Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކެރިކްގެ ޓެސްޓިމޯނިއަލް މެޗު

ފާގަސަން އެނބުރި ޔުނައިޓެޑްގެ ބެންޗަށް!

ދެހާސް އަށްވަނަ އަހަރު ޔުނައިޓެޑްގައި ތިބި ކުޅުންތެރިން ފެނުން ގާތް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 21 މާރިޗު 2017 | އަންގާރަ 02:44
ދެހާސް އަށްވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލަމުން ފާގަސަން އުފާފާޅުކުރަނީ

ދެހާސް އަށްވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލަމުން ފާގަސަން އުފާފާޅުކުރަނީ

މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުންނަށް އެކުލަބުގެ ތާރީޚުގައި އެންމެ ކާމިޔާބު ކޯޗު ސަރ އެލެކްސް ފާގަސަން އެކުލަބު ބެންޗުން އަނެއްކާވެސް ފެނުމުގެ ފުރުސަތު ލިބިއްޖެއެވެ.

ޔުނައިޓެޑްގެ ކޯޗުކަމުން ވަކިތާ ހަތަރު އަހަރު ފަހުން ފާގަސަން އަނެއްކާވެސް އެޓީމަށް އިރުޝާދު ދޭތަން ފެނިގެންދާނީ އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.

ހަތާވީސް އަހަރަށްފަހު ޔުނައިޓެޑްގެ ކޯޗުކަމުން ވަކިވުމަށްފަހު، އޭގެ ހަތަރު އަހަރުފަހުން އޯލްޑް ޓްރެފޯޑުގެ ބެންޗަށް ފާގަސަން މިދަނީ ޚާއްސަ މެޗެއްގައި އެޓީމަށް ކޯޗު ކޮށްދިނުމަށެވެ.

މި ޚާއްސަ މެޗަކީ މެންޗެސްޓަރ ޔުނައިޓެޑްގެ މެދުތެރެއަށް ކުޅެމުން އަންނަ މައިކަލް ކެރިކުގެ އެޓީމަށް ކޮށްދީފައވާ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކުޅޭ ޚާއްސަ ޓެސްޓިމޯނިއަލް މެޗުގައި އެ ޓީމަށް ކޯޗުކޮށްދޭށެވެ.

މި ޚާއްސަ މެޗުގައި ފާގަސަން ކޯޗުކޮށްދޭނީ އޭނާއަށް އެންމެ ޚާއްސަ ސީޒަންކަމަށް 2008 ވަނަ އަހަރުގެ ސީޒަނުގައި ޔުނައިޓެޑަށް ކުޅުނު ކުރިންތެރިން ހިމެނޭ ޓީމަށެވެ.

ދެހާސް އަށްވަނަ އަހަރުގެ ޗެމްޕިއަންސް ލީގު އުފުލާލި ޓީމުގައި ކެރިކްގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯ، ޕޯލް ސްކޯލްސް، ވޭން ރޫނީ، ރިއޯ ފާޑިނަންޑް އަދި އެޑްވިން ވޭން ޑަ ސާގެ އިތުރުން ގިގްސް އަދި ކާލޯސް ޓެވޭޒްފަދަ ކުޅުންތެރިން ހިމެނެއެވެ.

ޗެމްޕިއަންސް ލީގު ނެގުމުގެ އިތުރުން 2008 ވަނަ އަހަރުގެ ލީގުވެސް ޔުނައިޓެޑްވަނީ ކާމިޔާބުކޮށްފައެވެ. އެއަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މޮޅުވެ ތަށި އުފުލާލި ނަމަވެސް އެމެޗުގައި ޕާކް ޖީ ސަންގް އަށް އެމެޗުން ފުރުސަތު ނުދެވުމަކީ މިއަދާ ހަމަޔަށް ވެސް ފާގަސަން ހިތާމަކުރާކަމެއް ކަމަށްވަނީ ބުނެފައެވެ.

މިޚާއްސަ މެޗުގައި އަނެއްކޮޅުން ވާދަކުރާނީ އޯލްސްޓަރ ޓީމެކެވެ. އެޓީމަށް ކޯޗުކޮށްދޭނީ، ވެސްޓްހޭމްގައި ހޭދަކުރި ދުވަސްކޮޅު ކެރިކަށް ކޯޗުކޮށްދިން ރެޑްނެޕެވެ.

އޯލްސްޓަރ ޓީމަށް ކުޅޭ ކުޅުންތެރިންގެ ތެރޭގައި ޗެލްސީގެ ކުރީގެ ކެޕްޓަން އަދި ލެޖެންޑް ފްރޭންކް ލަމްޕާޑްގެ އިތުރުން ލިވަޕޫލްގެ ކުރީގެ ކެޕްޓަން ލެޖެންޑް ސްޓީވެން ޖެރާޑް ހިމެނެ އެވެ.

ފާގަސަން ޔުނައިޓެޑަށް ކޯޗުކޮށްދިން 27 އަހަރުގެ ތެރޭގައި އެކުލަބަށް38 ތަށި ކާމިޔާބުކޮށްދީފައިވެއެވެ.

މި ޚާއްސަ މެޗާ ބެހޭ ގޮތުން މެންޗެސްޓަރ ޔުނައިޓެޑްގެ ޓީވީއަށް ދިން އިންޓަވިއުއެއްގައި ފާގަސަން ބުނެފައިވަނީ ކެރިކުގެ ހާއްސަ މެޗުގައި އަލުން އޯލްޑް ޓްރެފޯޑުގައި ޔުނައިޓެޑްގެ ބެންޗަށް ދެވޭތީ ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.

ފާގަސަން ބުނެފައިވާ ގޮތުގައި މިއަދު ވެސް ޔުނައިޓެޑުން ކުޅެފައިވާ ބޮޑެތި މެޗުތަކުގެ ހަނދާންތައް އާވެއެވެ. ކޯޗުކޮށްނުދެވޭތީ އެކަމާ އުނދަގޫނުވާ ކަމަށާއި އެކަމުން މިހާރު ހިތްހަމަޖެހުން ހޯދަމުން އަންނަ ކަމަށް ފާގަސަން ބުންޏެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް 303 މެޗު ކުޅެދީފައިވާ ކެރިކްގެ ކެރިއަރ ފަށާފައިވަނީ ވެސްޓް ހޭމް ޔުނައިޓެޑް އިންނެވެ. 1999-2004 ވަނަ އަހަރާއި ހަމައަށް އެޓީމުގައި ކެރިކް ހޭދަކުރި ދުވަސްތަކުގައި ލޯނު އެއްބަސް ވުމެއްގެ ދަށުން ސްވިންޑަން ޓައުންނާއި ބާމިންގްހަމް ސިޓީއަށްވެސް ކުޅެފައިވެއެވެ.

ވެސްޓް ހޭމް ޔުނައިޓެޑްގައި 2004 ވަނަ އަހަރާއި ހަމައަށް ހޭދަކުރުމަށްފަހު އެއަހަރު ކެރިކްވަނީ މެންޗަސްޓަރ ސިޓީއަށް ބަދަލުވެފައެވެ. ޔުނައިޓެޑަށް ކެރިކް ބަދަލުވީ 2006 ވަނަ އަހަރުއެވެ. ޔުނައިޓެޑާއިއެކު ފަސް ފަހަރު ޕްރެމިއަރ ލީގު ކްރިކް ކާމިޔާބުކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު