Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޚާއްސަ ރިވިއު ރިޕޯޓު

އައިލެންޑް އޭވިއޭޝަންގެ ޚާއްސަ ރިވިއު ރިޕޯޓު: މުވައްޒަފުންގެ މުސާރަ ބޮޑުކުރި މައްސަލަ!

ޕްރޮމޯޝަން ދިނުމުގައި ގެންގުޅޭނެ 'އެޕްރޫވްޑް' އުސޫލެއް ނެތް: ރިޕޯޓު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2020 | އަންގާރަ 04:12
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުން

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުން

ހުސްވި އަހަރު، އައިލެންޑް އޭވިއޭޝަންގެ ސީނިއަރ މުވައްޒަފުންތަކެއްގެ މުސާރަ ބޮޑުކުރި މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލަ ބޮޑުވެ، ރައްޔިތުންގެ މަޖިލީހުންވެސް ވަނީ އެކަން ހިނގާ ދިޔަގޮތް ބަލާފައެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރއާ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރގެ މުސާރަ ގާވާއިދާ ޚިލާފަށް ބޮޑުކުރިކަމުގެ ވާހަކަތަކެއް މީސްމީޑިއާގައި ފެތުރުމާއެކު އައިލެންޑްއޭވިއޭޝަން އިން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރިޒުވީ ސޮއިކުރައްވާ ފޮނުވި ސިޓީގައެއްގައި އެމްޑީ އާއި ޑީއެމްޑީގެ މުސާރަ ބޮޑު ނުކުރި ނަމަވެސް، ކުންފުނީގެ ޑިޕާޓްމެންޓްތަކުގެ އިސްވެރިންގެ މުސާރަތައް ބޮޑު ކުރިކަމަށްވެއެވެ.

އައިލެންޑް އޭވިއޭޝަންގެ ސީނިއަރ ބޭފުޅުންގެ މުސާރަ ބޮޑުކޮށްފައިވާ ކަމަށް ބުނެ، އެކުންފުނީގެ މުވައްޒަފުންތަކެއް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން، އެސްއޯއީ ކޮމެޓީން، ފިނޭންސް މިނިސްޓްރީންނާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މަޢުލޫމާތުތައް ހޯދުމަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް، އައިލެންޑް އޭވިއޭޝަންގެ ޚާއްޞަ އޮޑިޓް ރިޕޯޓެއް ވެސް އެކުލަވާލާފައިވެއެވެ. އަދި އޮޑިޓު އޮފީހުން ތައްޔާރުކުރި އެ ކުންފުނީގެ ޚާއްސަ ރިވިއު ރިޕޯޓާއި ގުޅިގެން ކޮމިޓީގައި މަޝްވަރާކޮށްފައިވެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނީ، އޮޑިޓު ކުރެވުނުއިރު މުވައްޒަފުންނަށް މަގާމުގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ދިނުމުގައި ގެންގުޅޭނެ 'އެޕްރޫވްޑް' އުސޫލެއް އޮޑިޓް ކުރެވުނު އިރު ނެތް ކަމަށެވެ. ނަމަވެސް އޮޑިޓުކުރުމުގެ މަރުހަލާގައި ކުރިއެރުން ދިނުމުގައި އަމަލުކުރަމުންދާ އުސޫލުތަކުގެ ލިޔުމެއް ލިބުނުކަމަށާއި އެ ލިޔުމަކީ އެއްވެސް ފަރާތަކުން އެންޑޯސްކޮށްފައިވާ ލިޔުމެއް ނޫން ކަމަށެވެ.

އޮޑިޓް އޮފީހުން ބުނި ގޮތުގައި، އޭރު އެކުންފުނިން ދިޔައީ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އޮޑިޓު އޮފީހުން ބުނީ އޭރު ޕްރޮމޯޝަން ދިނީ އާއްމުގޮތެއްގައި ޑިޕާޓްމެންޓްތަކުގެ ވެރިން މަގާމުގެ ކުރިއެރުން ދޭން ބޭނުންވާ މުވައްޒަފުންގެ ލިސްޓެއް ޝޯޓްލިސްޓު ކުރުމަށްފަހު އެޕްރެއިޒަލް ހެދުމަށްފަހު އެޗްއާރަށް ފޮނުވުމަށްފަހު، އެ ފަރާތުން އެޕްރޫވް ކުރުމުން ކަމަށެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން މަގާމުގެ ކުރިއެރުން ލިބުނު ނަމަވެސް ޒިންމާތަކަށް ބަދަލު އައިސްފައެއް ނުވެއެވެ.

އެ މައްސަލައާއި ގުޅިގެން ކޮމިޓީއަށް އެ ކުންފުނީގެ އެމްޑީ ރިޒުވީ ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ވަނީ، ޑިޕާޓްމެންޓްތަކުގެ ވެރިންގެ މުސާރަ މުރާޖާކުރަން ޖެހުނީ އެ ކުންފުންޏަކީ ވައިގެ ދަތުރުފަތުރާއި ގުޅޭ އެކިއެކި ޚިދުމަތްތައް ދޭ ކުންފުންޏަކަށްވުމުން ކަމަށެވެ. އަދި ކުންފުނީގެ އިސް ދައުރެއް އަދާކުރާ ފަރާތްތަކުގެ ޒިންމާތައް ބޮޑުވުމުގެ ސަބަބުންނާއި، އެ ފަރާތްތަކަށް ލިބެންޖެހޭ މުސާރައަކީ މަސްއޫލިއްޔަތާއި އެއްވަރުގެ މުސާރައަކަށް ވާންޖެހޭ ކަމަށް ގަބޫލުކުރާތީ ކަމަށް ރިޒްވީ މަޖިލީހަށް ފޮނުއްވެވި ސިޓީގައިވެއެވެ.

ޕްރޮމޯޝަން ދީފައިވާ ބައެއް މުވައްޒަފުންގެ ޕަރފޯމަންސް ވަޒަން ކޮށްފައިވާކަން އެނގެން ނެތް ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން 2018 ވަނަ އަހަރުގެ ޖެނުއަރީން 2019 ވަނަ އަހަރުގެ ޖޫން މަހުގެ 30ގެ ނިޔަލަށް މުވައްޒަފުންނަށް ދީފައިވާ ގިނަ ޕްރޮމޯޝަންތަކަކީ މަގާމެއް ހުސްވުމުން، އެ މަގާމަށް މުވައްޒަފަކު ޕްރޮމޯޓްކުރުމުގެ ބަދަލުގައި އެއްފަހަރާ ގިނަ މުވައްޒަފުންތަކެއް ޕްރޮމޯޓްކުރުމުގެގޮތުން ދީފައިވާ ޕްރޮމޯޝަންތަކެއްކަން ރިޕޯޓުން ވަނީ ހާމަވެފައެވެ. އަދި އެ ޕްރޮމޯޝަންތައް ދީފައިވަނީ ޕްރޮމޯޝަން ނުދޭތާ ގިނަ ދުވަސްތަކެއް ވެފައިވުމުގެ ސަބަބުން ކަމަށް އެ ކުންފުނިން މައުލޫމާތުދީފައިވާކަމަށްވެސް އޮޑިޓް އޮފީހުން ބުންޏެވެ.

ހަމަ އެ މުއްދަތުގައި 46 މުވައްޒަފަކަށް ދެ ފަހަރެއްގެ މަތިން ޕްރޮމޯޝަން ދީފައިވާކަމަށް އޮޑިޓް ރިޕޯޓުން ވަނީ ތިލަކޮށްދީފައެވެ. މިކަމާއި ގުޅިގެން އެ ކުންފުނިން ބުނީ ކުރީ އަހަރުތަކެއްގައި ޕްރޮމޯޝަން ނުލިބި ތިބި ފަރާތްތަކަށް ކުރިއެރުން ދީފައިވާނެކަމަށެވެ.އަދި 2019 ވަނަ އަހަރުގެ ފެބްރުއަރީގައި މެނޭޖްމެންޓު ބަދަލުވުމާއި އެކު 135 މުވައްޒަފަކަށް ޕްރޮމޯޝަން ދީފައިވާކަމަށާއި އެނޫން މަސް މަހު އެވްރެޖްގޮތެއްގައި 20 ނުވަތަ 30 މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާކަން ފާހަގަކުރެވިފައިވާކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

ފިނޭންސްގެ ހުއްދަ ހޯދުމެއްނެތި ކުންފުނީގެ ޑިޕާޓްމަންޓްތަކުގެ ވެރިންގެ މުސާރަ ބޮޑުކޮށްފައިވާކަން ރިޕޯޓުން ވަނީ ފެންމަތިކޮށްފައެވެ.

ޑިޕާޓްމަންތްތަކުގެ ވެރިންގެ މުސާރަ، ފިނޭންސްގެ ހުއްދަ ހޯދުމެއްނެތި ބޮޑުކޮށްފައިވަނީ ހުސްވި އަހަރުގެ ޖެނުއަރީ މަހުއެވެ. ރިޕޯޓުގައިވާ ގޮތުން ފަހުން ކުންފުންޏާއި ފިނޭންސް މިނިސްޓްރީއާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު 27 ޖޫން 2019 އިން ފެށިގެން ބޮޑުކުރި މުސާރަ ދިނުމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ ކަމަށްވެއެވެ. އަދި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމެއްނެތި ބޮޑުކޮށްފައިވާ މުސާރަ އަނބުރާ ހޯދުމަށް މިނިސްޓްރީން ކުންފުންޏަށް އަންގާފައިވާކަމަށް ހާއްސަ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރިޕޯޓުގައިވާގޮތުން ކުންފުނީގެ ޑިޕާޓްމަންޓްތަކުގެ ވެރިންގެ މުސާރަތައް ޖަނަވަރީ 2019 ގައި ބޮޑުކުރިއިރު މެނޭޖިންގ ޑިރެކްޓަރގެ މުސާރަ ބޮޑުކޮށްފައެއް ނުވެއެވެ. މެނޭޖިން ޑިރެކްޓަރގެ މުސާރައަށް ބަދަލު ގެނެސްފައިވަނީ 19 ޖޫން 2010 ގައި ކަމަށް ރިޕޯޓުން ވަނީ ހާމަވެފައެވެ. އަދި އެ ބަދަލު ގެނެސްފައިވަނީ ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ އުޞޫލާ އެއްގޮތަށް، މެނޭޖިންގ ޑިރެކްޓަރ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ މުސާރަ މުރާޖަޢާކުރުމަށް 19 ޖޫން 2010 ގައި ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީއާ ގުޅިގެންނެވެ.

އައިލެންޑް އޭވިއޭޝަނަށް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރެއް އައްޔަން ކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ގައެވެ. ނިމިގެން ދިޔަ އަހަރު، މުސާރައަށް ބަދަލު ގެނައިރު ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މުސާރައަށްވެސް ބަދަލުގެނެސްފައިވަނީ ފިނޭންސްގެ ހުއްދައާ އެކު ހުސްވި އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.

އޮޑީޓް ރިޕޯޓުންވެސް ފާހަގަކޮށްފައިވާގޮތުގައި އައިލެންޑް އޭވިއޭޝަންގެ ހިންގުމުގެ ހަރަދު ބޮޑު އެވެ. އަދި ކުންފުނީގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ކުންފުނީގެ ފައިދާގެ މިންވަރު ދަށަށްދާކަމަށް އޮޑިޓް އޮފީހުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާސީ މަޤާމުތަކަށް ޚާއްސަކޮށް 400 ށް ވުރެ ގިނަ ފްލެޓް!

ސިޔާސީ މަޤާމުތަކަށް ޚާއްސަކޮށް 400 ށް ވުރެ ގިނަ ފްލެޓް!

24 އޯގަސްޓު 2020
އިންޑޮނޭޝިއާގައި ކޮވިޑް-19ގެ ކޭސް ފުރަތަމަ ރިޕޯޓު ކުރި ދެމައިންގެ ވާހަކަ!

އިންޑޮނޭޝިއާގައި ކޮވިޑް-19ގެ ކޭސް ފުރަތަމަ ރިޕޯޓު ކުރި ދެމައިންގެ ވާހަކަ!

11 މެއި 2020
ކީރިތި ކުރައްވައި ރައީސް ދެއްވި ޚާއްސަ މެސެޖުން ފެނުނީ ރައްޔިތުންނަށް އޮތް ލޯބި

ކީރިތި ކުރައްވައި ރައީސް ދެއްވި ޚާއްސަ މެސެޖުން ފެނުނީ ރައްޔިތުންނަށް އޮތް ލޯބި

15 އެޕްރީލު 2020
ކޮވިޑް-19: ފަރުކޮޅުފުށި އައިސޮލޭޝަން  ޚާއްސަކުރަނީ \"ހައި ރިސްކް\" ބަލި މީހުންނަށް!

ކޮވިޑް-19: ފަރުކޮޅުފުށި އައިސޮލޭޝަން ޚާއްސަކުރަނީ "ހައި ރިސްކް" ބަލި މީހުންނަށް!

02 އެޕްރީލު 2020
އައިލެންޑް ސަފާރީއަށް ސަރުކާރުން ދިން އިރުޝާދު: ސަފާރީގެ ވެރިމީހާގެ ދުލުން!

އައިލެންޑް ސަފާރީއަށް ސަރުކާރުން ދިން އިރުޝާދު: ސަފާރީގެ ވެރިމީހާގެ ދުލުން!

28 މާރިޗު 2020

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު