Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ކޯލިޝަންގައި "މޫނުއަޅާނެ" : ދޮންބިލެތް ހަލީމް

ކޮންމެ ކަމަކީ ސިޔާސީ ވާދަވެރިން ކެމްޕޭނުގައި ވޯޓު ހޯދުމަށްޓަކައި ދައްކާ ވާހަކައަކަށް ވާނަމަ ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅިގެންދާނެ ކަމަށް ހަލީމް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 ފެބުރުއަރީ 2020 | ހޯމަ 20:17
ބިލެތްދޫ ދާއިރާގެ މެމްބަރ އަހުމަދު ހަލީމް

ބިލެތްދޫ ދާއިރާގެ މެމްބަރ އަހުމަދު ހަލީމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވާނެ ކަމަށާއި އެއާއެކު ސަރުކާރު ކޯލިޝަންގައި މޫނުއަޅާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރ ބިލެތްދޫ ދާއިރާގެ މެމްބަރ އަހުމަދު ހަލީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަހުމަދު ހަލީމް ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅިގެން ވާދަވެރިން ސިޔާސީ މަގްސަދު ހާސިލްކުރުމަށްޓަކައި އެކިއެކި ވާހަކަތައް ދައްކަމުންދާކަމަށެވެ. އެހެންނަމަވެސް ކޮންމެ ކަމަކީ ސިޔާސީ ވާދަވެރިން ކެމްޕޭނުގައި ވޯޓު ހޯދުމަށްޓަކައި ދައްކާ ވާހަކައަކަށް ވާނަމަ ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅިގެންދާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

ހަލީމް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުން އެމްޑީޕީއަށް ރަނގަޅު ކާމިޔާބެއް ލިބޭނެކަމަށް ޤަބޫލު ކުރައްވާކަމަށެވެ. އަދި އެ ކާމިޔާބާ އެކުގައި ރައްޔިތުން އެދޭ ކަހަލަ ވެރިކަމެއް ރައްޔިތުންނަށް ކޮށްދެވޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ. އަދި އުއްމީދަކީ މިއިންތިޚާބާއެކު ކޯލިޝަން ސަރުކާރު ނިމުމަކަށް އައުންކަމަށް ހަލީމް ވިދާޅުވި އެވެ.

އަހުމަދު ހަލީމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ހުރީ މަސްވެރިންނާ ދޭތެރޭގައި ކަމަށެވެ. މިއަދު ވެސް ފިޝަރީޒް މިނިސްޓަރަށް މަސްވެރިންނާ ދޭތެރޭގައި ވެސް ކުރެވުނު ކަމެއްނެތް ކަމަށް ހަލީމް ވިދާޅުވި އެވެ.

ކޯލިޝަން ރޫޅާލާނެ ފަދަ މޭރުމަކުން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ މެމްބަރުން ވާހަކަދެއްކެވި ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ކޯލިޝަން ސަރުކާރު ދަމަހައްޓަވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު