އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް 710 ކެންޑިޑޭޓުން ފޯމް ހުށަހެޅި!
25 ފެބުރުއަރީ 2020 | އަންގާރަ 14:10މިއީ ލިބުނު ކާމިޔާބީއެއް

އެމްޑީޕީން ކުރިއަށް ގެންދިޔަ އިންތިޚާބެއްގެ ތެރެއިން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް އެމްޑީޕީގެ ފަރާތުން 710 ކެންޑިޑޭޓުންގެ ފޯމު ހުށަހަޅާފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.
އަންގާރަ ދުވަހު އެމްޑީޕީގެ ކެމްޕެއިންގެ ސްޕޯކްސްޕަރސަން އަފްޝަން ލަޠީފު ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި ހޯމަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު، އެމްޑީޕީގެ ފަރާތުން 710 ކެންޑިޑޭޓުންގެ ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
އަފްޝަން ވިދާޅުވީ ގިނަ ޢަދަދެއްގެ ކެންޑިޑޭޓުން ކުރިމަތިލުމަކީ ޕާޓީއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
އަފްޝަން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެހެންތަނެއްގައި ވޯޓުލާން ޖެހޭނަމަ މިމަހުގެ 27 ގައި ރީރަޖިސްޓްރީ ކުރަންޖެހޭ ކަމަށެވެ. އަދި ރީރަޖިސްޓްރޭޝަންގެ އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ކެންޕޭން މައި އޮފީހުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ 27 ފެބްރުއަރީގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ފުރުޞަތު ހުޅުވިގެންދާނެ ކަމަށެވެ.






