Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ޑިޒައިނިންގެ މައްސަލައާހުރެ ހުޅުވާނެ ތާރީހެއް ބުނަން ދަތި: އައްޑު ސިޓީ މޭޔަރ

24 ފެބުރުއަރީ 2020 | ހޯމަ 17:12

މިއީ މަޝްވަރާ ކުރުމެއްނެތި މަސައްކަތް ކުރިއަށް ގެންދިއުމުން ދިމާވާ މައްސަލަ

އަމްނާ އިމާދު
އަމްނާ އިމާދު | 24 ފެބުރުއަރީ 2020 | ހޯމަ 17:12
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

ޓަރޝަރީ ފެންވަރަށް ތަރައްގީ ކުރަމުންދާ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްއަށް މިހާރު ދިމާވަމުންދާ މައްސަލަތަކަކީ ތަރައްޤީކުރިއިރު މަޝްވަރާ ކުރަންޖެހޭ ވަރަށް މަޝްވަރާކުރުމެއް ނެތި އެމަސައްކަތް ކޮށްފައިވާތީ ދިމާވާ މައްސަލަތައް ކަމަށް އެސިޓީގެ މޭޔަރު އަބްދުﷲ ޞާދިޤު (ސޯބެ)ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ޞާދިޤު ވިދާޅުވީ ހޮސްޕިޓަލްގެ ޢާންމު މަސައްކަތްތައް ނިންމާ ހޮސްޕިޓަލް ހުޅުވަން އެތައް ތާރީޚެއް ކަނޑައެޅިއްޖެ ކަމަށާއި، ނަމަވެސް ނުހުޅުވި ލަސްވަނީ ހޮސްޕިޓަލުގެ ޑިޒައިންގެ މައްސަލަތަކެއް ދިމާވާތީ ކަމަށެވެ.

Advertisement - newsAdvertisement

ޞާދިޤު ވިދާޅުވީ ހޮސްޕިޓަލް ތަރައްޤީ ކުރި ޢީމާރާތަކީ މުޅިން އެހެން ކަމަކަށް ތަރައްޤީ ކުރި ތަނެއް ކަމަށެވެ. އެހެންކަމުން މިހާރު ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް ޞާދިޤު ވިދާޅުވިއެވެ. އަދި ވިދާޅުވީ ހޮސްޕިޓަލް ތަރައްޤީ ކުރުމަށް ކަމާބެހޭ ޞިއްޙީ މާހިރުން، ހައުސިން މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީގެ އިތުރުން ރައްޔިތުންނާ މެދު މަޝްވަރާކުރެވިގެން މަސައްކަތްތައް ކުރިއަށް ގެންދިޔަނަމަ މިހާރު ދިމާވާ ޑިޒައިންގެ މައްސަލަތައް ފެންމަތިނުވާނެ ކަމަށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ކައުންސިލާ ވެސް މަޝްވަރާކުރުމެއްނެތިކަން ފާހަގަކުރައްވައި ޞާދިޤު ވިދާޅުވީ މަޝްރޫޢުތައް ހިންގާއިރު ޑިޒައިނިންގެ މަސައްކަތުގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ނޫންނަމަ އޭގެ ހިތި ނަތީޖާ ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ގިނަ ޑިޒައިނިންގެ މައްސަލަތައް މިހާރު ފެންމަތިވަމުން އަންނަ ކަމަށެވެ.

ޞާދިޤު ވިދާޅުވީ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރގައި ސީލިންގ ހުންނަންޖެހޭނީ ވަކި ގޮތަކަށް ކަމަށް ޑޮކްޓަރުން ފާހަގަކުރި ނަމަވެސް ސީލިންގ ފަރުމާކޮށްފައިހުރީ ވެސް އާދައިގެ ގޮތަކަށްކަމަށެވެ. އަދި މިފަދަ އެތައް މައްސަލަތަކެއް ކުރިމަތިވަމުންދާ ކަން ޞާދިޤު ފާހަގަކުރެއްވިއެވެ.

ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތަކަށް އަލިއަޅުއްވާލައްވާ ޞާދިޤު ވިދާޅުވީ އަދި ކުރިއަށްދަނީ ޢާންމު ބަލިތަކަށް ފަރުވާ ދިނުން ކަމަށެވެ. އެޑްމިޓްކޮށްގެން ފަރުވާ ދޭންވެއްޖެ ނަމަ އަދިވެސް ފަރުވާ ދެމުންދަނީ ރީޖަނަލް ހޮސްޕިޓަލުގައި ކަމަށް ޞާދިޤު ވިދާޅުވިއެވެ. އެކްސްރޭ ފަދަ ޚިދުމަތްތައް ލިބޭއިރު، އަންނަ ހަފުތާ ތެރޭގައި އެމްއާރްއައިގެ ޚިދުމަތް ތަޢާރަފު ކުރެވޭނެކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ޞާދިޤު ވިދާޅުވިއެވެ.

މީގެ އިތުރުން ޞާދިޤު ވިދާޅުވީ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވޭނެ ދުވަހެއް ނޭނގޭ ކަމަށާއި، ނަމަވެސް އުންމީދުކުރަނީ ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށެވެ. ޞާދިޤު މިހެން ވިދާޅުވެފައިވާއިރު، 05 ނޮވެންބަރު 2019 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރ އިބްރާހީމް ނާޒިލް އައްޑޫ ޓަރޝަރީ ހޮސްޕިޓަލް ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚާގުޅޭ ގޮތުން ހެލްތު މިނިސްޓަރާއި ސުވާލު ދެންނެވުމުން މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވީ މިހާރު ކުރެވެމުންދަނީ ހޮސްޕިޓަލް ހުޅުވުމަށްކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އިކުއިޕްމެންޓްސްތައް މިހާރު ބެހެއްޓިފައިވާކަމަށާއި ތަނަށް ބޭނުންވާ މީހުން ނެގުމުގެ ބޮޑު ބައެއްވެސް ނިމިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ 100 އެނދުގެ ހޮސްޕިޓަލެކެވެ. މިހޮސްޕިޓަލް އެޅުމަށް އެލިއާ ކޮންސްޓްރަކްޝަންސް އާ ޙަވާލުކޮށްފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ ނޮވެންބަރ މަހުގެ 14 ވަނަ ދުވަހު އެވެ. މިއީ މާލެ އާއި ހުޅުމާލެ ފިޔަވައި އަތޮޅު ތެރޭގައި ތަރައްޤީކުރާ ފުރަތަމަ ޓަރޝަރީ ހޮސްޕިޓަލެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް