Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗެއާޕާސަންގެ އިންތިހާބު

ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި 25801 މެމްބަރުން ވޯޓުލާފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 12 ފެބުރުއަރީ 2017 | އާދީއްތަ 04:27
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ތެރެއިން

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ތެރެއިން

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލުމަށް ނިކުތް މެމްބަރުންގެ އަދަދާއި ގާތަށްވެސް، ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއެއްގައިވެސް ވޯޓުލުމަށް ނުނިކުންނާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު ކުރިއަށްގެންދިޔަ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ އެންމެ ފަހުގެ ނަތީޖާ ދައްކާގޮތުން 25801 (ފަންސަވީސް ހާސް އަށް ސަތޭކަ އެއް) މެމްބަރުން ވަނީ އިންތިހާބުގައި ވޯޓުލާފަ އެވެ. ޗެއަރޕާސަންކަމަށް ހަމައެކަނި ވާދަކުރެއްވި ޤާނޫނީ ވަކީލް ހަސަން ލަތީފަށް ތާއީދުކޮށް، 25545 (ފަންސަވީސް ހާސް ފަސް ސަތޭކަ ސާޅީސް ފަހެއް) މެމްބަރުން ވޯޓުލާފައިވެއެވެ.

Advertisement - newsAdvertisement

ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލުމަށް ގިނަ އަދަދެއްގެ އެމްޑީޕީގެ މެމްބަރުން ނިކުތުމާއި ގުޅިގެން އެކަން ފާހަގަކޮށް، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 2018 ގައި ޕީޕީއެމްގެ ޕްރައިމަރީއެއް އޮތް ނަމަވެސް، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލުމަށް ނިކުތް މެމްބަރުންގެ އަދަދާ ގާތަށްވެސް ވޯޓުލާން މެމްބަރުން ނުނިކުންނާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި، އަލީ ވަހީދު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. ބޮޑު ތާއީދަކާއެކު، ޗެއާޕާސަންގެ މަޤާމަށް ހަސަން ލަތީފް އިންތިހާބުވެވަޑައިގެންނެވުމާއެކު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއަރޕާސަން އަލީ ވަހީދު ވަނީ އޭނާ މަރުހަބާ ވިދާޅުވެފަ އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމުން ހަސަން އަށް މަރުހަބާ ވިދާޅުވެ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާ ޗެއާޕާސަންގެ ހިންގުންތެރިކަމާއެކު އެމްޑީޕީ ވަރުގަދަވެ، ދިވެހިންނަށް ހައްގު މިންވަރު ހޯދައި ދެވޭނެ ކަމަށެވެ. އަދި އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މަނިކުފާނުގެ ޗެއާޕާސަންކަމުގައި އެމްޑީޕީއަށް ނުހަނު ކާމިޔާބާއި ވަރަށް ވެސް އުޖާލާ މުސްތަގުބަލަކަށް އެދޭ ކަމަށެވެ.

ހަސަން ލަތީފްވެގެންދާނީ އެމްޑީޕީގެ ފަސް ވަނަ ޗެއާރޕާސަންއަށެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި

11 ފެބުރުއަރީ 2017
ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި
10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓްލުން ފަށައިފި

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓްލުން ފަށައިފި
09 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު

09 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު