Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަންހެނުންގެ ދުވަސް

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

ގައުމީ ޔުނިވަރސިޓީގެ 70 ޕަސެންޓް ކުދިންނަކީ އަންހެން ކުދިން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 8 މާރިޗު 2017 | ބުދަ 11:45
ރައީސް ޔާމީން ކެބިނެޓް ބައްދަލުވުމެއްގައި

ރައީސް ޔާމީން ކެބިނެޓް ބައްދަލުވުމެއްގައި

ދިވެހި ރާއްޖޭގައި އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާ އިރު އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ރާއްޖެއަށް ދެއްކިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އަންހެނުންގެ ދުވަހާ ގުޅިގެން ބުދަ ދުވަހު ދަރުބާރު ގޭގައި ބޭއްވި "ރެެހެންދި އެވޯޑް" ދިނުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ރަސްމީ ނިޒާމުގެ ތެރެއިން އަންހެނުންނަށް ހައްގުތައް ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ ރާއްޖޭގެ އެންމެ ފުރަތަމަ ޖުމްހޫރިއްޔާ މުހައްމަދު އަމީން ކަމަށެވެ. އެގޮތުން 1952 ވަނަ އަހަރުގައި އެންމެ ފުރަތަމަ ކާތިބާއެއް ދިވެހި ރާއްޖޭގައި އައްޔަނުކުރެވުނު ކަން ރައީސް ޔާމީން ފާހަގަކުރެއްވި އެެވެ.

Advertisement - newsAdvertisement

އޭގެ ފަހުން އަންހެނުންގެ ހައްގުތައް ފޯރުކޮށްދިނުމުގައާއި އަންހެނުން ބާރުވެރި ކުރުމުގައި މުހިއްމު މަސައްކަތްތަކެއް ދިވެހި ސަރުކާރުން ކޮށްފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން އަންހެނުން ރާއްޖޭގެ މުޖުތަމައުގައި ހިއްސާވާ ދައުރަށް ބަލާ އިރު މިހާރު ގައުމީ ޔުނިވަރސީޓީގައި 70 ޕަސެންޓަކީ އަންހެން ކުދިން ކަމަށާއި ސަރުކާރު ވަޒީފާތަކުގައި 56 ޕަސެންޓް އަންހެނުން ހިއްސާވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން އޯލެވެލް އަދި އޭލެވެލްގައި އަންހެން ކުދިން ހޯދަމުންދާ ކާމިޔާބީ ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެެވެ.

އަންހެނުންގެ ބައިވެރިވުން ކިޔެވުމުގެ ދައިރާގައި ބޮޑު ނަމަވެސް އަދިވެސް މަތީ ވަޒީފާތަކުގައި އަންހެނުންގެ ބައިވެރިވުން ކުޑަކަމަށް ރައީސް ޔާމީން ވިދާޅުވި އެެވެ. އަދި ދަ ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އަގެއިންސްޓް ވިމެން (ސީޑޯވ) އުފެދިފައިވަނީ މި ތަފާތު ކުރުންތައް ނައްލާލުމަށް ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަންހެން ބޭފުޅުންގެ ހައްގުތަކާ ބެހޭ ގޮތުން ވާހަކަދައްކާ އިރު، ފާހަގަކޮށްލަންޖެހޭ ހުރިހާ ވައްތަރެއްގެ ތަފާތު ކުރުންތަކެއް ނައްތާލާ ވާހަކަ. ސީޑޯވ ކޮންވެންޝަނަކީ މިފަދަ ތަފާތުތައް ނައްތާލުމަށް ހެދިފައިވާ ކޮންވެންޝަނެއް.ސިޔާސީ ހުރިހާ ލީޑަރުންނާ ހަމައިން މިކަން ގަބޫލު ކުރޭ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އަންހެންނަށް އެފަރާތްތަކުގެ ހައްގުތައް ލިބިދިނުމުގައި ކުރީގެ ބޯދާ ވިސްނުންތައް ބަދަލު ކުރަންޖެހޭ ކަމަށެެވެ. އަދި އިސްލާމްދީނުން އަންހެނުންނަށް ލިބިފައިވާ މަގާމު ރައީސް ފާހަގަކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަންހެނުންނަށް ތަފާތު އަނިޔާތައް ލިބޭ ކަމުގެ ވާހަކައަކީ މި މުޖުތަމައުން ވެސް އަޑު އިވެމުންދާ ވާހަކަތައް ކަމަށާއި މިކަންކަން ހައްލު ކުރުމަށް ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން ބޮޑެތި އަދަދުތައް ދީގެން މިކަން ކޮންޓްރޯލް ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ފިރިހެނުންގެ ފޯރާކަން ދައްކައިދޭން ޖެހޭނީ، އޭނާގެ އައިލާގެ ތިބި އަންހެނުންނާއި ކުޑަކުދިންނާ މެދު ކަންކުރާ ގޮތުން" ރައީސް ވިދާޅުވި އެވެ.

ދުނިޔޭގެ ހޯދުންތަކުން ދައްކާ ގޮތުން ލީޑަރުންގެ މަގާމުގައި އަންހެނުން ތިބުމުގެ ސަަބަބުން ގައުމުތަކަށް ޕޮސިޓިވް ޑިވެލޮޕްމެންޓްތައް އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ކަމުން ގައުމުގެ ސިޔާސަތުތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން ވަރަށް މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ

23 ފެބުރުއަރީ 2017
މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ
23 ފެބުރުއަރީ 2017

ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް

23 ފެބުރުއަރީ 2017
ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު