Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖެއަށް ހޯދަދިނުމުގެ ހަގީގީ މޭސްތިރި!

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބޭރު ގައުމުތަކުން ބަލައިގެންފައިވާކަމުގެ ހެއްކެއް

ރާއްޖެ އެމްވީ | 27 ޖުލައި 2019 | ހޮނިހިރު 13:22
މިނިސްޓަރ ޝާހިދު ސީޝެލްސްގެ ރައީސްއާއި ބައްދަލުކުރައްވަނީ

މިނިސްޓަރ ޝާހިދު ސީޝެލްސްގެ ރައީސްއާއި ބައްދަލުކުރައްވަނީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ 1979 ވަނަ އަހަރުން ފެށިގެން ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު، އިންޑިއާ ކަނޑުގެ ޖަޒީރާތަކުގެ މެދުގައި ބާއްވަމުން އަންނަ ކުޅިވަރު އީދެކެވެ. ބައިނަލްއަގްވާމީ މުބާރާތަކުން ރާއްޖެއަށް ފުރަތަމަ ފަހަރަށް މެޑަލެއް ލިބުނު މުބާރާތަކީ މިއީ އެވެ. މުބާރާތުގައި ބައިވެރިވަނީ ދިވެހިރާއްޖޭގެ އިތުރުން ސީޝެލްސް، މޮރިޝަސް، މަޑަގަސްކާ، މަޔޯޓް އަދި ރިޔޫނިއަން އައިލެންޑްސް އެވެ. ކޮންމެ މުބާރާތެއްގައިވެސް ރާއްޖެއިން ދިޔައީ ބައިވެރިވަމުންނެވެ.

މިމުބާރާތް މިހާތަނަށް ބާއްވަމުން އައީ ރިޔޫނިއަން، މޮރިޝަސް، ސީޝެލްސް އަދި މަޑަގަސްކަރ ގައެވެ. ދިވެހިރާއްޖެ، ކޮމޮރޯސް އަދި މަޔޯޓް އަކަށް އަދި މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބިފައެއް ނެތެވެ. އެހެން ނަމަވެސް އެކަން މިފަހަރު މިވަނީ ބަދަލުވެފައެވެ. 2023 ވަނަ އަހަރު އިންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ދިވެހިރާއްޖޭ ގައި ބޭއްވުމަށް ހުށަހެޅި ބިޑް ކާމިޔާބުކުރެވި، އެކަމަށް ވާން ޖެހޭ ތައްޔާރީތައް މިވަނީ ފަށަން ޖެހިފަ އެވެ.

ބައިނަލްއަޤްވާމީ ބޮޑު ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙާއި، އެމްޑީޕީގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި ހިމެނުނު ކަމެކެވެ. އެކަން ހަޤީޤަތަކަށް ވާން ދާއިރު، އެކަން ހަޤީޤގަތަކަށް ހެދުމުގެ އަސްލު މޭސްތިރިންނަކީ ކޮބައިތޯ ބަލަން ޖެހެއެވެ. މުބާރާތް ރާއްޖޭގައި ބާއްވަން ނިންމުމާއިއެކު، ސަރުކާރުން އެކަމަށް އެއްބާރުލުން ދޭނެކަން އޮލިމްޕިކް ކޮމީޓީއަށާއި ކަމާއި ބެހޭ ފަރާތްތަކަށް އެންގި އެވެ.

އަދި ހަމައެކަނި ބިޑް ކޮށްލައިގެން ތިބުމުގެ ބަދަލުގައި ތަފާތު ގޮތަކަށް ކެމްޕޭން ބައްޓަންކޮށް، ދިވެހިރާއްޖެ ބައިނަލްއަޤްވާމީ މުޖްތަމައަށް އެނބުރި އައުމުން ޤައުމުން ރާއްޖެ ބަލައިގަތް ބަލައގަތުމުގެ ބޭނުން ހިފަންވެސް ސަރުކާރުން ބޭނުންވިއެވެ. އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް، އިންޑިއާ ކަނޑުގައި ހިމެނޭ ގައުމުތަކުގެ ވެރިންނަށް، މިބިޑްގައި ރާއްޖެއަށް ތާއިދުކޮށްދިނުމަށް އެދިވަޑައިގެން ސިޓީފުޅެއް ފޮނުއްވި އެވެ. މި ސިޓީފުޅުތައް ހިއްޕަވައިގެން، އެގައުމުތަކަށް ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ފޮނުއްވީ، ރައީސްގެ ޚާރިޖީ ސިޔާސަތު ހިންގެވުމާއި ހަވާލުވެހުންނެވި އަދި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އެންމެ ތަޖުރިބާކާރު ވަޒީރު އަބްދުﷲ ޝާހިދެވެ.

ބިޑްކޮށްލައިގެން ތިބުމުގެ ބަދަލުގައި ބިޑް ކާމިޔާބުކުރުމަށް ޑިޕްލޮމެޓިކް މަސައްކަތްތަކެއް މިނިސްޓަރ ޝާހިދު، ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހުލޫފާއިއެކު ވަޑައިގެން ކުރެއްވި އެވެ.

ގައުމުތަކުގެ ވެރިންނާއި އެކު ބޭއްވެވި ބައްދަލުވުންތަކުގައި މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުތައް ގައުމުތަކުން ބަލައިގަތްކަން ވޯޓުގެ ނަތީޖާއިން އެވަނީ ހާމަވެފައެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ސީޝެލްސްގެ ސަޕޯޓް އޮތްކަން އެގައުމުގެ ރައީސް މިނިސްޓަރ ޝާހިދަށް އެންގެވުމުން، ރާއްޖޭގެ ވޯޓާއިއެކު ރާއްޖެއަށް އިތުރު ވޯޓެއް ކަށަވަރުވި އެވެ. އަދި ފަރަންސޭސީ ދައުލަތުގެ ތެރޭގައި ހިމެނޭ ރިޔޫނިއަން އައިލެންޑްސްއާއި މަޔޯޓްގެ ފަރާތުން ތާޢީދު ލިބޭނެކަން ފަރަންސޭސީ ސަރުކާރުން އެންގުމުން އަނެއްކާވެސް ވޯޓެއް އިތުރުވެ، 3 ވޯޓު ލިބޭނެކަން ކަށަވަރުވި އެވެ.

މޮރިޝަސްގެ ވެސް ތާއިދާއިއެކު ރާއްޖެއިން އައި.އޯ.އައި.ޖީ 2023 ރާއްޖޭގައި ބާއްވަން މިހާރު ކަނޑައެޅިފައިވާއިރު، މިއީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބޭރު ގައުމުތަކުން ބަލައިގެންފައިވާކަމުގެ ހެއްކެކެވެ. މަޑަގަސްކާ އަދި ކޮމޮރޯސް ކުރިމަތިލާފައި އޮއްވައިވެސް ފަރަންސޭސީ ވިލާތުން ރާއްޖެއަށް ތާޢިދުކުރަން ނިންމި ނިންމުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ޔޫރަޕުންވެސް ބަލައިގެންފައިވާކަން ދޭހަކޮށްދޭ ކަމެކެވެ.

މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖެއަށް ކާމިޔާބު މިކުރެވުނީ ރައީސް ސޯލިހްގެ ދުރުވިސްނޭ ލީޑަރޝިޕާއި، ހާރިޖީ ވަޒީރުގެ ތޫނުފިލި ޑިޕްލޮމެސީގެ ސަބަބުންނެވެ. އަދި ދިވެހިން 2018 ވަނަ އަހަރު ވޯޓުދިން ޖަޒީރާ ރާއްޖެ މެނިފެސްޓޯއަށް އިންޑިއާ ކަނޑުގެ ގައުމުތަކުގެ ތާޢީދުވެސް ލިބުމުންނެވެ. ދެން އޮތީ މުބާރާތަށް ތައްޔާރުވެ، މުބާރާތުން ރަނގަޅު ނަތީޖާއެއް ނެރުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅިވަރުގެ އުމްރާނީ ތަރައްގީއަށްޓަކައި، އައިއޯއައިޖީ ގޭމްސް ރާއްޖޭގައި ބާއްވަން ޖެހޭ

ކުޅިވަރުގެ އުމްރާނީ ތަރައްގީއަށްޓަކައި، އައިއޯއައިޖީ ގޭމްސް ރާއްޖޭގައި ބާއްވަން ޖެހޭ

11 ޖުލައި 2019
އިންޑިއަން އޯސަން އައިލޭންޑް ގޭމްސް: ދިވެހި އެތުލީޓުން މެޑަލްތަކެއްގެ ފޮނި އުންމީދުގައި!

އިންޑިއަން އޯސަން އައިލޭންޑް ގޭމްސް: ދިވެހި އެތުލީޓުން މެޑަލްތަކެއްގެ ފޮނި އުންމީދުގައި!

25 ޖޫން 2019
ރާއްޖެއަށް އޭއެފްސީ ކަޕްގެ ޖާގަ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ އެފްއޭއެމް!

ރާއްޖެއަށް އޭއެފްސީ ކަޕްގެ ޖާގަ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ އެފްއޭއެމް!

24 ނޮވެމްބަރު 2018
އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

24 ޖޫން 2018
އަންހެނުންނަކީ ބޮކްސް އޮފީހުގައި 'ވިހައެއް' ނޫންކަން 'ވީރޭ ދި ވެޑިން' އަދި އޯޝަންސް 8' އިން ދައްކާލައިފި!

އަންހެނުންނަކީ ބޮކްސް އޮފީހުގައި 'ވިހައެއް' ނޫންކަން 'ވީރޭ ދި ވެޑިން' އަދި އޯޝަންސް 8' އިން ދައްކާލައިފި!

17 ޖޫން 2018

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު