Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

އެމްޓީސީސީގެ ހިންގުން ހަރުދަނާކުރުމަށް އަޅާ ފިޔަވަޅުތަކާ ގުޅިގެން އަންނަ ބަދަލުތައް އަންގައިދޭ ރިޕޯޓެއް އެސްއޯއީ ކޮމިޓީއަށް

ކޮމިޓީން މިމައްސަލަ ދިރާސާ ކުރުމަށްފަހު 17 ކަމެއް ފާހަގަ ކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2020 | ބުދަ 09:21
އެމްޓީސީސީ

އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކާ ގުޅިގެން ކުންފުންޏަށް އައިސްފައިވާ ބަދަލުތައް މޮނިޓަރކޮށް، ކުންފުންޏަށް އައިސްފައިވާ ކުރިއެރުން އަންގައިދޭ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުން ފާސްކޮށްފި އެވެ.

މިދިޔަ އަހަރުގެ ނޮވެންބަރ މަހުގެ 12 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި އެމްޓީސީސީގެ ބަހެއްގައި ޖެހި ސައިކަލެއްގައި އިން 13 އަހަރުގެ ކުއްޖަކު ނިޔާވެފައިވާތީ އެމައްސަލަ އެސްއޯއީ ކޮމިޓީން ދިރާސާކުރުމަށް ފަހު އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ އެ ރިޕޯޓު ފާސްކުރާތާ 6 މަސްދުވަހުގެ ތެރޭގައި އެމްޓީސީސީން އެސްއޯއީ ކޮމިޓީއަށް މިރިޕޯޓު ހުށަހެޅުމަށް އެކުންފުންޏަށް ދެންނެވުމަށެވެ. މިރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ މިކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 60 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

މިރިޕޯޓުގައި ދެން ކޮމިޓީން ނިންމާފައިވާ ކަމަކީ އެމްޓީސީސީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެޅުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތައް އެޅުމަށާއި އެމް.ޓީ.ސީ.ސީގެ ފަރާތުން ރަނގަޅުކުރަން ފެންނަ ކަންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަރުވާފައިވާ ލަފައާ އެއްގޮތަށް ކަންކަން އިޞްލާޙު ކުރުމަށް އެކުންފުނީގައި ދެންނެވުމަށެވެ.

މިމައްސަލަ އެސްއޯއީން ކޮމިޓީން ދިރާސާ ކޮށްފައިވަނީ އެމް.ޓީ.ސީ.ސީގެ ބަހެއްގައި ޖެހި ސައިކަލެއްގައި އިން 13 އަހަރުގެ ކުޑަކުއްޖަކު ނިޔާވެފައިވާތީ، އެމް.ޓީ.ސީ.ސީއިން ބަހުގެ ޚިދުމަތްދިނުމުގައި ކަނޑައެޅިފައިވާ ޤަވާއިދުތަކާއި އުޞޫލުތަކަށް ޢަމަލުކުރަމުން ދޭތޯއާއި، ބަސްތައް ދުއްވާ ބާރުމިން ވަކި މިންވަރެއްގައި ހިފެހެއްޓިފައި ވޭތޯއާއި، ބަސްތައް ދުއްވާ ޑްރައިވަރުންގެ މަސައްކަތުގެ ވަގުތު ބެހިފައިވާގޮތާއި، ބައެއް ޑްރައިވަރުން ހުސްވަގުތެއް ނުލިބި މަސައްކަތް ކުރަމުންދާކަމަށް މަޢުލޫމާތު ލިބިފައިވާތީ، އެއީ އެކަން ހިނގާ ގޮތްތޯ ބައްލަވައި ދެއްވުން އެދި، ހިއުމަން ރައިޓްސް އެންޑް ޖެންޑަރކޮމިޓީން އެކޮމިޓީއަށް ފޮނުއްވުމާ ގުޅިގެންނެވެ.

ކޮމިޓީން މިމައްސަލަ ދިރާސާ ކުރުމަށްފަހު 17 ކަމެއް ފާހަގަ ކޮށްފައިވެއެވެ. އެގޮތުން މިހާތަނަށް އާއިރު އެމްޓީސީސީގެ ބަސް އެކްސިޑެންޓްތައް ހިނގާފައިވާ ގޮތްތައް ކޮމިޓީން ވަނީ ބަލާފަ އެވެ. މިރިޕޯޓުގައި މިހާތަނަށް ހިނގާފައިވާ ތިން އެކްސިޑެންޓަކަށް ވަނީ ބަލާލާފަ އެވެ.

ފުރަތަމަ އެކްސިޑެންޓްގެ ފާހަގަކޮށްފައިވަނީ 06 މެއި 2019 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި 5 ފަސިންޖަރުންނާއެކު ހުޅުމާލޭގައި ހުންނަ ފެރީ ޓަރމިނަލަށް ދަތުރުކުރުމުން ދިޔަ ބަސް ހުޅުމާލެ ފެރީ ޓާރމިނަލްގެ ބަސް ސްޓޮޕަށް ދިއުމަށްޓަކައި އަނބުރާލުމަށް ހަމަޖެހިފައިވާ މަގާއި ދިމާލަށް ދަނިކޮށް، ބަސް ޑްރައިވަރަށް ނިދި ޖެހުމުގެ ސަބަބުން ކުއްލިއަކަށް ހޭލެވި ސްޕީޑަށް ހިފާލެވުމުން އެވަގުތު މާރުކޭޓް ކައިރިން ހިނގާފައިދިޔަ ދެމީހުންގެ ގައިގައި ޖެހި އަދި އެތަނުގައިހުރި ޔޫކްރެއިންގެ އަންހެން ފަތުރުވެރިޔާގެ ގައި މަތިން ބަސް ދިއުމުގެ މައްސަލައެވެ.

މިކަމުގައި ކޮމިޓީން ފާހަގަކޮށްފައިވަނީ މި މައްސަލާގައި ތަޙްޤީގަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މި ޙާދިސާ ހިނގާފައި ވަނީ ބަސް ޑްރައިވަރަށް ނިދިޖެހިގެން އެކަމާ ގުޅިގެން ހިނގާދިޔަ ކަމެއްގެ ސަބަބުން ކަމަށާއި، އަދި މި ޙާދިސާ ހިނގާފައިވާ ދަތުރުގެ ކުރީ 24 ގަޑިއިރު ތެރޭގައި އެ ޑްރައިވަރު އިތުރު 8 ގަޑިއިރުގެ ޑިއުޓީއެއް ފުރިހަމަ ކުރިކަމަށެވެ. އަދި މި ދަތުރަށް އޭނާ ޙަވާލުވެފައިވާނީ އެކަށީގެންވާ ވަރަށް އަރާމު ނުލިބިކަން ތަޙްޤީގަށް ފާހަގަ ކުރެވިފައިވާކަމަށެވެ.

ކޮމިޓީ ރިޕޯޓްގައި ދެން ފާހަގަކޮށްފައިވަނީ 06 ނޮވެންބަރު 2019 ވަނަ ދުވަހު ހުޅުމާލޭގައި އެމް.ޓީ.ސީ.ސީގެ ބަހަކުން ޖެހި ޔުކްރެއިން ފަތުރުވެރިއެއް ނިޔާވެފައިވާ މައްސަލައެވެ. މިމައްސަލައިގެ ތަޙްޤީޤު ނިންމާ، އެހާދިސާ ހިނގީ ބަސް ދުއްވަން އިން ޑްރައިވަރުގެ އިޙުމާލުންކަމަށް ފުލުހުންނަށް ފެންނާތީ، އެފަރާތާމެދު ދަޢުވާ ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައި، މި މައްސަލައިގެ ޝަރީޢަތް ނިމެންދެން އޭނާގެ ލައިސަންސް ހިފަހައްޓާފައި ވާކަމަށް ކޮމިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި މި މައްސަލާގައި އެމް.ޓީ.ސީ.ސީގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނެކަމަށާއި، އެހެންނަމަވެސް ޢާންމު ދަތުރުފަތުރު ތަކުގައި މިބާވަތުގެ ޙާދިސާތަކުން ރައްކާތެރި ވުމަށްޓަކައި އެމް.ޓީ.ސީ.ސީގެ ފަރާތުން ރަނގަޅުކުރަން ފެންނަ ކަންކަން އެމް.ޓީ.ސީ.ސީއަށް ޙިއްޞާ ކޮށްފައިވާނެކަމަށް ފުލުހުން މަޢުލޫމާތު ދީފައިވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން 12 ނޮވެންބަރު 2019 ވަނަ ދުވަހު ހުޅުމާލޭގައި އެމް.ޓީ.ސީ.ސީގެ ބަހަކާއި ސައިކަލެއް ޖެހި، ސައިކަލުގެ ފަހަތުގައި އިން އުމުރުން 13 އަހަރުގެ ފާޠިމަތު އަންޖަމް ޝަފީޤު ނިޔާވެފައިވާ މައްސަލައިގެ ތަޙްޤީގާ ގުޅިގެން ބަސް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓާ، އެމައްސަލަ ފުލުހުން ތަޙްޤީޤް ކުރަމުންދާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވާކަމަށް މިރިޕޯޓުގައި ބުނެފައިވެ އެވެ. މިޙާދިސާ ހިނގިއިރު ބަސް އަނބުރާލި ވަގުތު ސައިކަލު ދުއްވަމުންދިޔަ ލޭނަށް އެޅިފައިވާކަން ފާހަގަކުރެވޭ ކަމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ބަސް ޔުނިޓްގެ ޑިއުޓީ ބެހިގެންވަނީ 3 ޝިފްޓަކަށް ކަމަށާއި ކޮންމެ ޑްރައިވަރަކުވެސް ޑިއުޓީ ކުރަނީ 8 ގަޑިިއިރުގެ 1 ޝިފްޓެއްގަ އެވެ. ޝިފްޓުގައި ކޮންމެ ޑްރައިވަރަކުވެސް ބަސް ދުއްވުމަށް ހަމަޖެހިފައިވަނީ 4 ގަޑިއިރާއި 30 މިނެޓެވެ. އެއަށްފަހު 1 ގަޑިއިރުގެ ހުސްވަގުތުކޮޅެއް ލިބެއެވެ. ކޮންމެ ޑްރައިވަރަކަށްވެސް ހަފުތާއަކު 1 ދުވަސް އޮފް ލިބެއެވެ.

ބަހުގެ ސްޕީޑަށް ބަލާއިރު ހުޅުމާލޭގެ ތެރޭގައި އަދި އެއަރޕޯޓުތެރޭގައި ދުއްވަނީ 25-30 ކިލޯމީޓަރަށެވެ. ބްރިޖް ހައިވޭގައި ދުއްވަނީ 50 ކިލޯމީޓަރަށެވެ. ހުޅުމާލެ އަދި އެއަރޕޯޓުގައި ދުއްވާ 10 ބަހުގެ ތެރެއިން 6 ބަހެއްގެ ސްޕީޑް 55 ކިލޯމީޓަރަށް ވަނީ ލިމިޓްކޮށްފަ އެވެ. އަދި ބާކީ ހުރި 4 ބަހުގެ ސްޕީޑް ލިމިޓްކުރުމަށާއި ޓެކްނިކަލް ޓްރެއިނިންގ ދިނުމަށް މޭން އިންޑިޔާގެ ޓެކްނިކަލް ޓީމެއް މިދިޔަ އަހަރު އައުމަށް ހަމަޖެހިފައިވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެކްސިޑެންޓެއް ހިނގައިފިނަމަ އެ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރެވި އޮންނަ ޕޮލިސީއެއްގެ ދަށުން މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅު އަޅަމުންދާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ފުރަތަމަ އެކްސިޑެންޓަށްފަހު އެމްޓީސީސީން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކޮންމެ ޑިއުޓީއެއް ފެށުމުގެ ކުރިން ކޮންމެ ޑްރައިވަރަކުވެސް ދުއްވަން ތައްޔާރު ޑެކްލެރޭޝަން ފޯމް ޑިއުޓީ އިންޗާޖުގެ ހާޒިރުގައި ސޮއިކުރަން ފަށާފައިވާކަމަށް ރިޕޯޓުގައިވެ އެވެ. އަދި ކޮންމެ ޑިއުޓީއެއް ފެށުމުގެ ކުރިން ބްރީފިންގ ސެޝަންތައް އިތުރުކޮށް ހަރުދަނާ ކޮށްފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މިފަދަ ޙާދިސާއެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި އެމްޓީސީސީން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ ޢާންމު ބަސް އޮޕަރޭޓްކުރުމަށް ރައްކާތެރި މާޙައުލެއް ޤާއިމުކުރުމާއި ރޯޑް ސޭފްޓީއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި ޑްރައިވިންގ ލައިސަންސް ދޫކުރުން އިތުރަށް ހަރުދަނާކުރުމަށާއި މަގުތައް ތަރައްޤީ ކުރާއިރު ޕަބްލިކް ޓްރާންސްޕޯޓަށް އިސްކަންދިނުމެވެ.

އަދި ބަހުގެ ޚިދުމަތް ދިނުމުގެ ޤަވާއިދަށް ބަދަލުތަކެއް ގެނައުމަށް ޓްރާންސްޕޯޓް އޮތޯރިޓީގައި ދަންނަވާފައިވާނެ ކަމަށް އެމްޓީސީސީން ބުނެފައިވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ބަސް ޚިދުމަތް ދިނުމުގައި ޚާއްޞަ މަގުތަކެއް ހަމަޖެއްސުމާއި ބަސް ދަތުރުކުރުމަށް ލޭން ހަމަޖެއްސުމާއި ޢާންމު ބަސް ޚިދުމަތުގައި ބޭނުންކުރާ އުޅަނދު ފަހަރު އިސްކަން ދިނުމަށް ސައިޑް ބޯޑު ހަރުކުރުމަށްވެސް އެމްޓީސީސީން ހުށަހަޅާފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު