Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ

ޕާސްވޯޑްތައް ބަދަލުކޮށް، ކޯޕަރޭޓް އީމެއިލުން ސޯޝަލް މީޑިއާ ބޭނުން ނުކުރުމަށް އަންގައިފި

18 ފެބުރުއަރީ 2020 | އަންގާރަ 16:22

ފޫނުބެއްދޭވަރުގެ ގެއްލުންތައްވެސް މެދުވެރިވެގެންދާނެ: މިނިސްޓްރީ

އަލީ ސަމާޚް
އަލީ ސަމާޚް | 18 ފެބުރުއަރީ 2020 | އަންގާރަ 16:22
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް

ދައުލަތުގެ ބައެއް އިދާރާތަކުގެ އީމެއިލް އަދި ޕާސްވޯޑް ލީކްވުމާއި ގުޅިގެން، އެ އެކައުންޓުގެ ތަކުގެ ޕާސްވޯޑްތައް މިހާރުން މިހާރަށް ބަދަލުކޮށް އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތައް ރަޖިސްޓްރީ ކުރުމަށް ކޯޕަރޭޓް އީމެއިލް އެޑްރެސް ބޭނުންނުކުރުމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ސަރުކާރުގެ އިދާރާތަކަށް އިލްތިމާސް ކޮށްފިއެވެ.

ހެކަރުން ރާއްޖޭގެ ބައެއް މުއައްސަސާތަކުގެ އިމެއިލް އަދި ޕާސްވޯޑުތައް ލީކް ކޮށްލުމާއި ގުޅިގެން ކޮމިއުނިކޭޝަން މިނިސްޓްރީން ނެރެފައިވާ ސަރކިއުލާއެއްގައި ބުނީ، އީމެއިލް އަދި ޕާސްވޯޑް ލީކްވެގެން އުޅޭކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން އެ މިނިސްޓްރީއިން ބެލި ބެލުމުން ފާހަގަ ކުރެވިފައިވަނީ، ލީކްކޮށްފައިވާ އީމެއިލް އެކައުންޓްތަކަކީ ސަރުކާރުގެ ބައެއް އިދާރާތަކުގެ މުވައްޒަފުން، އެ މުވައްޒަފުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތައް ހެދުމަށްޓަކައި ބޭނުންކޮށްފައިވާ ކޯޕަރޭޓް އީމެއިލް އެކައުންޓްތައް ކަމަށެވެ.

Advertisement - newsAdvertisement

ސޯޝަލް މީޑިއާ ޚިދުމަތްތަކުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވާ ފަހަރުތަކުގައި އެފަދަ އެކައުންޓްތަކުގެ އީމެއިލް އަދި ސޯޝަލް މީޑިއާ އެކައުންޓްގައި ބޭނުންކުރި ޕާސްވޯޑް އިންޓަނެޓްގައި ޕަބްލިޝްކުރެއެވެ. މިނިސްޓްރީން ބުނީ، މީގެ ސަބަބުން ނަހަމަގޮތުގައި އެހެން ފަރާތްތަކަށް އެކައުންޓްތައް ބޭނުންކުރުމުގެ ފުރުޞަތު ހުޅުވި ފޫނުބެއްދޭވަރުގެ ގެއްލުންތައްވެސް މެދުވެރިވެގެންދާ ކަަމަށެވެ.

އެންސީއައިޓީ އިން ހޯސްޓްކޮށްގެން ނޭޝަނަލް ޑޭޓާ ސެންޓަރުން ބަލަހައްޓަމުންދާ އެއްވެސް ސިސްޓަމެއް ކޮމްޕްރޮމައިޒް ނުވާކަން ފާހަގަކުރަމުން އެ ސަރކިއުލާގައި ބުނީ، މި ދުވަސްވަރު ދައުލަތުގެ އިދާރާތަކުގެ ސިސްޓަމްތަކަށް ވަރަށް ގިނަ ސައިބަރ އެޓޭކްތައް އަންނަމުންދާ ކަަމަށެވެ.

އެފަދަ ސައިބަރ އެޓޭކްތަކުގެ ސަބަބުން، ސެކިއުރިޓީ ބަލިކަށިކޮށް ފަރުމާކުރެވިފައިވާ ސިސްޓަމްތައް ކޮމްޕްރޮމައިޒްވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެންސީއައިޓީ އާއި ގުޅިގެން އެ އިދާރާއަކުން ބަލަހައްޓަމުން ގެންދާ މުހިންމު ސިސްޓަމްތަކުގެ ސެކިއުރިޓީ އެސެސްމަންޓްތައް ހަދައި އަދި އިތުރަށް ސެކިއުރިޓީ ވަރުގަދަ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 މާރިޗު 2017

ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ

13 މާރިޗު 2017
ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ
12 މާރިޗު 2017

ފ. އަތޮޅުގެ ނަން "ސައުދީ އަތޮޅަށް" ބަދަލުކޮށްފި!؟

12 މާރިޗު 2017
ފ. އަތޮޅުގެ ނަން "ސައުދީ އަތޮޅަށް" ބަދަލުކޮށްފި!؟
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
08 މާރިޗު 2017

ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ

08 މާރިޗު 2017
ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ
01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
19 ފެބުރުއަރީ 2017

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް