Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕެޕްް ގާޑިއޯލާ

ސަސްޕެންޝަނުގެ ސަބަބުން ގާޑިއޯލާގެ މުސްތަގުބަލާ މެދު ސުވާލުތަކެއް

ޔޫރަޕްގެ މުބާރާތްތަކުން ސިޓީ ސަސްޕެންޑްކުރީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ހިލާފުވުމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2020 | ހޮނިހިރު 13:23
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

ކުރިއަށް އޮތް ދެ އަހަރު ޔޫރަޕްގެ މުބާރާތްތަކުގައި ނުކުޅެވޭ ގޮތަށް މެންޗެސްޓާ ސިޓީ ސަސްޕެންޑްކުރުމާ ގުޅިގެން، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ މުސްތަގުބަލާ މެދު ސުވާލުތަކެއް އުފެދިއްޖެ އެވެ.

މެންޗެސްޓާ ސިޓީން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ހިލާފުވުމުގެ އިތުރަށް ޔުއެފާ ކްލަބު ލައިސަންސިންގައި މަކަރު ހަދާފައި ވާތީ ހުކުރު ދުވަހުގެރޭގެ ވަގުތެއްގައި ޔުއެފާއިން ވަނީ ސިޓީއަށް ބޮޑު އަދަބެއް ދީފައެވެ.

އެގޮތުން ކުރިއަށް އޮތް ދެ ސީޒަނަށް ޔޫރަޕްގެ މުބާރާތްތަކުން ސިޓީ ސަސްޕެންޑްކުރުމާއެކު، 2020/2021 އަދި 2021/2022 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެޓީމަށް ނުކުޅެވޭނެ އެވެ. މީގެ އިތުރުން ޔުއެފާއިން ވަނީ ސިޓީ 25 މިލިއަން ޕައުންޑުން ޖޫރިމަނާވެސް ކޮށްފައެވެ.

ސިޓީ އަށް މި އައި އަދަބާ ގުޅިގެން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ސިޓީ އަށް ސަސްޕެންޝަނެއް އަތުވެއްޖެ ނަމަ ގާޑިއޯލާ އެ ކްލަބުގައި މަޑުނުކުރާނެ ކަމަށް މީޑިއާގައި މީގެ ކުރިން ވެސް ވަނީ އަޑުފެތުރިފައެވެ. ގާޑިއޯލާ ހޯދަން އޭނާގެ ކުރީގެ ކްލަބު ބާސެލޯނާ އާއި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިން ގާޑިއޯލާ ވަނީ މި ސީޒަނުގައި ސިޓީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުނުކުރެވިއްޖެ ނަމަ، އެ ޓީމުން އޭނާ ވަކިކުރުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ބުނެފައެވެ. ސިޓީއާއެކު މިހާތަނަށް ފަސް ތަށި ކާމިޔާބުކޮށްފައިވާ ގާޑިއޯލާ ވަނީ އެޓީމާއެކު ގިނަ ރެކޯޑުތަކެއް ހަދާފައެވެ. އެކަމަކު ގާޑިއޯލާއަށް ސިޓީއާއެކު ޗެމްޕިއަންސް ލީގު ތައްޓެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސިޓީގެ ސަސޕެންޝަނާ ގުޅިގެން ކުރިއަށް އޮތް ސީޒަނުގައި ގާޑިއޯލާ އެޓީމުގައި މަޑެއް ނުކުރާނެ އެވެ. އަދި މީގެ އިތުރަށް އެޓީމުގެ ބައެއް ކުޅުންތެރިން ޓީމު ދޫކޮށްލުން ގާތް ކަމަށްވެސް ވަނީ ބުނެފައެވެ.

ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ސިޓީން ހިލާފުވި މައްސަލަ ޔުއެފާއިން އަލުން ބަލަން ފެށީ ޖަރުމަނުގެ މީޑިއާއެއް ކަމަށްވާ ޑިއާ ސްޕީގަލް އިން ލީކުކޮށްލި ސިއްރު ލިޔެކިއުންތަކެއްގެ ސަބަބުންނެވެ. އެ ލިއެކިޔުންތަކުގައިވާ ގޮތުން ސިޓީން އަންނަނީ ޔުއެފާގެ ބައެއް އޮފިޝަލުންތަކަކަށް ރިޝްވަތުދީގެން ތަކުރާރުކޮށް އެފްއެފްޕީ ގަވާއިދާ ހިލާފުވަމުންނެވެ.

ޔުއެފާގެ ފައިނޭންޝިއަލް ކޮންޓްރޯލް ބޯޑާއި މައްސަލަތައް ތަހުގީގުކުރާ ޕެނަލުން ހިންގި ސީރިއަސް އޮޕަރޭޝަންތަކަށް ފަހު އެނގިގެންދިޔައީ ސިޓީން ކްލަބަށް ޚަރަދުކުރުމުގައި އެންމެ ބޮޑަށް ބޭނުންކުރަނީ ސްޕޮންސަރުގެ ފައިދާ ފައިސާ ކަމެވެ.

އެ މައްސަލައިގައި ސިޓީ ސަސްޕެންޑްކުރިއިރު، ސިޓީން މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް)ގައި އެޕީލް ކުރާނެ އެވެ.

އެފްއެފްޕީ ގަވާއިދާ ހިލާފުވެގެން ޔުއެފާއިން މީގެ ކުރިން ވެސް ވަނީ ސިޓީ އަށް 2014 ވަނަ އަހަރު އަދަބު ދީފައެވެ. އެ ފަހަރު 49 މިލިއަން ޕައުންޑުން ޖޫރިމަނާ ކުރުމަށް ފަހު، އެ އަހަރުގެ ޗެމްޕިއަންސް ލީގުގައި ސިޓީގެ ސްކޮޑު މަދުކުރަން ނިންމިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

17 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު