Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޓި ކޮރަޕްޝަން ކޮމިޝަން

ސިޔާސީ ހަތިޔާރަކަށް އޭސީސީ ހަދާކަށް ބޭނުމެއް ނުވޭ!

20 ފެބުރުއަރީ 2020 | ބުރާސްފަތި 11:06

ސިޔާސީ ހާލަތާއި ގުޅިގެން ގިނަ ސިޔާސީ ފަރާތްތަކާ ގުޅޭ ޝަކުވާތައް އާދޭ

އަމަން ހަލީމް
އަމަން ހަލީމް | 20 ފެބުރުއަރީ 2020 | ބުރާސްފަތި 11:06
އޭސީސީގެ މެމްބަރުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި

އޭސީސީގެ މެމްބަރުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި

ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އޭސީސީ ބޭނުންކުރުމަކީ ބޭނުންވާގޮތެއް ނޫންކަމަށް އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މަޢުލޫމާތު ދެއްވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، ސިޔާސީ މާޙައުލުގައި ކަން ހިނގާ ގޮތާއި ގުޅިގެން ވަރަށް ގިނަ ޢަދަދެއްގެ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ.

Advertisement - newsAdvertisement

މިހެން ހުށައެޅޭ ޝަކުވާތަކާއި ގުޅޭ މައްސަލަތަކުގައި ޢަމަލުކުރާ ގޮތް ބަޔާންކުރައްވަމުން ޝިއުނާ ވިދާޅުވީ، ސިޔާސީ ފަރާތްތަކާއި ގުޅޭ ޝަކުވާތަކަށް ޚާއްޞަ އިސްކަމެއް ދީގެން އެ ޝަކުވާތަކުގެ އޭސީސީން ބަލަމުންދާ ކަމަށެވެ. އަދި ތުހުމަތެއްގެ ގޮތުގައި އެތައް އަހަރުތަކެއް ވަންދެން އެ މައްސަލަ ބޭއްވުމުގެ ބަދަލުގައި އެ ޝަކުވާއެއްގެ ޞައްޙަކަން ވަޒަންކުރާ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ މަޝްރޫޢުތަކަށް އިޝާރާތްކުރައްވާ ޝިއުނާ ވިދާޅުވީ، އެ ޝަކުވާތަކަށް އިސްކަމެއް ދީގެން ބަލަނީ އެކަމެއް ވިޔަނުދިނުމަށްޓަކައި ކަމަށެވެ. އެގޮތުން މިހާރު ހިނގަމުންދާ މަޝްރޫޢަކާއި ގުޅޭ ޝަކުވާއެއް އަތުވެއްޖެނަމަ، އެކަމަށް އިސްކަންދޭނެ ކަމަށް ވިދާޅުވިއެވެ.

ޝިއުނާ މިވާހަކަތަައް ދެއްކެވީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީގެ މެންބަރުން ހާޒިރުކޮށް، ކުރިން ހިނގާފައި ހުރި ބޮޑެތި ޚިޔާނާތުގެ މައްސަލަތައް ބެލުން ލަސްވަމުންދާ ސަބަބާމެދު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވުމާއި ގުޅިގެންނެވެ.

އޭސީސީގެ މެންބަރުން ވަނީ އެ ހުރިހާ މައްސަލަތަކެއްވެސް ބަލަމުންދާ ކަމުގެ ޔަޤީންކަން ކޮމިޓީގައި ތިއްބެވި މެންބަރުންނަށް އަރުވާފައެވެ. ކޮމިޝަނާ ޙަވާލުވެވަޑައިގެންނެވިއިރުވެސް، ބެކްލޮގުގައި 700 އެއްހާ މައްސަލަތައް ހުރިކަން ފާހަގަކުރައްވާ ޝިއުނާ ވިދާޅުވީ، މިހާރު ހުށައެޅޭ މައްސަލަތަކަށް އިސްކަމެއް ދީގެން ބަލުމުންގެންދަނީ އެ ޙާލަތު އަލުން އަޔަ ނުދިނުމަށް ކަމަށެވެ.

އޭސީސީގައި މިހާރު ހުރި މައްސަލަތަކަށް ބަލާއިރު، އެ ކޮމިޝަނުން މިހާރުވެސް އަންނަނީ 1000 އަށް ވުރެ ގިނަ މައްސަލަ ބަލަމުންނެވެ. އެގޮތުން ތަހުޤީޤު މަރުޙަލާގައި 688 މައްސަލައެއް ބަލަމުން އަންނައިރު، ޝަކުވާ ވަޒަންކުރާ މަރުޙަލާގައި 328 މައްސަލައެއް އެބައޮތެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް