Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޯޓުތަކުގެ އިދާރީ ހިންގުން ބަދަލުކޮށްގެން އެކަނި ރައްޔިތުން ބޭނުންވާ ހަގީގީ ބަދަލު ނުފެންނާނެ: ރައީސް ސޯލިހު

19 ފެބުރުއަރީ 2020 | ބުދަ 03:34

ކޯޓުތަކަށް ދިމާވާ ވަރަށް ގިނަ ދަތިތައް ހުރިކަން ވެސް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 19 ފެބުރުއަރީ 2020 | ބުދަ 03:34
\'\'ގަޟާއީ އަހަރު 2020\'\' ގެ ހަފްލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ

\'\'ގަޟާއީ އަހަރު 2020\'\' ގެ ހަފްލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ހަމައެކަނި ކޯޓުތަކުގެ އިދާރީ ހިންގުން ބަދަލުކޮށް ގާނޫނުތައް އިސްލާހުކުރަމުން ރައްޔިތުން ބޭނުންވާ ހަގީގީ ބަދަލު ނުފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ގަޟާއީ އަހަރު 2020"ގެ އިފްތިތާހީ ޖަލްސާ އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޯޓުތަކުގެ ގާނޫނާއި، ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރުމުގެ ބިލުތައް ވަރަށް އަވަހަށް މަޖިލީހަށް ހުށަހެޅިގެންދާނެ ކަމަށެވެ. އަދި ޝަރުއީ ދާއިރާގެ ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް، ދިރާސާކޮށް ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާހުކޮށް ހަރުދަނާ ކުރުމުގެ ވާހަކަ ދައްކާއިރު، ކޯޓުތަކަށް ދިމާވާ ވަރަށް ގިނަ ދަތިތައް ހުރިކަން ވެސް ގަބޫލުކުރައްވާ ކަަމަށެވެ. އެގޮތުން މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ މިންވަރަށް ވަސީލަތްތައް ފުރިހަމަ ނުވުމާއި، މެޖިސްޓްރޭޓުން މަދުވުމަކީވެސް، އެންމެ ހަލުވިމިނުގައި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅޭ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޭގެ ތެރެއިން ވެސް އެންމެ ބޮޑު ކަމަކީ، މާލޭގައި ހުރި ކޯޓުތަކުގެ ޖާގައިގެ ދަތިކަންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މުޅި ރާއްޖޭގެ ނިސްބަތުން ވެސް އެންމެ ގިނަ މައްސަލަތައް ހުށަހެޅެނީ މާލޭގައި ހުރި ކޯޓުތަކަށް ކަމަށެވެ.

ހުޅުމާލެގައި ކޯޓު ކޮމްޕްލެކްސް އެއް ހެދުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ދާދި ފަހުން އެޗްޑީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ ކޯޓު ކޮމްޕްލެކްސް ހާއްސަ ކުރެވިގެންދާނީ ސިވިލް ކޯޓު، ފެމިލީ ކޯޓު އަދި ޖުވެނައިލް ކޯޓުގެ މަސައްކަތްތަކަށެވެ.

ރައީސް ވިދާޅުވީ، އެ މަޝްރޫއު ނިމޭއިރު މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ ޝަރީޢަތްތައް މިހާރަށް ވުރެ ހަލުވިމިނުގައި ކުރިއަށް ދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދީ އަދުލު އިންސާފު ގާއިމުކުރުމަކީ، ހަމައެކަނި ފަނޑިޔާރުގެއާ ފަނޑިޔާރުންނާ ހަމައިން ނިމޭ ކަންތައްތައް ނޫން ކަމަށެވެ. އެއީ އެތައް މުއައްސަސާއެއްގެ އެތައް ބަޔަކު ލާމެހިފައިވާ، ވަށައިޖެހޭ ނިޒާމަކުން ނޫނީ ހާސިލްކުރެވޭނެ ކަމެއް ނޫންކަން ރައީސްގެ ވާހަަކަފުޅުގައި ވަނީ ފާހަގަކުރެއްވާފައެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް