Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ރިޔާސީ ބަޔާނަށް ޖަވާބު ދިނުން ހޯމަ ދުވަހު، އެއީ މައިނޯރިޓީ ލީޑަރުގެ ދުވަސް!

ރިޔާސީ ބަޔާނަށް ޖަވާބުދޭނީ ހޯމަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2020 | ބުދަ 06:07
މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ދެއްވާނީ ހޯމަ ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ރިޔާސީ ބަޔާނަށް އިދިކޮޅުން އަރުވާ ޖަވާބާއި ގުޅިގެން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ 24 ފެބްރުއަރީ ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާނަށް ދެއްވާ ޖަވާބު ދެއްވުމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު ވަނީ އެދިވަޑައިގެންފައިވާކަމަށެވެ.

Advertisement - newsAdvertisement

ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އޭދަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމް ވަނީ މައިނޯރިޓީ ލީޑަރުގެ ގޮތުގައި ހަމަޖެހިގެން ގޮސްފަ އެވެ. އެހެންކަމުން މިހާރު މަޖިލީހުގެ ގަވާއިދު ބުނާގޮތުން ރައީސް އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ މައިނޯރިޓީ ލީޑަރ އޭދަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 32 ވަނަ މާއްދާގެ (ރ) ގައިވާގޮތުގެ މަތިން ރިޔާސީ ބަޔާނަށް ދޭ ޖަވާބު ތައްޔާރުވުމުން އެ ޖަވާބުދޭނެ ޖަލްސާއެއް މަޖިލީހުގެ ރައީސަށް ޖަވާބުދޭ ފަރާތުން އެންގުމުން، އެ ޖަލްސާގައި އެ ޖަވާބު ދެވޭނެ ގޮތް މަޖިލީހުގެ ރައީސް ހަމަޖައްސަދޭން ޖެހޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ރިޔާސީ ބަޔާނަށް ޖަވާބުދެއްވާ ދުވަހަކީ މައިނޯރިޓީ ލީޑަރުގެ ދުވަސް ކަމަށެވެ. އެމްޑީޕީގެ 65 މެމްބަރުންގެ ނަން އިއްވުމަށްފަހު ނަމަވެސް ބަޔާން އިއްވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށެވެ. އަދި އުއްމީދު ކުރައްވަނީ އެ ބަޔާން ވެގެންދާނީ ވަކި ތަޖުވީދަކަށް އޮންނަ ބަޔާނަކަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިދައުރަށް ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅު މެމްބަރުން ދެއްވާ ޖަވާބު ތައްޔާރު ކުރެއްވުމަށް އިދިކޮޅު މެމްބަރުންގެ ބައްދަލުވުމެއް ހޯމަ ދުވަހު ބާއްވާފައިވެއެވެ.

މަޖިލީހުގައި މިހާރު ތިއްބަވަނީ އެމްޑީޕީގެ 65 މެމްބަރުން، ޕީޕީއެމްގެ 6 މެމްބަރުން، ޖުމްހޫރީ ޕާޓީގެ 5 މެމްބަރުން، އެމްޑީއޭގެ 2 މެމްބަރުން، ޕީއެންސީގެ 3 މެމްބަރުން އަމިއްލަ 6 މެމްބަރުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު