Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހިޔާ މަޝްރޫއުގެ ހިޔާނާޔް

ސިޔާސީ މަޤާމުތަކަށް ޚާއްސަކޮށް 400 ށް ވުރެ ގިނަ ފްލެޓް!

މިނިސްޓްރީތަކުން އެކަނިވެސް 300 އާ ގާތްކުރާ އަދަދަކަށް ފްލެޓު ލިބޭކަމަށް ކަނޑައަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 އޯގަސްޓު 2020 | ހޯމަ 15:45
ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ ބައެއް ބޭފުޅުން

ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ ބައެއް ބޭފުޅުން

ހިޔާ ފްލެޓު މަޝްރޫއުގެ ދަށުން "ޙައްޤުވެރިންނަށް" ފްލެޓް ލިބިދީފައިވާ ގޮތުގެ ވާހަކަ ދައްކާލާއިރު، ނިމިދިޔަ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާ ގުޅުންހުރި މީހުންގެ ޙާލަތުވެސް ބަލާލުން މުހިއްމެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން ފްލެޓް ލިބޭ ކަމަށް ކަނޑައެޅި ފަރާތްތަކުގެ ލިސްޓު "ރާއްޖެއެމްވީ" އިން ދިރާސާކޮށް ބެލި ބެލުމުން އެނިގެންދިޔައީ ސިޔާސީ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާގެ މެމްބަރުންނާ ދިމާލަށް ފްލެޓްތައް އަރިއަޅާލައިފައިވާ ކަމެވެ.

ކެބިނެޓް މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ގޮތަށް، އެ ފަރާތްތަކާއި، އާއިލާއާއި، ކައިވެނިކޮށްގެން އުޅޭ މީހުންގެ އާއިލާވެސް ހިމެނޭ ގޮތަށް 140 މީހަކަށް ކުރީ ސަރުކާރުން ފްލެޓް ދީފައިވެއެވެ. އަދި އެއީ މިނިސްޓްރީތަކުގައާއި، އެކި އިދާރާތަކުގައި ތިއްބެވި ކޯޑިނޭޓަރުންނާއި، މެނޭޖަރުން ފަދަ ސިޔާސީ މަޤާމުތައް ނުހިމަނައެވެ.

ކެބިނެޓު މިނިސްޓަރުންގެ ތެރެއިން:

ސްޓޭޓް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ ތެރޭގައި ކުރީގެ ސީޕީ އަދި ކުރީ ސަރުކާރުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ހުސައިން ވަޙީދުގެ އާއިލާގެ 2 މެމްބަރަކަށް އޮތީ ފްލެޓް ދީފައެވެ. ނަމަވެސް ފާހަގަ ކޮށްލެވޭ ކަމަކީ އޭރު ސީޕީ ހުސައިން ވަޙީދު ސީޕީ ކަމުގައި ހުންނަވަނިކޮށް، ފުލުހުންގެ އިދާރާތެރޭގައި ކޮރަޕްޝަން އޮތްކަމަށް ތުހުމަތު ކުރައްވައި ކުއްލި ގޮތަކަށް، ފްލެޓްތައް ދޫކުރުމުގެ ބެލެނިވެރި ފަރާތް ކަމަށްވާ ހައުސިންގ މިނިސްޓްރީގެ ސިޔާސީ މަޤާމަކަށް އޭނާ ބަދަލު ކުރެވުނުކަމެވެ.

އޭގެ އިތުރުން، ކުރީގެ ސީޕީ ހަމްދޫން ރަޝީދުގެ އާއިލާގެ 2 މެމްބަރަކަށްވެސް ފްލެޓް ލިބިފައިވާކަން "ރާއްޖެއެމްވީ" އިން ބެލި ބެލުމުން ފާހަގަ ކުރެވުނެވެ.

ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން 7 ޑެޕިއުޓީ މިނިސްޓަރަކަށް ފްލެޓް ލިބިފައިވެއެވެ. އަދި ޑެޕިއުޓީ މިނިސްޓަރުން ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން 4 މީހަކަށް ފްލެޓް ލިބިފައިވާއިރު، ރައީސް ޔާމީނުގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވި މުއާޒްގެ އަނބިކަނބަލުންނަށް ވެސް ފްލެޓް ދީފައިވާކަން ފާހަގަވެގެން ދިޔައެވެ.

ހައްތަހާވެސް ރައީސް ޔާމީނަށް ސަނާ ކިޔުއްވުމުގައި ކަށިން ހިތްވަރު ނެރިގެން މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. ޕީޕިއެމްގެ ސިޔާސީ ޙަރަކާތުގައި ކުރީ ސަފުގައި މަސައްކަތް ކޮށްދެއްވި ބޭފުޅުންނެވެ. އޭރު ފޮރިން މިނިސްޓްރީގެ ސިޔާސީ މަޤާމެއްގައި ހުންނެވި، އަދި މިހާރު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސްޕޯކްސްޕަރސަން ހީނާ ވަލީދަށްވެސް "އިއްތިފާޤުން" ފްލެޓް ލިބިފައިވާކަން ރާއްޖެއެމްވީއަށް ފާހަގަވިއެވެ. އެވަރުން ނިމުނީއެއް ނޫނެވެ. އެކަމަނާގެ އާއިލާ 2 މެމްބަރަކަށްވެސް ފްލެޓް ލިބިފައިވެއެވެ.

ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އާއިލާގެ 50ށް ވުރެ ގިނަ މީހުންނަށް ފްލެޓް ލިބިފައިވާއިރު، އެވަރުން ނިމުނީއެއް ނޫނެވެ. ޑެޕިއުޓީ މިނިސްޓަރުން ކައިވެނިކޮށްގެން އުޅޭ މީހުންގެ އާއިލާތަކުންވެސް އެތައް ބަޔަކަށް ފްލެޓް ދީފައިވާކަން ލިސްޓަށް ބަލާލުމުން އެނގިގެން ދިޔައެވެ.

އޭގެ އިތުރުން، މިފަރާތްތައް ނުހިމަނައި ވަކި ވަކި މިނިސްޓްރީ ތަކާއި، ސަރުކާރުގެ އިދާރާތަކުގެ އެކި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އާއިލާތަކުންވެސް 300 އާ ގާތްކުރާ އަދަދަކަށް ފްލެޓް ލިބިފައިވެއެވެ. އޭގެ ތެރޭގައި އެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، އެމީހުންގެ އަނބިދަރިންވެސް ހިމެނެއެވެ.

ރަށްރަށުގެ ހެލްތު ސެންޓަރުތަކުގައި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހަމަ އެފަދައެވެ. އެގޮތުން ރާއްޖެއެމްވީން ހޯދި ހޯދުމުން އެނގިގެން ދިޔައީ، ރައީސް ޔާމީނުގެ ސަރުކާރުގައި ރަށްރަށުގެ ހެލްތް ސެންޓަރުތަކަށް އައްޔަނު ކުރައްވާފައިވާ ބޭފުޅުންނާއި، އާއިލާއާއި، ކައިވެނި ކޮށްގެން އުޅޭ މީހުން ހިމެނޭ ގޮތަށް 30ށް ވުރެ ގިނަ މީހުންނަށް ފްލެޓް ލިބިފައިވާ ކަމެވެ.

ރަށްރަށުގެ ސިއްޙީ ނިޒާމަށް މާބޮޑު ކުރިއެރުމެއް އައިސްފައި ނެތް ނަމަވެސް، ޤައިމުވެސް ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ ކުރިއެރުން އިންތިހާއަށް އޮތްކަން ކަށަވަރެވެ. ފްލެޓް ލިސްޓް ދިރާސާ ކުރަމުން ދިޔައިރު ރާއްޖެއެމްވީއަށް ދޭހަވި އެންމެ ބޮޑު އެއް ކަމަކީވެސް އެއީއެވެ. މަސްއޫލިއްޔަތު އަދާ ނުކުރެވުނު ނަމަވެސް، މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ދިރިއުޅުން އިތުރަށް ތިޔާގިވެގެން ދިޔަ ކަމެވެ.

ކޮންމެއަކަސް، މި އަދަދުތަކާއެކު، ހަމައެކަނި މި ފާހަގަ ކުރި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އާއިލާތަކަށް ނިސްބަތްވާ 400ށް ވުރެ ގިނަ މީހުންނަށް ވަނީ ފްލެޓް ލިބިފައެވެ. އެހެން ނަމަވެސް އުފެދޭ ސުވާލަކީ ސަރުކާރުގެ މަތީ ފެންވަރުގެ މަޤާމުތަކުގައި ތިއްބެވި އެތައް ބޭފުޅުންނަކާއި، އެ ބޭފުޅުންގެ އަނބިދަރިންނަށް އޭރުގެ ސަރުކާރުން ފްލެޓް ދީފައި މިވަނީ ހަމަ ޙަޤީޤަތުގައިވެސް އިންސާފުންބާއެވެ؟ ފްލެޓު ލިބުނު މީހުންގެ ލިސްޓުގެ ތެރެއަށް ފީނައި ބަލާއިރު، ފްލެޓު ލިބިފައިވާ މީހުން ގޮސް ސިޔާސީ ބޭފުޅަކާ މި ގުޅިގެން ދަނީވެސް ހަމަ އިއްތިފާޤުންބާއެވެ؟

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިކަން ސިޔާސީ ނުކުރާށެވެ!

މިކަން ސިޔާސީ ނުކުރާށެވެ!

15 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު