Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޤައުމާ މުޚާތަބު ކުރެއްވުން

ކީރިތި ކުރައްވައި ރައީސް ދެއްވި ޚާއްސަ މެސެޖުން ފެނުނީ ރައްޔިތުންނަށް އޮތް ލޯބި

ރައީސް ވިދާޅުވީ، އެކަކު އަނެކަކަށް އޯގާތެރިވުމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2020 | ބުދަ 13:28
ރައީސް އިބްރާޙިމް މުޙައްމަދު ސޯލިޙު ޤައުމާ މުޚާތަބު ކުރެއްވުން

ރައީސް އިބްރާޙިމް މުޙައްމަދު ސޯލިޙު ޤައުމާ މުޚާތަބު ކުރެއްވުން

މިއަދު ދިވެހި ޤައުމު އަލިވިލުނީ ކޮވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވްވި ޚަބަރާއެކުއެވެ. ކޮވިޑް-19 އާއި ގުޅިގެން ފަހުގެ ތާރީޚެއްގައި ދިވެހިން ސިއްސުވާލި ބޮޑު ޚަބަރަކަށް އެކަން ވެގެން ދިޔައީ މީގެ ކުރިއާ ޚިލާފަށް މިފަހަރު ޕޮޒިޓިވްވި މީހާއަކީ ރާއްޖޭން ބޭރުގެ ދަތުރުފަތުރުގެ ހިސްޓްރީއެއް އޮތް މީހަކަށް ނުވާތީއެވެ. މާލެ ތެރެއިން ޕޮޒިޓިވްވި ފުރަތަމަ ކޭސްއަށް ވާތީއެވެ.

އެހިސާބުން ރައްޔިތުންގެ މެދުގައި އުފެދުނު ހިތްނުތަނަވަސްކަމާއި ބިރުވެރިކަން، އެވަގުތުން ފެށިގެން ފެންނަމުން ދިޔައެވެ. މާލެ ސަރަޙައްދު ލޮކްޑައުން ކުރުމުގެ ކުރިން ފެނުނީ ފިހާރަތަކާއި ކަބޯތަކެތި ވިއްކާ ތަންތަން ތޮއްޖެހުނު މަންޒަރެވެ. މުޅި މާލެ ހަލަބޮލިވެގެން ދިޔަ މަންޒަރެވެ. މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރައްޔިތުންގެ ހިތްތަކަށް ތަސައްލީއެއް ގެނުވި އެއް ކަމަކަށް ދިވެހި ޤައުމުގެ ހުންގާނުގައި ހިއްޕަވައިގެން ހުންނެވި، ޤައުމުގެ ރައީސް އިބްރާޙިމް މުޙައްމަދު ސޯލިޙު ޤައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅު ވެގެންދާނެ ކަން ޔަޤީނެވެ. އަސަރާއެކު ކީރިތ ކުރައްވައި ރައީސް ދެއްވި މެސެޖުންވެސް ދިވެހިންގެ ހިތްތަކަށް އިތުރު ހިތްވަރަކާއި، އެއްބައިވަންތަކަމުގެ އިތުރު ޖޯޝެއް ގެނުވިކަން ޔަޤީނެވެ.

ވާހަކަފުޅު ފައްޓަވަމުން ރައީސް ވަނީ ޤައުމުގެ ޙާލަތަށް އަލިއަޅުވާލައްވައި، ދިވެއްސަކު މާލެއިން ޕޮޒިޓިވްވުމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކަށް ދައުލަތުގެ މުއައްސަސާތައް ތައްޔާރުކަމަށް ވިދާޅުވެފައެވެ. އަދި ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މިފަދަ ދުވަހެއް އައުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަވަސްވެގަތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ނުހަނު އަސަރާއި ބަލާޢަތްތެރިކަމާއެކު މި ވާހަކަފުޅު ކުރިއަށް ގެންދަވަމުންގޮސް ވަކި ހިސާބަކުން ފެނިގެންދިޔައީ ފެންކަޅިވެ، ވާހަކަފުޅު ކުރިއަށް ނުގެންދެވިގެން އުޅުނު މަންޒަރެވެ. އޭރު ދައްކަވަމުން ގެންދެވީ ރާއްޖެއަށް ކުރިމަތިވެފައިވާ މި ހިތްދަތި ދަނޑިވަޅުގެ ވާހަކައެވެ. ދިވެހި ރައްޔިތުންގެ ކިބައިން ކެތްތެރިވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކުގެ ވާހަކަ ރައީސް ދެއްކެވީ ފެންކަޅިވެ އިންނަވައިގެންނެވެ.

ކީރިތި ކުރައްވައި ހުރިހާ ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގަތީ ރައްޔިތުން އެކަކު އަނެކަކަށް އޯގާތެރިވެ، ދީނުގެ މަތިވެރި އުސޫލުތަކުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިވުމަށެވެ. އަދި މިވަގުތަށް އެޅެން އޮތް އެންމެ މުހިއްމު ފިޔަވަޅަކީ ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުން ކަމަށާއި، ސިއްޙީ ތަޖުރިބާކާރުންގެ ލަފައަށް އަމަލު ކުރުންކަން ރައީސްގެ މެސެޖުގައި ފާހަގަ ކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުން ފެނިގެން ދިޔައީ އެމަނިކުފާނުގެ ހިތްޕުޅުގައި ދިވެހި ރައްޔިތުންނަށް ދެވިފައިވާ މަތިވެރި ލޯތްބާއި ޤަދަރެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ ރައްޔިތުންނަށް ވީ ޙާލެއްގައި ވުމަށް ކަމަށާއި، ރައްޔިތުންގެ ރައްކާތެރި ކަމަކީ އެމަނިކުފާނުގެ ރައްކާތެރިކަން ކަމަށް ވިދާޅުވި ބަސްފުޅުގެ ތެދުކަން ފެނިގެންގޮސްފިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު