Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިޔަފާރިވެރިންނަށް ދުއްތުރާ

ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް

22 މާރިޗު 2017 | ބުދަ 20:01

ފަސް ދުވަހުގެ ފަހުން މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 22 މާރިޗު 2017 | ބުދަ 20:01
ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން

ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން

ވިޔަފާރިވެރިންނަށް ސިޔާސީ ފިއްތުމާއި ނުފޫޒު ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ ގުޅިގެން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ވިދާޅުވީ ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް ކަމަށާއި އޭގެ ފަހުން މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ކަމަށެވެ.

"އޭގެ ފަހުން އެބޭފުޅުންނަށް މިނިވަންކަމާއެކު އެބޭފުޅުންގެ ހުރި ހުނަރުވެރިކަމާއެކީގައި އެބޭފުޅުން އިންވެސްޓް ކުރައްވަން ބޭނުންފުޅު ގޮތަކަށް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރި ކުރެއްވޭނެ،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ސިޔާސީ ނުފޫޒު ނުވަދެ ވިޔަފާރިވެރިންނަށް ވިޔަފާރި ކުރެވޭނެ މަގު ފަހުކޮށްދިނުމަށް މަޖިލިސް ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލައަށް އިޝާރާތް ކުރައްވާ ފާރިސް ވަނީ މަޖިލިސް މެންބަރުންނަށް ހިތްވަރު ދެއްވުމަށް ވިޔަފާރިވެރިންނަށް ގޮވާލައްވާފަ އެވެ.

"މި ދުވަސްކޮޅު މި މަދު ދުވަސްކޮޅު އަޅުގަނޑުމެންނަށް ހިތްވަރު ދެއްވާށޭ، އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް ވެސް ފިއްތުންތައް އެބަ އާދެއޭ، އެ އިންޒާރުތައް އެބަ އާދެއޭ، ވިޔަފާރިވެރިންނަށް ވެސް ހަމަ އެހެނޭ މިކަންތައް މިއޮތީ، އަޅުގަނޑުމެންނާއެކީގައި ތިއްބަވައި ދެއްވާށޭ،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ މަޖިލީހުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްވުމުން ވިޔަފާރިވެރިންގެ އަތުން ނުހައްގުން އަތުލާފައިވާ ހައްގުތައް ވެސް އަނބުރާ ހޯދައިދެއްވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2017

ދައުލަތުގެ މުވައްޒަފުންނަށް ނުފޫޒް ފޯރުވުމުގެ ދައުވާ ރިޔާޒްގެ މައްޗަށް

28 ނޮވެމްބަރު 2017
ދައުލަތުގެ މުވައްޒަފުންނަށް ނުފޫޒް ފޯރުވުމުގެ ދައުވާ ރިޔާޒްގެ މައްޗަށް
30 އޯގަސްޓު 2017

ގޮނޑިއެއް ނުގެއްލޭ މުއައްސަސާތަކަށް ވަނީ ސިޔާސީ ނުފޫޒްވަދެފަ: އިދިކޮޅު މެމްބަރުން

30 އޯގަސްޓު 2017
ގޮނޑިއެއް ނުގެއްލޭ މުއައްސަސާތަކަށް ވަނީ ސިޔާސީ ނުފޫޒްވަދެފަ: އިދިކޮޅު މެމްބަރުން
15 އޯގަސްޓު 2017

ހެއްކަށް ނުފޫޒް ފޯރުވަފާނެތީ ރައީސް ޔާމީން ބަންދުގައި ބަހައްޓައިގެން ތަހުގީގް ކުރަން ޖެހޭ: ފައްޔާޒް

15 އޯގަސްޓު 2017
ހެއްކަށް ނުފޫޒް ފޯރުވަފާނެތީ ރައީސް ޔާމީން ބަންދުގައި ބަހައްޓައިގެން ތަހުގީގް ކުރަން ޖެހޭ: ފައްޔާޒް
15 އޯގަސްޓު 2017

ރައީސް މައުމޫން ފަނޑިޔާރުންނަށް ނުފޫޒް ފޯރުއްވާ ކަމަށް ދޭހަވާ ގޮތަށް ނިހާން ވާހަކަ ދައްކަވައިފި

15 އޯގަސްޓު 2017
ރައީސް މައުމޫން ފަނޑިޔާރުންނަށް ނުފޫޒް ފޯރުއްވާ ކަމަށް ދޭހަވާ ގޮތަށް ނިހާން ވާހަކަ ދައްކަވައިފި
30 ޖުލައި 2017

ނަވާޒް ޝަރީފް ރާއްޖެއަށް ވަޑައިގެން ދަނޑިވަޅުގައި އިސް އޮފިޝަލުން މަގާމުގެ ނުފޫޒް ބޭނުން ކުރިކަން ހާމަވެއްޖެ

30 ޖުލައި 2017
ނަވާޒް ޝަރީފް ރާއްޖެއަށް ވަޑައިގެން ދަނޑިވަޅުގައި އިސް އޮފިޝަލުން މަގާމުގެ ނުފޫޒް ބޭނުން ކުރިކަން ހާމަވެއްޖެ
06 ޖުލައި 2017

ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ، ޕާޓީތަކުގެ ކެނޑިޑޭޓުން ބައިވެރިވާ އިންތިޚާބެއް ބާއްވާނަން: ރައީސް ނަޝީދު

06 ޖުލައި 2017
ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ، ޕާޓީތަކުގެ ކެނޑިޑޭޓުން ބައިވެރިވާ އިންތިޚާބެއް ބާއްވާނަން: ރައީސް ނަޝީދު
26 ޖޫން 2017

ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނެއުމަކީ އަޅުގަޑުމެންގެ އަމާޒު: ނަޝީދު

26 ޖޫން 2017
ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނެއުމަކީ އަޅުގަޑުމެންގެ އަމާޒު: ނަޝީދު
18 މެއި 2017

އުމުރާ ގުރޫޕްތައް ހެދުމުގައި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއްގެ ނުފޫޒް ފޯރުވާކަން ދޭހަވާ އޯޑިއޯއެއް

18 މެއި 2017
އުމުރާ ގުރޫޕްތައް ހެދުމުގައި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއްގެ ނުފޫޒް ފޯރުވާކަން ދޭހަވާ އޯޑިއޯއެއް
14 އެޕްރީލު 2017

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް