Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖެންޑަރ

ކަނޑައެޅިފައިވާ ތާރީހުތަކުގެ ކުރިން ގާނޫނުގައިވާ ކަންކަން ފުރިހަމަ ކުރާނަން: ޖެންޑަރ

މި ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވާފައިވަނީ 20 ނޮވެންބަރު 2019 ގަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2020 | ބުރާސްފަތި 03:21
ކުޑަކުދިން

ކުޑަކުދިން

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ކަނޑައެޅިފައިވާ ތާރީހުތަކުގެ ކުރިން ގާނޫނުގައިވާ ކަންކަން ފުރިހަމަ ކުރާނެ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސެސް އިން ބުނެފިއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ވަނީ ބުރާސްފަތި ދުވަހުންފެށިގެން އަމަލުކުރަން ފަށާފައެވެ.

Advertisement - newsAdvertisement

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ގާނޫނޫ ތަސްދީޤްކުރައްވާފައިވަނީ 20 ނޮވެންބަރު 2019 ގައެވެ. އެ ޤާނޫނުގައި ވާގޮތުން އެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ، އެ ޤާނޫނު ތަސްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 3 މަސް ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ. އެހެންކަމުން، ބުދަ ދުވަހުގެރޭ މެންދަމު 12 އިން ފެށިގެން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް އަމަލުކުރަން ވަނީ ފަށާފައެވެ.

މިކަމާއި ގުޅިގެން ޖެންޑަރ އިން ނެރުނު ބަޔާނުގައި އެ ގާނޫނުގެ މަގްސަދުތައް ބަޔާން ކޮށްފައިވެއެވެ. އެގޮތުން މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ކަށަވަރުކޮށްދިނުން ހިމެނޭ ކަމަށާއި ކުޑަކުދިންނަށް އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައްޔާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޢާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމަޢާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައަޅާފައިވެއެވެ. އިޖުތިމާޢީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެ ކުދިންގެ ޢާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ވެސް މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ޖެންޑަރ އިން ބުނެއެވެ.

ޖެންޑަރ އިން ބުނީ މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 30 ދުވަހުގެ ތެރޭގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަޞްލަހަތު ޙިމާޔަތްކުރުމަށް ޓަކައި ޚާއްޞަވެގެން މަސައްކަތްކުރާނެ އިދާރާއެއް "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް"ގެ ނަމުގައި އުފައްދަން ލާޒިމް ކުރާ ކަމަށެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ކައުންސިލް އުފެއްދުން ލާޒިމުކުރާ ކަމަށާއި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 90 ދުވަހުގެ ތެރޭގައި އޮމްބަޑްސްޕަރސަން ޢައްޔަންކުރަން ކުރަންވެސް ލާޒިމްވާ ކަމަށެވެ.

އެކަންތައްތަކުގެ އިތުރުން ޤާނޫނާ ގުޅިގެން އިޞްލާޙުކޮށް އެކުލަވައިލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި، ޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސް ދުވަސް ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހޭ ކަމަށް ވެސް ޖެންޑަރ އިން ބުނެއެވެ.

ޖެންޑަރ އިން ބުނީ އެ މިނިސްޓްރީގެ މަޤްޞަދަކީ ބަޔާންކުރެވުނު ތާރީޚުތަކުގެ ކުރިން ޤާނޫނުގައިވާ ކަންކަން ހާސިލުކުރުމަށް މަސައްކަތްކޮށް، އެ ކަންކަން ވީ އެންމެ އަވަސް ފުރުޞަތެއްގައި ފުރިހަމަކުރުން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު