Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަޑިއޯ މާނޭ

އަނިޔާއިން ރަނގަޅުވެ މާނޭ އެނބުރި ސްކޮޑަށް

މާނޭއަށް އަނިޔާވީ މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ފެބުރުއަރީ 2020 | ހުކުރު 16:24
ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ

ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ

ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވެ ސެނެގޯލްގެ ފޯވާޑް އެނބުރި ލިވަޕޫލްގެ ސްކޮޑުގައި ހިމެނިއްޖެ އެވެ.

މާނޭއަށް އަނިޔާވީ މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ރަށުން ބޭރުގައި ވުލްވްސް އަތުން 2-1 އިން މޮޅުވި މެޗުގައެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި މާނޭ އަށް އަނިޔާވެ ވަނީ ބަދަލުކޮށްފައެވެ.

މާނޭގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ލިވަޕޫލުން މީގެ ކުރިން ވަނީ ބުނެފައެވެ. އެކަމަކު އޭނާއަށް ވަނީ ލީގުގައި ވެސްޓް ހޭމް އާއި ސައުތެމްޓަން އަދި އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގެ ރީޕްލޭ މެޗުގައި ޝްރޫސްބަރީއާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗުތައް ގެއްލިފައެވެ.

އެ އަނިޔާއިން މާނޭ މިހާރު ރަނގަޅުވެފައިވާއިރު، ފިނި މޫސުމުގެ ޗުއްޓީއަށްފަހު ލިވަޕޫލުން ބޭއްވި ފަރިތަކުރުންތަކުގައި އޭނާ ވަނީ ބައިވެރިވާން ފަށާފައެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ލީގުގައި ހޮނިހިރު ދުވަހުގެރޭ ނޯވިޗް ސިޓީއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުގައި މާނޭއަށް ކުޅެވޭނެ ކަމަށެވެ.

މި ސީޒަނުގައި ގިނަ ރެކޯޑްތަކެއް ގާއިމްކުރަމުން އަންނަ ލިވަޕޫލް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތީ 22 ޕޮއިންޓުގެ ލީޑަކާއެކު އެވެ. ލީގުގެ މެޗަކުން މިހާތަނަށް ބަލިނުވެ އޮތް ލިވަޕޫލް އެއްވަނައިގައި އޮތީ 25 މެޗުން 73 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 25 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. ލިވަޕޫލަށް ލީގު ކާމިޔާބުކުރަން ދެން ބޭނުންވަނީ 18 ޕޮއިންޓެވެ.

ލީގުގައި ލިވަޕޫލް އާއި ނޯވިޗް ސިޓީ ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން 22:30 ގައެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ފާގަސަން އެނބުރި ޔުނައިޓެޑްގެ ބެންޗަށް!

21 މާރިޗު 2017
ފާގަސަން އެނބުރި ޔުނައިޓެޑްގެ ބެންޗަށް!
08 މާރިޗު 2017

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް
04 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް
19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު