Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުހީ

ދެމެހެއްޓެނިވި ގޮތުގައި ލޯނު ސްކީމް ކުރިޔަށް ގެންދެވޭނީ ނުދައްކާ ހުރި ފައިސާ ލިބިގެން: ޑރ. އިބްރާހިމް ހަސަން

18 ފެބުރުއަރީ 2020 | އަންގާރަ 04:15

މިދިޔަ އަހަރު 130 މިލިއަނަށްވުރެ ގިނަ ފައިސާ ލޯނަށް ދޫކޮށްފައިވޭ

އަލީ ސަމާޚް
އަލީ ސަމާޚް | 18 ފެބުރުއަރީ 2020 | އަންގާރަ 04:15
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

ސްޓޫޑެންޓް ލޯން ސްކީމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދެވެނީ މަތީ ތަޢުލީމަށް ދޫކުރި ލޯނުތަކުގެ ތެރެއިން، ނުދައްކާ ހުރި ފައިސާ ލިބިގެން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ޙަސަން ވިދާޅުވެއްޖެއެވެ.

ނިމިގެން ދިޔަ އަހަރު އެކަނިވެސް ސްޓޫޑެންޓް ލޯނަށް 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ ކުރިން އޮޑިޓް ރިޕޯޓުން ހާމަވެފައިވާ ގޮތުން މަތީ ތަޢުލީމަށް ކިޔަވަން ދޫކުރި ގިނަ ޢަދަދެއްގެ ފައިސާ އަދިވެސް އަނބުރާ ނުލިބެއެވެ.

Advertisement - newsAdvertisement

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، މީހުން ބިނާކުރުމަށްޓަކައި ވޭތުވެދިޔަ އަހަރު ތެރޭގައި ގިނަ ޢަދަދެއްގެ ފައިސާ ލޯނު ސްކީމްގެ ދަށުން ހޭދަކޮށްފައިވާ ކަމަށެވެ. އެ ލޯނުތައް ދޫކޮށްފައިވަނީ ލިބުނު ފަރާތްތަކުން އެ ފައިސާ އަނބުރާ ސަރުކާރަށް ދައްކާނެ ކަމަށް ވަޢުދުވެގެންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެއްވެސް ގޮތަކަށް ފައިސާ އަނބުރާ ނުދައްކާ ފަރާތްތަކާއި، ވަކި ހިސާބަކުން ކޮންމެވެސް ސަބަބުތަކާއި ގުޅިގެން ފައިސާ ދެއްކުން ހުއްޓާލާފައިވާ ފަރާތްތައް އެބަތިބި ކަމަށެވެ.

އޭނާ ވިދާޅުވީ، ފޯރިއާއި ޖޯޝުގައި އެ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު މިނިސްޓްރީން ފަށާފައިވާ ކަމަށާއި، ލޯނު ސްކީމެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދެވޭނީ ފައިސާ ލިބިގެން ކަމަށެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީްނ ވަނީ ލޯނު ނަގާފައި ފައިސާ ނުދައްކާ ފަރާތްތަކަށް ''ރިމައިންޑާ ސިޓީ'' ތަކެއް ފޮނުވާފައެވެ.

އެ ޕްރޮގުރާމުގައި ވާހަކަ ދައްކަމުން ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ، މި ފަހަރު އިޢުލާންކުރި ލޯނުތަކުގެ ތެރެއިން ޑިޕްލޮމާއަށް 45 ފުރުޞަތު، ފުރަތަމަ ޑިގްރީއަށް 253 ފުރުޞަތު އަދި މާސްޓަރސް އަށް 126 ފުރުޞަތު އަދި ޕީއެޗްޑީ އަށް 10 ފުރުޞަތު ހުޅުވާލާފައިވާ ކަމަށެެވެ.

މިނިސްޓަރު ވިދާޅުވީ، ސްކޮލަރޝިޕްގެ ފުރުޞަތުތައް ހޯދަން ބޭރުގެ ޤައުމުތަކާއެކު ވާހަކަތައް ދެކެވޭއިރު ރާއްޖެއިން މީހުން ބިނާކުރަން އެންމެ ބޭނުންވެފައި ހުރި ފަރާތްތަކަށް ފުރުޞަތު ފަހިކޮށް ދިނުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

މެޑިކަލް ކިޔަވަން ބޭނުންވާ ކުދިންނަށް އެންމެ ފަހުން ލޯނު ސްކީމުގެ ދަށުން ދޫކޮށްފައިވަނީ މަދު ފުރުޞަތުތަކެެކެވެ. އޭގެ ސަބަބުން ކޮންމެވެސް ވަރަކަށް ފާޑުކިޔުންތަކެއްވެސް އެ މިނިސްޓްރީ އަށް ޢަމާޒުވިއެވެ. އެކަމަކު މި ފަހަރު މެޑިކަލް ކިޔަވަން 30 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ފަހަރުގެ ލޯނު ސްކީމްގައި މުޅިން އަލަށް މެޑިކަލް ސްޕެޝަލައިޒޭޝަންގެ 11 ފުރުޞަތެއް ހުޅުވާލާފައިވާއިރު، މިނިސްޓަރު ވިދާޅުވީ، އެ ދާއިރާގެ މީހުން ރާއްޖެއަށް ބޭނުންވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް