Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕިކްނިކް އައިލެންޑް

ޕިކްނިކް އައިލެންޑް: މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އުއްމީދުގައި ކުލަޖައްސައިދޭނެ ތަނެއް

މާލެ ކައިރީގައި އެއްވެސް ރަށެއް ޕިކްނިކް ދިއުމަށް މިހާރު ނެތް

އަމްނާ އިމާދު
އަމްނާ އިމާދު | 9 ނޮވެމްބަރު 2019 | ހޮނިހިރު 11:51
މަލަހިނި ކުޑަ ބަނޑޮސް ރިސޯޓު

މަލަހިނި ކުޑަ ބަނޑޮސް ރިސޯޓު

ތޮއްޖެހިފައިވާ މާލެ ސިޓީގެ ކާރުބާރުބޮޑު މަގުތަކާއި އެއްވާންޏެއްގައި އިވެމުންދާ ބަރުގޮނުގެ އަޑާއި، ވަށައިގެންވާ ކޮންކްރީޓުން ބޭރަށް ނުކުތުމަށް މި ސިޓީގައި ދިރިއުޅޭ އެންމެން ވެސް ބޭނުންވެއެވެ. ބަންދުގެ ގޮތުގައި ކިތަންމެ ކުޑަ ވަގުތުކޮޅެއް ލިބުނަސް މުޅި ސިޓީން މީހުން ހުސްވެ ހިމޭންކަންވެރިވެއެވެ. ނަމަވެސް ބައެއް މީހުންނަށް ވީކެންޑް ލިބުނަސް ވަޒީފާ ހުންނަ ގޮތުން ދުރު ރަށްތަކަށް ފުރައިގެން ނުދެވެއެވެ. އެހެންކަމުން މިތަނުގައި ދިރިއުޅޭ ގިނަ މީހުންގެ ޝަކުވާއަށް ވެފައިއޮތީ އާއިލާއާ ރައްޓެހިންނާއެކު މޫދަށް އެރި މަޖާކޮށްލާނެ ތަނެއް ނެތުމާއި ހިތްފަސޭހަކޮށްލާ ތާޒާވައިގެ ތެރެއަށް ނުކުމެލާނެ ތަނެއް ނެތުމެވެ.

އަހަރުތަކެއްގެ ދިގު އިންތިޒާރަށްފަހު މި އިންތިޒާރެއް ނިމުމެއް ގެނެސްދީ މާލެ ކައިރިން ޕިކްނިކް ދެވޭނެ ރަށެއް ހައްދައި ދެއްވާނެކަމުގެ ވައުދު މި ސަރުކާރުންވިއެވެ. އަދި އެ ދުވަހެއްގެ އިންތިޒާރުގެ އެތައް ހާސް ބަޔަކު މިހާރު ތިބީ ކެތް މަދުވެފައެވެ.

މާޒީގެ ތެރެއަށް ޖެހިލާއިރު، ކުރިން މާލެސިޓީގައި ދިރިއުޅެމުން ދިޔަ އާއިލާތައް ހަފްތާ ބަންދުގައި ކުޑަބަނޑޮހާއި ފޭދޫ ފިނޮޅަށް ފިކްނިކްދެއެވެ. ހިތްގައިމު ދޮންވެލި ގޮނޑުދޮށުން ލިބިގަންނަ އެ އުފަލަކީ އާއިލާ މެމްބަރުންނާއި ގިނަ ރައްޓެހިންނާއި ދިމާވެ އިޖްތިމާއީ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާ ސަބަބަކަށް އޭރު އޮތީވެފައެވެ. ނަމަވެސް މީގެ ހަތަރު އަހަރު ކުރުން މި އުފާވެރި ފިކްނިކް ދަތުރުތަކަށް ނިމުން އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޕިކްނިކް އައިލެންޑްތައް ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރަން ދިނުމާއެކުއެވެ.

އެތައް ބައެއްގެ ގޮވެލިތަކަށް ބީރު ކަންފަތެއްދީ ކުރީ ސަރުކާރުން އެކަންވެސް ކުރިއެވެ. މިނިންމުމާއެކު ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރިނަމަވެސް ޕިކްނިކްދާނެ އެހެން ރަށެއް ދައްކާނެ ކަމަށްބުނެ އޭރުގެ ސަރުކާރުން މިކަންބޮޑުވުންތަކަށް މާބޮޑު އަހައްމިއްޔަތުކަމެއް ނުދިނެއެވެ. ދައްކަމުން ދިޔައީ ކުލަ ނުޖެހޭ ހުވަފެންތަކެއްގެ ވާހަކައެވެ.

ފިކްނިކް އައިލެންޑްގެ ހުވަފެން ބިލާހަކަށްވެ އެއީ ފަނޑުވި އުންމީދުތަކަށް ހަދައިގެން މާލެ ސިޓީގެ ރައްޔިތުން ތިއްބާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިވަނީ މި ހުވަފެނުގައި ކުލަޖައްސުވައިދީފައެވެ. ދަތުރުދިއުމަށް އެނބޫދޫ ފަޅުން ސަރަހައްދެއް މިހާރު މިވަނީ ޚާއްސަކޮށް، މަސައްކަތް ފަށާފައެވެ. މާލެއިން ފުރައިގެން 15 މިނެޓުން ދެވޭ އެނބޫދޫފަޅުގެ ހުޅަނގުން ހިއްކާފައިވާ އެ ސަރަހައްދުގެ ބޮޑު މިނަކީ 3.3 ހެކްޓަރެވެ. އެތަނުގައި މޫދު ކުޅިވަރާއި ބާބަކިއު ހެދޭނެ ތަންތަނާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރު ކުޅޭނެ ތަންތަނާއި އާއިލީއެކު ތިބެވޭނެ ކޮޓަރިތަކާއި އަވަސް ފަރުވާ ދޭ ރޫމެއް ވެސް ހެދުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޕްލޭނިން މިނިސްޓްރީން ވަނީ ފިކްނިކް އައިލެންޑް ތަރައްގީ ކުރާނެ ގޮތުގެ ހިޔާލު ހޯދުމަށް ރައްޔިތުންނަށް ހުޅުވާލާފައެވެ. ރައްޔިތުންގެ ހިޔާލާއި އެއްގޮތަށް ކަންކަން ކުރުމަށް ނިންމާ އެ ފުރުސަތު ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލާފައެވެ.

އާންމުންގެ ހިޔާލު ހޯދުމަށް ހާއްސަ ހަފްލާއެއް މިމަހު 12 ވާ އަންގާރަ ދުވަހު އޮންނާނެއެވެ. އެގޮތުން އެދުވަހުގެ ހަވީރު 04:00 އިން 06:00 އަށް ދަރުބާރުގެ ހަކުރާ މާލަމުގައި ރައްޔިތުންނާ ބައްދަލުކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ތަރައްގީ ކުރެވޭ މި ޕިކްނިކް އައިލެންޑްއާ ބެހޭ ގޮތުން 'ރާއްޖެ އެމްވީއަށް' މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފް ވިދާޅުވީ ތޮއްޖެހިފައިވާ މާލޭގައި ރައްޔިތުން ދިރިއުޅެމުންދަނީ ހާސްކަމެއްގެ ތެރޭގައި ކަމަށާއި، މާލެ ކައިރިން ޕިކްނިކް ދިއުމަށް ޚާއްސަ ރަށެއް ތަރައްގީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން ސަމާއު ވިދާޅުވީ ޕިކްނިކް އައިލެންޑް ތަރައްގީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުޅުވާލި ފުރުސަތުގެ ބޭނުން ހުރިހާ ރައްޔިތުން ހިފުމަށް އެދޭ ކަމަށެވެ. އަދި މިރަށް ތަރައްގީ ކުރުމަށް ވީހާ ވެސް ގިނަ ރައްޔިތުން ހިޔާލު ހުށަހެޅުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އަދި 12 ވާ އަންގާރަ ދުވަހު ބާއްވާ ބައްދަލުވުމަށް ގިނަ ރައްޔިތުން ދިއުމަށް ސަމާއު އެދިވަޑައިގެންނެވިއެވެ.

އެނބޫދޫފަޅު ޕިކްނިކް އައިލެންޑްގެ ތަރައްގީ ކުރުމާ ބެހޭ ގޮތުން ބައެއް އާންމުން ބުނީ ގިނަ ދުވަސްތަކަކަށްފަހު ޕިކްނިކްއަށް ޚާއްސަކޮށް ރަށެއް ތަރައްގީ ކުރާތީ އުފާވާ ކަމަށާއި، އުންމީދުކުރަނީ އެރަށަށް ގިނަ އާއިލާތަކަކުން ޕިކްނިކް ދިޔަނަމަވެސް ތޮއްނުޖެހޭ ގޮތަކަށް އިންތިޒާމްތައް ހަމަޖައްސައިދިނުން ކަމަށެވެ. މިއީ ސަރުކާރުން ރައްޔިތުންނަށްޓަކައި ނިންމި ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ބައެއް މީހުން ބުނެއެވެ. އަދި މިހާރު މާލެ ކައިރީގައި ޕިކްނިކްދާނެ ރަށެއް ނެތުމުން ބޮޑު ހަރަދުކޮށްފައި ގެސްޓްހައުސްތަކަަށް ރަށްރަށަށް ޕިކްނިކް ދާކަމަށެވެ.

މާލޭގައި ޕިކްނިކް ދިއުމަށް ރަސްފަންނާއި، އަރޓިފިޝަލް ބީޗްގެ އިތުރުން ވިލިމާލެ މޫދާއި، ހުޅުމާލެ މޫދަކުން ނިންމާލެވޭކަށްނެތެއެވެ. މިއީ މާލެސިޓީގެ ރައްޔިތުންގެ އާބާދީއަށް ބަލާއިރު ނުކަތާވަރަށް ގޯންޏަކަށް އެއްޗެއް އަޅާލުންފަދަ ކަމެކެވެ.

ރާއްޖޭގެ އާބާދީގެ ތިން ބައިކޮށްފައި ދެބައި މާލެސިޓީގައި ދިރިއުޅޭއިރު، މާލެ ކައިރިން ރަށެއް ޕިކްނިކް ދިއުމަށް ޚާއްސަ ކުރަންޖެހެއެވެ. އަދި މިކަމަށް ވަކާލަތު ކުރާ އެތައް ރައްޔިތުންނެއް މާލޭގައި ދިރިއުޅޭއިރު މިއީ ޒަރޫރީ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2017

ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

19 ނޮވެމްބަރު 2017
ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!
21 ސެޕްޓެމްބަރު 2017

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017
ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟
14 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު
05 ޖޫން 2017

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ
31 މެއި 2017

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017
ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.
26 މެއި 2017

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!
15 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!
03 އެޕްރީލު 2017

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު