން ފޯރ އަ ސްމޯކް ފޮރ ވޯރލްޑް" އިން، ދުންފަތް ކޮންޓްރޯލް ކުރުމުގެ ނަމުގައި ބައެއް ޙަރަކާތްތައް ހިންގާފައިވާ ކަމާއި އަދި ހިންގުމަށް ރާވަމުން ދާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އެކަމާގުޅިގެން ހެލްތު މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އަމިއްލަ ބައެއް ފަރާތްތަކާއި، ކުންފުނިތަކާއި އަދި ސަރަޙައްދީ ބައެއް ޖަމާޢަތްތަކާ ގުޅިގެން، ދުންފަތް ކޮންޓްރޯލް ކުރުމުގެ ދިރާސާތައް ކުރުމުގެ ނަމުގައާއި، ސީ.އެސް.އާރު ޙަރަކާތްތަކުގެ ނަމުގައި އެޖަމާއަތުން ހަރަކާތްތައް ހިންގަމުންދާކަމަށެވެ.

ދުންފަތަކީ، ކޮންމެ ގޮތަކަށް ތައްޔާރުކޮށް ކޮންމެ ގޮތަކަށް އަދި ކޮންމެ މިންވަރަކަށް ބޭނުން ކުރި ނަމަވެސް އާއްމު ޞިއްޙަތު ރައްކާތެރި ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ނޫސްބަޔާނުގައި ބުނެފައިވެ އެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ބޮޑެތި ބަލިތަކަށް މީހާ ހުށަހެޅޭ މައިގަނޑު އެއް ސަބަބަށް ވާއިރު، ދުންފަތުގެ އެއް ބާވަތް އަނެއް ބާވަތަށްވުރެ ރައްކާތެރިކަމަށް ނުވަތަ ގެއްލުން ކުޑަކަމަށް ދެއްކުމަށް ދުންފަތުގެ ސިނާޢަތުންކުރާ މަސައްކަތަކީ ސައިންޓިފިކް ގޮތުން ސާބިތު ނުހިފޭ އަދި ދުންފަތުގެ ޙަޤީޤަތް އޮޅުވާލުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.

އ.ދ ގެ ޢާއްމު މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގައި، ދުންފަތުގެ ސިނާޢަތުގެ މަޤްޞަދުތަކާ ޙަރަކާތްތަކަކީ، އާއްމު ޞިއްހަތު ރައްކާތެރިކުރުމުގެ މަޤްޞަދުތަކާ މަޞްލަޙަތު ފުށު އަރާ ކަމެކެވެ. އަދި ހަމަ އެހެންމެ ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ގޮތުގައި، "ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ" ގެ 5.3 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބަލާއިރު، އެ ސިނާޢަތުގެ މަޤްޞަދުތަކާ މަސްލަޙަތު ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމްޢިއްޔާ "ފައުންޑޭޝަން ފޮރ އަ ސްމޯކް ފްރީ ވޯރލްޑް" އަކީ ދުންފަތުގެ ސިނާޢަތުގެ މާލީ އެހީގައި މަސައްކަތް ކުރާ ޖަމްޢިއްޔާ އަކަށްވާތީ، މި ޖަމްޢިއްޔާއާއެކު ބައިވެރިވާ އެހެން ފަރާތަކަށް ވިއަސް ދުންފަތް ކޮންޓްރޯލް ކުރުމުގެ އެއްވެސް ދައުރެއް އަދާ ނުކުރެވޭނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. މި ޖަމްޢިއްޔާގެ މާލީ އަދި ފަންނީ ވަޞީލަތްތައް ބޭނުން ކޮށްގެން ނުވަތަ މި ޖަމްޢިއްޔާގެ ބައިވެރިވުމާއެކު، ދިވެހިރާއްޖެ އަކީ މުޢާހަދާގެ މެމްބަރު ޤައުމެއް ކަމުން މިފަދަ އެއްވެސް ޙަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވެ އެއްބާރުލުން ދީގެން ނުވާނެކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި އެ ފައުންޑޭޝަނުން ހިންގާ ޙަރަކާތްތަކަކީ، ސަރުކާރުން އެކަމާ ކަންބޮޑުވާ އަދި ސަރުކާރުން ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތާ ސީދާ މަސްލަޙަތު ފުށު އަރާ ކަމެއް ކަމުގައިވާތީ، ފައުންޑޭޝަން ފޯރ އަ ސްމޯކް ފްރީ ވޯރލްޑް އިން، ނުވަތަ އެ ފަރާތާއި ބައިވެރިވެގެން ނުވަތަ އެފަރާތުގެ މާލީ އަދި ފަންނީ އެހީގައި ހިންގާ އެއްވެސް ޙަރަކާތެއްގައި، އެއްވެސް ފަރާތަކުން އެއްވެސް މިންވަރަކަށް ބައިވެރިނުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ ކަމެއްގެ މަޢުލޫމާތު ލިބިފައިވާނަމަ ލަސްނުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ރިޕޯޓްކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ފައުންޑޭޝަން ފޯރ އަ ސްމޯކްފްރީ ވޯރލްޑަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ދުންފަތުގެ ބާވަތްތައް އުފައްދާ ކުންފުނިތަކުން 2017 ވަނަ އަހަރު އުފައްދާފައިވާ ޖަމިއްޔާއެކެވެ. މިޖަމާއަތުގެ މަސައްކަތްތައް ފުށުއަރާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިންވެސް ވަނީ އެޖަމާއަތުން ހިންގާ އެއްވެސް ހަރަކާތެއްގައި ޑަބްލިޔުއެޗްއޯގެ ބައިވެރިވުމެއް ނޯންނާނެކަމަށް ބުނެފަ އެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް

22 މާރިޗު 2017
ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
08 މާރިޗު 2017

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން
06 މާރިޗު 2017

ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

06 މާރިޗު 2017
ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ
05 މާރިޗު 2017

ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި: އެމްޑީޕީ

05 މާރިޗު 2017
ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު